އދ.އެއްލައިދޫ ރިސޯޓްގައި ހިންގި މާރާމާރީގައި ސްރީލަންކާ މީހަކުގެ ގައިގަ ކަތިވަޅިއަކުން ޖަހާ މަރާލި މައްސަލައާ ގުޅިގެން މީހަކު އެ ރިސޯޓުން ހައްޔަރުކޮށްފިއެވެ. ހައްޔަރު ކޮށްފައި ވަނީ ވެސް ލަންކާ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްލައިދޫ ރިސޯޓުގައި ބުރާސްފަތި ދުވަހުގެ ރޭ މާރާމާރީ ހިންގީ ލަންކާ ދެ މީހުން ކަމަށާއި އެ މާރާމާރީގައި މަރުވެފައި ވަނީ 24 އަހަރުގެ ލަންކާ މީހެއް ކަމަށެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 39 އަހަރުގެ ލަންކާ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކަތިވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލުމުން މަރުވި މީހާގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ވަނީ މާލެ ގެނެސް، އޭޑީކޭއަށް ގެންގޮސްފައެވެ.

އެއްލައިދޫ ރިސޯޓްގައި މަސައްކަތް ކުރާ ދިވެއްސަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ލަންކާ މީހެއްގެ އަތުން ލަންކާ މީހެއްގެ ގަޔަށް ކަތިވަޅިން ހަމަލާ ދިނީ މަސްތުވެގެން ހުރެ ކަމަށެވެ.

އޭނާ ބުނީ މަސްތުވެގެން ތިބެ ސަކަރާތް ޖެހުމުގެތެރޭގައި އެކަކު ކޮށްޕާލުމުން ގޮސް ހަމަލާދިން މީހާގެ ގައިގައި ޖެހުމުން ދެމީހުންގެ ދެމެދުގައި ދެބަސްވުން އުފެދި އެންމެފަހުން އެކަކު ކަތިވަޅިން އަނެކަކަށް ހަމަލާދިނީ ކަމަށެވެ.

މި މާރާމާރީ ހިނގީ ރޭ 21:50 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެހެ

    ލަންކާ މީހާ ކައިރީގައި ބުނޭ އެމްޑީޕީ އަށް ތާއީދުކޮށް ސޯސަލް މީޑިއާގަ އެއްޗެކޭ ބުނެލާށޭ އެއިރުން އެސޮރުވެސް ދޫކޮއްލަފާނެ. ސްމިތް ވެލޒިނީ ހޯރަ އިއްބެ މެން ފަދައިން