ކެބިނެޓަށް އައްޔަން ކުރުމުގެ ހަމަސް ދުވަސް ކުރިން ފެށިގެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ވަޒީރަކީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަކްޗަރ މުހައްމަދު އަސްލަމް ކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ވަޒީރުންގެ މާލީ މައުލޫމާތުތަކުގެ މާބޮޑު ތަފްސީލްތަކެއް ނެތް، ވަރަށް ކުރު މާލީ ބަޔާންތަކެއް ރައީސް އޮފީހުން ރޭ ވަނީ އާއްމު ކުރައްވާފައެވެ.
މިނިސްޓަރ އަސްލަމްގެ މާލީ ބަޔާން ދައްކާ ގޮތުގައި ޕާޓްނާޝިޕް ވިޔަފާރިއަކުން ފައިދާގެ ގޮތުގައި މިނިސްޓަރ އަސްލަމަށް 3115958.43 (ތިން މިލިއަން އެއްލައްކަ ފަނަރަ ހާސް ނުވަސަތޭކަ ފަންސާސް އަށް ރުފިޔާ ސާޅީސް ތިން ލާރި) ލިބިފައި ވެއެވެ.
މިނިސްޓަރ އަސްލަމްގެ މާލީ ބަޔާނުގައި އެފަދަ ބޮޑު ފައިދާއެއް ލިބުނު ވިޔަފާރީގެ ތަފްސީލެއް ހިމަނުއްވާފައެއް ނުވެއެވެ. އަސްލަމްގެ ހިއްސާ އެއްވެސް ކުންފުންޏެއްގައި އޮންނަ ކަމަކަށް މާލީ ބަޔާނުގައި ނެތެވެ. އަދި އޭނާގެ މިލްކިއްޔާތުގައި ވެސް އެއްވެސް އެއްޗެއް ނެތް ކަމަށް މާލީ ބަޔާން ދައްކައެވެ.
މާލީ ބަޔާންތަކުގައި އެއްވެސް ބޭފުޅަކު މިހާރު ރައްކާ ކޮށްފައި ހުރި ފައިސާގެ އަދަދު ހާމަކޮށްފައެއް ނެތެވެ.
ތަފްސީލެއް ނެތި ހަމައެކަނި ހަމަސް ދުވަހުގެ އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދަލުގެ މައުލޫމާތު ހިމަނައިގެން ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުން މަލީ ބަޔާން ހާމަ ކުރުމުން ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިގޮތައް މާލީ ބަޔާން އާއްމު ކުރެއްވުމަކުން އެކަމުގެ އަސަރެއް ނުކުރާނެއެވެ.
ރައީސް އޮފީހުން ވިދާޅުވެފައި ވަނީ ސަރުކާރުގެ ވެރިންގެ މާލީ ބަޔާންތައް ކޮންމެ އަހަރަކު އެއްފަހަރު އާއްމު ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ އިސްމީހުންގެ މާލީބަޔާން ހާމަކޮޑްފިނަމަ ރައްޔިތުން ހައިރާންވެ އަންތަރީސް ވާނެއެވެ މުއްސަނދިކަމާއި ތަނަވަސްކަން އިންތިހާއަށް އެމީހުންނަށް ލިބިގެނވާނެއެވެ އެކަމަކު އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ނުހުންނާނެއެވެ ރައްޔިތުން
ވިސްނަން ޖެހޭވަރަށް ބޮޑު މައްސަލައެކެވެ
ނައިބުރައީސް މާލީބަޔާނާ މިލްކިއްޔާތު ގާއި ހުރިމުދަލަށް ބަލާލުމުން އަޅުގަޑަށް ފާހަގަކުރެވުނީ އެމަނިކުފާނުގެ މިލްކިއްޔާތުގާ ވާ 2 ކާރާއި 6ސައިކަލްގެ ތެރެއިން 1 ކާރާއި 5ސައިކަލް ނައްތާލަން ޖެހޭކަމަށް ސަބަބަކީ މަގުތަކުގާއި ތޮއްޖެހުން ކުޑަކުރުމުގެ ފެށުމެއްގެ ގޮތުން މަނިކުފާނު އިސްނަންގަވާ މިސާލު ދައްކަވާ. ޓުރާންސްޕޯޓް މިނިސްޓަރަށް ކުރާ އިލްތިމާސްއަކީ މިގޮތައް އެކަކުގެ ނަމުގާއި އެއް ވެހިކަލްއަށް ވުރެން ގިނައިން ރަޖިސްޓްރީ ކޮށްނުދެއްވުން
ދެންޖެހޭނީ އަސްލަމްގެ މާލީ ބަޔާނުގެ ތަފްސީލް އެންޓި ކަރެޕްޝަނުން ބަލަން. ފަހަރެއްގަ އަސްއަދު އާ ޙަވާލުކުރުމަށް އިންޑިޔާމީހަކު ދިންފައިސާކޮޅަކަށްވެސް ވެދާނެއްނު. މަނީ ލޯންޑްރިން އަކަށް ނުވާނެދޯ؟
ތިޔާ މާލީ ބަޔާން ތަކަކީ އެއީ ފޭކް މާލީ ބަޔާން ތަކެކެވެ. ތިއިން ކޮންމެ މިނިސްޓަރެއްގެ މިލްކިއްޔާތުގަައި މިިލިއަނުން ބަރާ ކޮށްފައި ހުންނާނެއެވެ. އެމެންގެ އަންހެނުންގެ ނަމުގައި އާއި އަދި އާއިލާ މީހުންގެ ނަމުގައި ލާމު އަތޮޅުން ގަނެފައިވާ ގޯތި ތަކާއި އަދި ސިންގަޕޯރ އިން ގަނެފައިވާ ކޮންޑޯސް ތަކުގެ ވާހަކަ ނުދައްކަނީ އެއީ ކިއެއްވެތޭ ތިޔާ ގޮތަށް ހުށައަޅާ ބަޔާން އެއީ ޓްވިޓަރޭ މެން އެމެންގެ ރަށުން މާލެ އަށް ބަދަލުވި މީހުންނަކީ %11 އޭ ބުނެ އޭނާ ހަދާ ރޯ ބުހުތާނު ދޮގު ފަދަ ދޮގޭ މީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީންނަށް ތިބޭ އާލާތުން ހަދާ ރޯ ބުހުތާނު ދޮގު މިހުންނަނީ ހުޅުދޫގެ އާބާދީގެ %95 ދިރިއުޅެނީ މާލޭގައި ހުޅުދޫ އަކީ ފަރިޗާލު ޑްރަގް ކާރޓެލް ނެސްޓެއް އެވާހަކަ ނުދައްކަނީ އެއީ ކިއެއްވެތޭ ތަމެން...
އެންމެ ދަރަނި ބޮޑީ މަލީހުއޭ ބުނެ އޭނާގެ ބަޔާން ތައް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ނެރެފައިވާ އިރު މަމެން ނަށް ސުވާލު އުފެދެއޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ތެދުވެރި ކަމާއި އަމާނާތް ތެރި ކަމާއި މެދު ސަބަބަކީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަކީ އެއީ ސީދާ ނައިންޓީ ޑިގްރީ އަށް ތެދަށް ތިބެން ޖެހޭނެ ބަޔަކަށްވާތީވެ އެމެން އާންމު ތަންތާނގައި ރޯބުހުތާނު ދޮގު ހަދާނަމަ އެމެން މެދުވެރިކޮށް ނެރޭ ބަޔާން ތަކުގައި ވެސް ހުންނާނީ ރޯ ދޮގޭ..
ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ޕްރައިމަރީ ޒިންމާ އަކަށް މިއޮންނަނީ ޕްރޮޕެގެންޑާ ފަތުރައިގެން އާންމުން ނަށް އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުން ކަމަށްވާނަމަ އެކަން ގަބޫލުކުރާނެ މީހުން ނަށް ބަލާއިރު މާލޭގައި ތިބި މީހުންގެ ތެރޭން ކޮންމެ 10 މީހުންގެ ތެރޭން 9 މީހުން އެކަން ގަބޫލު ނުކުރާނެއޭ ތަމެންގެ ކުރިމަތީގައި ތަމެންގެ ޕާރޓީ މީހުން ގަބޫލޭ ބުނި ނަމަވެސް ތަމެން ފަސްދޭއިރަށް އެއީ ރޯ ދޮގޭ ކިޔާ އެމެން ވެސް އަޑުގަދަ ކުރާނެއޭ މީއޭ މިހަގީގަތަކީ ދިސް އިޒް އިޓް...
ކޮރަޕްޝަންގެ އައްޕަ
ދެން ކަމަކަށް ކަމެއްކޮއްލީދޯ. އަދިވެސް އެހެންމީހުން ނާދިމާލަށް ވަގަށްގޮވޭތޯބަލާތި.
ރިޝްވަތު ދޯ ލަންބޯ
ޙަޤީޤީ މަޤްޞަދު އެނގެން އޮންނަ ކަމެއްގައި، އެ މަޤްޞަދު ޙާސިލުނުވާ ފަދަގޮތަކަށް މާލީބަޔާން ހުށަހެޅުމުން އެނގެނީ، އެއީ އެއްވެސް ރަނގަޅު ނިޔަތެއް އޮވެގެން ލިޔެ ތައްޔާރުކޮށް ނެރެ ހާމަކޮށްފައިވާ މާލީ ބަޔާންތަކެއް ނޫންކަމެވެ. މިހާރު މިރާއްޖޭގައި މިދެކެވެނީ، ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތުގެ ވާހަކައެވެ. އެމީހަކު އަމިއްލައަށް އެމީހަކު ހުށަހަޅާ މާލީބަޔާނެއްގައި އެމީހެއްގެ ފަތިފުށް ޙަޤީޤަތާއި އެއްގޮތަށް ބަރާބަރަށް ކިޔައިދިނުމަށް ރުހޭނީ، އިޚްލާޞްތެރިން އެކަންޏެވެ.
ހުސްދޮގު ކޮބާ ކުރިންނެގި 715 މިލިއަން ރުފިޔާ
ރަށްޔިތުން ވިސްނާނެކަމެއްނެތް 87 ގޮނޑި އެމްޑީޕީއަށްދޭންވީ
އަންނި ވެރިކަމުގަ ހައުސިންމިނިސްޓްރީން ކާލި 715 މިލިއަންރުފިޔާ ކޮބާ
މަނިކުފާނަށް ތިހާބޮޑު އާމްދަނީއެއް ލިބިވަޑާއި ގަންނަވާއިރުވެސް އަމިއްލަފުޅު ފޯނުގެ ބިލްވެސް ސަރުކާރުގެ ބަޖެޓުން ދެއްތޯ.އިންސާނާގެ ހިތަކީ ކިތަންމެ ގިނައިން ލިބުނަސް ފުރޭނެ އެއްޗެއްނޫން ދެއްތޯ
މީ ރައްޔިތުންނަށް އޮޅުވާލަން ކުރާކަމަެއް. ބާލީސްދަށުގަ ހުރި ފައިސާ އޯ؟؟؟؟؟؟!!!!!!
.
ރިޝްވަތެއް އެބޭެފުޅާ ނުނަގާނެ. މީހަކު ދޭއެއްޗެއްގައި ހިފާނީ.
ފަންވަތެއްނަންގަވައިފާނެ އެނުވާނެރިސްވަތަކަށް
އަމީން ގެ ބަޔާނަކީ ވަކިން ޙާއްސަކޮށްދޮގުކަން ސާބިތުވޭ، 5.6 މ ރުފިޔާގެ ލޯނަކަށް އެންމެމަދުވިޔަސް 55 ހާހައި 60 ހާސްރުފިޔާ ދޭންޖެހޭ، މަހުަކުލިބުނު ކަމަށްވަނީ 65 ހާސް. ހާދަފަގީރުކޮށްނޭ އހެންވީމަ އުޅުއްވާނީ، މާލެއުޅުނީ ކުލިނުދަައްކާތޯ،،،ކިހިނެއްބާކެއުންބުއިން ހަމަޖެއްސީ،
ހީވޭކަމެއްހެން..
މިއީ އިބުރާހީމް ބުނީތީ ފަރަށް ގޮސްފަ،ބޮލި ހޮވާށޭ ނުބުނޭތާ،ފަރަށް ގޮސްފަ އައީ.މިއީ މިކަހަލަ ބަޔާން.މިއަކުން އެގަހު ކޭލެއް މިގަހުކޭލެއް ނޭގޭ