މިނިސްޓަރ އޮފް ހޯމް އެފެއާޒްކަމުގެ މަޤާމުގައި ހުންނެވި އައްޝައިޚް އިމްރާން އަބްދުﷲ ގެ މިލްކިއްޔާތުގައި 2،5 މިލިޔަން ރުފިޔާގެ އަގުހުރު އެޕާޓްމަންޓެއް ހުރިކަމަށް އޭނާގެ މާލީ ބަޔާންތަކުން ދައްކައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކޮށްފައިވާ ސިޔާސީ މަޤާމަކަށް ނުވަތަ ކުންފުންޏެއްގެ ބޯޑަކަށް ރައީސް އައްޔަން ކުރައްވާ ފަރާތްތަކުގެ އެސެޓް ޑިކްލަރޭޝަން ފޯމުގައި މި އެޕާޓްމަންޓް ހިމަނާފައިވަނީ ހޯމް މިނިސްޓަރުގެ މިލްކިއްޔާތުގައި ހުރި މުދާ ނުވަތަ ވިޔަފާރީގެ މަސްލަހަތުގެ ބައިގައެވެ.

އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާނުގެ މަސްލަހަތު ހުރި މުދަލުގެ ތެރޭގައި ދެން ހިމަނާފައިވަނީ ހޮންޑާ ސްކޫޕީ ސައިކަލެކެވެ. މިއީ 50،000 ރުފިޔާގެ އަގުހުރި ސައިކަލެއްކަމަށް ބަޔާން ކޮށްފައިވެއެވެ.

މާލީ ބަޔާނުގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުން، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ޝައިޚް އިމްރާނަށް އާމްދަނީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިފައި ނުވެއެވެ. ހަމައެހެންމެ، ދަރަނީގެ ގޮތުގައިވެސް އެއްވެސް އަދަދެއް ދައްކަވަން ޖެހިވަޑައިނުގަންނަވައެވެ.

މިލްކިއްޔާތުގައި، އަމީން އެވެނިއު ނަގާފައިވާ އެޕާޓްމަންޓް ހުރިއިރު، އެއްވެސް ވިޔަފާރިއެއްގެ މަސްލަހަތު އޮތްކަމަށް ބަޔާނުގައި ނުވެއެވެ. ހަމައެހެންމެ، އެއްވެސް ކުންފުންޏެއްގެ ހިއްސާދާރެއްކަމަށް ނުވަތަ އެއްވެސް ތަނަކުން ކުލީގެ ގޮތުގައި އަދަދެއް ލިބޭކަމަށްވެސް ނުވެއެވެ.

އިއްޔެ ރައީސް އޮފީހުން ވަނީ ރައީސް އާއި ނައިބު ރައީސް، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ރައީސް އޮފީހުގެ އިސްވެރިންގެ މާލީ ބަޔާންތައް އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ގިވްއިން

  ދަ ރާއްޖެތެރޭގެ ދާއިރާ ތަކުގެ އެމްޕީން ނަށް ތިބެން ޖެހޭނީ ދަ ރާއްޖެތެރޭ އެ ދާއިރާ ތަކަށް ނިސްބަތްވާ އަދި އެ ދާއިރާތަކުގައި އަބަދު ދިރިއުޅޭ މީހުންނޭ މާލޭގައި ދިރިއުޅޭ އެ ދާއިރާ ތަކުގެ ރައްޔިތުން އެއްގޮތަކަށް ވެސް ހޮވައިގެން ނުވާނެއޭ އެމެންގެ އެމްޕީން ނަށް އެއިރުންނޭ އެމެންގެ ދާއިރާގެ ތަރައްގީ އަށް އެފަދަ އެމްޕީން ތައް މަސައްކަތް ކޮށް ދޭނީ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް..

 2. ދިއްގާ

  "من اين لك هذا؟ " މާނައީ ކަލެއަށް ތި ލިބުނީ ކިހިނެއްހޭ؟ އޮތީ ޖަލުގަޔޭ...

  • ނަފާ

   ޝެއިޙް ޖަލުގަ އޮތް އިރު އަނބި ދަރިންވެސް ތިބީ ނަރާބަރަށް ކައިގެން އަރާމުގަ.. ސަބަބަކީ އަނބިކަނބަލުންގެ ބައްޕާފުޅު މަޝްހޫރު އިމްނާ ސޭޓު.. އެކަހަލަ 100 އެޕާޓުމަންޓު ގަނެދޭހާ ތަނަވަސްކަން މާޓްﷲ ރަޙްމަތްފުޅުން ހުރި ފަރާތެއް އެއީ..އެއީ ވެސް ކާފަ ބޭފުޅުންނަށް ގަނެދެއްވި ފުލެޓެއް އެކުދިން ކުޑަވީމަ އެކުދިންގެ ބައްޕަގެ ނަމުގަ ގަނެދީފަ އެވަނީ.. ހަޖަމް ކުރޭ ހަސަދަ ނުލާ ކަލެއަށް ނެތީތާ އެކަހަލަ ނަސީބެއް

   • ނޫސްކިޔާމީހާ

    ޢަސްލުވެސް ވވ ބޮޑު ތެދެއް އިމްނާ ސޭޓް ވވ ލިބޭ ބޭފުޅެއް

   • ސޭޓު

    ތީ ދޮގެއް ކަނޑަ އެޅިގެން. ޢެހެން ވިއްޔާ އިމްޜާނަށް ކަމަށް ބުނާ ދަރި އަށް ކިހިނެއް ހަދަނީ .

 3. ޑޭންޖުރެސް

  ކެބިނެޓް މެމްބަރުންގެ މާލީ ބަޔާން ތައް ނެރޭނަމޭ އިބޫ ބުނެފައި ވުމުން އެކަން ބަންޑާރަ އުސޫލުންނޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ކޮށްފައިވަނީ އާންމުން ފެލެން ފެށުމުން ރޯމަހެއް ތެޅޭ ގޮތަށް ފަޔަށް ހިނިއަރައިގަނެގެން ރައީސް އޮފީހުގައި ތިބޭ ވަރަށް ޖޫނިއަރ ކެންޓީން ގައި ދުވަސް ހޭދަ ކުރާ ކުދިން ކޮޅެއް ނެރެގެން މާލީ ބަޔާން ނެރޭނަމޭ ބުނެ ޕްރޮޕޭ ފަތުރާފައި ނެރުނު މާލީ ބަޔާން ނެރުނީ އެއީ ކޮން ޕޮލިސީ އެއްގެ ކޮން ގައިޑްލައިނެއްގެ ދަށުންތޭ ނުރައްކާ ބަޔާން ތަކެކޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ދަ ބަތާހަރާމީ ދަހަރާމްކޯރު އުސޫލުން ނެރެގެން އުޅެނީ ހޭއް ހޭއް ހޭއް ހޭއް ދަމައިގަތޭ މަމެންގެ ފައިސާ ގަނޑު ބަނޑުއަޅާލައިފިއޭ މަމެންގެ ފައިސާ ގަނޑު ނުރައްކާ އާލާތް ގަނޑެކޭ މީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަނޭ މެންނަކީ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

 4. ޢަސްލުމީހާ

  ޢެހުރިހާ ދުވަހު ޖަލުގަ އޮތްއިރު ކޮންތާކު ހޯދި ފައިސާއަށް ގަތް ފުލެޓެއްބާ؟ އަދާކުރާ ވަޒީފާ އެއްނެތް.. މިޔަކަށް ކޮރަޕުޝަނެކޭ ނުކިޔާނެ.....

  • ހަސަދަ ނުލާ

   ދަރިފުޅާ ސޭޚް 18 އަހަރުންފެށިގެން އޮތީ ޖަލުގައިތަ؟ ބޭކާރު ވާހަކަނުދައްކާ ހަސަދަ ލިޔަސް ބޮޑުވަރު ތީ

 5. ގިވްއިން

  ތަމެން ތިޔާ ގޮތަށް ނެރޭ ފޭކް ބަޔާން ތަކުން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ އެއީ ޔަގީން ކަމެކޭ ތިޔާ ބަޔާން ތައް ތަމެން ހީކުރާ ގޮތަށް ގަބޫލުކުރާނީ ދަ ރާއްޖެތެރޭ މީހުންނޭ މަމެން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ތިޔާ ބަޔާން ތަކެއް ގަބޫލެއް ނުކުރާނަމޭ ތިޔާ ހުރިހާ ބަޔާން ތައް ތަމެން ނެރުނީ ދުނިޔޭގައި ސެންސް މޭކް ކުރާ އުސޫލުން ވިސްނާ އެކަކު ވެސް ވިސްނާ ގޮތަށް ނޫނޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

 6. ދޭންވީއޭ

  ވަޒީރުންގެ މާލީ ބަޔާން ނަމުގައި ފޭކް މާލީ ބަޔާން ތަކެއް ނެރެގެން ތަމެންނަށް ފުއްދާ ނުލެވޭނެއޭ އެއަށް ވުރެން ފިރިހެން ވަންތަ ވާން ޖެހޭނެއޭ އިބޫގެ ވެރިކަން އިބޫގެ ވެރިކަން މަމެންނަށް ފެންނަނީ ވަރަށް ރަނޑު ވެރިކަމެއްގެ ގޮތުގައި ވަރަށް ބޮޑަށް ސަބްސްޓޭންޝަލީ ނޮން ރެސްޕޮންސިވް އުސޫލުން މަސައްކަތް ކުރާ ވެރިކަމަކަށޭ މިކަން ކަން ރަނގަޅު ކުރާށޭ ރާއްޖޭގެ އިގްތިސާދުގެ ހިތް ކަމުގައިވާ މާލެ ސަރަހައްދަށް ބިން އިތުރު ކޮށްދޭށޭ އަދި ބިންތައް ވިޔަފާރި ކުރަން ދޭށޭ ދޭށޭ ދޭށޭ ދޭށޭ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ..

 7. ސްކޯރޕިއަން

  ޚޮބައިތޯ މައްސަލަޔަކީ ފައިސާ އަކީ ހައްދުވައިގެން މަސައްކަތެއް ނުކުރި ކަމުގައިވީނަމަވެސް ވަކިމީހަކަށް ވީތީ މިލިއަނުން ހުންނަން ނުޖެހޭ އެއްޗެއްނޫން. ޝަެއިޚުމެން މަގުމައްޗަށް މީހުން ތަކެއް އެއްކޮށްލާގެން ދީނަށްޓަކައި ވަތަނަށްޓަކައި ޤައުމަށްޓަކައި އަމުނާލާ ބަސްކޮޅެއްވެސް މިލިއަނުގެ އަގުހުރޭ! މިއީދެބަސްވެރި ވާނެ ކަމެއްނޫން! އެކިބޭކަލުން ގެ ހުރީ ތަފާތު ހުނަރާއި ތަފާތު އިލްމު! ޢަދިއެހާމެ އަގުހުރި! ޢެހެންވީމާ އެކަމާ ފިކުރުކޮށް ވިސްނައިފިނަމަ ތިޔަވަހުމެއް ނައީސް

 8. ރައްޔިތުން

  އިމްރާން ރާއްޖެ ޓީވީ އަށް އަރާ ބުނީ އެއްއިރަކު ވެސް ވަޒީފާއެއް ވިޔަފާރިއެއް ތިމަންނާ ނުކުރައްވާ މޭ.. 2.5 މިލިއަން ރުފިޔާ ހޯދީ ކޮން ތާކުން ތޯ؟

 9. ކެރޭނެތޭ

  ކެބިނެޓް މިނިސްޓަރުންގެ މާލީ ބަޔާން ތައް ނެރެން ރައީސް އޮފީހަށް ކެރިއްޖެ އޭގައި ދޮގު ހިމަނައިގެން ނަމަވެސް ދެން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގައި ގައި ގަޓެއް ހުރެއްޖެނަމަ ނެރެދޭންވީ އެއް ނޫންތޭ ރާއްޖޭގެ ސިޔާސީ މަގާމް ތަކުގައި ތިބޭ މީހުން ސަރުކާރުގެ ޚަރަދުގައި ރާއްޖޭން ބޭރަށް ކުރާ ދަތުރު ތަކާއި އަދި އެފަދަ ދަތުރު ތަކަށް ޚަރަދުވާ ވަރު މަމެންނަށް އިނގޭ ގޮތުގައި މިހާރުވެސް 5 މިނިސްޓަރުން ވީ ރާއްޖޭން ބޭރުގައި ސަރުކާރުގެ ޚަރަދުގައި މިކަން ކަން ކުރަން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަނޭ ދަ ގަމާރާ ދަބީތާ މެންނަށް ކެރޭނެތޭ ކެރޭނެތޭ ކެރޭނެތޭ ސުވަރާ..

 10. ޖާދޫގަރު

  އާމްދަނީ ހޯއްދަވަން ކުަރަށްވާ މަސައްކަތެއް ނެތް. ވިޔަފާރިއެއް ނުކުރަށްވާ އެއްވެސް ވިޔަފާރިއެއްގައި ޕާޓްނާ ޝިޕެއް ނެތް ލޯނެއް ނުނަންގަވާ އާމްދަނީ ލިބޭނެ އެއްވެސް މަގެއްނެތި ނުދަރާ 2.5 މިލިޔަން ރުފިޔާގެ އެޕާޓްމަންޓަކާއި 50 ހާސްރުފިޔާގެ ސައިކަލެއް. ތިޔަ އުކުޅު ދަސްކޮށް ދެއްވަފާނަންތޯ

  • ދޮންނޭ

   އެއީ ވައްކަމާއި ޓެކުމާއި ރިޝްވަތު.

 11. ޖާދޫގަރު

  އާމްދަނީ ހޯއްދަވަން ކުަރަށްވާ މަސައްކަތެއް ނެތް. ވިޔަފާރިއެއް ނުކުރަށްވާ އެއްވެސް ވިޔަފާރިއެއްގައި ޕާޓްނާ ޝިޕެއް ނެތް ލޯނެއް ނުނަންގަވާ އާމްދަނީ ލިބޭނެ އެއްވެސް މަގެއްނެތި ނުދަރާ 2.5 މިލިޔަން ރުފިޔާގެ އެޕާޓްމަންޓަކާއި 50 ހާސްރުފިޔާގެ ސައިކަލެއްހ.އަދި ކަންނެލި އޮޑިއެއްވެސް ނެތް ދެއްތޯ ތިޔަ އުކުޅު ދަސްކޮށް ދެއްވަފާނަންތޯ

 12. 3ނިރު

  އެއްވެސް މަސައްކަތެއްނުކޮށް 2.5 މިލިޔަން ރަށްޔިތުންގެ ހައްގު އެއީ

 13. ޢަލީ

  ޢިމުރާނު ކޮންތާކުން ނެރުނު ފައިސާއަކަށްތޯ ފުލެޓު ބައްލަވައިގަތީ ވަޒީފާއެއް އަދާ ކުރާ މީހެއް ނޫން ލޯނެއް ނެގީކީ ނޫން އަޖައިބެއް ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަންގަވާތީ މި ސުވާލު ކުރެވެނީ އެހެން ނޫންނަމަ މަށަށް ކީއް؟؟؟؟؟؟؟

  • އެކަނބުލޯ

   ބަފައިބެ އިމްނާ ސޭޓު ކާފަދަރިންނަށް ދެއްވި ހަދިޔާ..

  • ދދދދދ

   މިމީހުން ވައްކަން ކުރީމަ ބަފާ ކަލޭގެއާއި ފަހަރި އާއި ދެން ހުރި މީހަކު ދިނީ. ކިހާ ބޮޑު ބަލާއެއް. ހަމަ ވައްކަން.

 14. ކޮއްކޮ

  ވޭތިވެދިޔަ ތިންއަހަރު ހޭދަކުރެއްވީ ޖަލުގަ. މިހާތަނަށް އެއްވެސް ވަޒީފާއެއް އަދާ ނުކުރައްވާ. އެއްވެސް އާމްދަނީއެއް ލިބިވަޑައި ނުގަންނަވާ. ދަރަންޏެއް ނަންގަވާފައެއް ނެތް. ދެން 2.5 މިލިއަން ރުފިޔާގެ ލަގްޒަރީ އެޕާރޓްމެންޓެއް މިލްކިއްޔާތުގައި ހުރީ ކިހިނެއްތޯ؟ތިޔަ އުކުޅު އަޅުގަނޑަށްވެސް ދަސްކޮށް ދެއްވާ. ފުލެޓު ގަނޑެއް ނުލިބިގެން އަޅުގަނޑުވެސް މިއުޅެނީ.

 15. ކެޔޮޅު

  ޝޭޚުގެ ކަންނެލި ދޯނިތަކެއް ހުންނަ ކަމަށް އަޑުއިވޭ. ތެދެއްތަ؟

 16. ރެއްރެރޭރޭރޭ

  ސަރުކާރުން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ޕޮލިސީ ސެކްރެޓަރީ މެން އަމާބުނީތީ ފަރަށްދާ އުސޫލުން ނެރުނު ކެބިނެޓް މެމްބަރުންގެ މާލީ ބަޔާން ތަކަކީ އެއީ ފަޑުއްކަ އޭ އެއީ ފޭކް އޮފް ދަ ފޭކް އޭ މަމެން ނުކުރާނަމޭ އެފަދަ މާލީ ބަޔާން ތަކެއް ގަބޫލެއް ބޭންކެއް ގަބޫލުކުރާ ފެންވަރަށް ޖެހޭނެއޭ ކެބިނެޓް މެމްބަރުންގެ މާލީ ބަޔާން އެވަރު ކުރާނެ ކަމަށޭ މަމެން މިދެކެނީ ރައީސް އޮފީހުގެ ތަރުޖަމާނު މިކަން ރަނގަޅު ކުރާނަމޭ ބުނުން އެއީ މަމެން އުފާކުރާ ކަމެކޭ..

 17. އަސްލުހާލަތު

  އެއީ އޭނާގެ ބަފައިބެ މަޝްހޫރު ވިޔަފާރިވެރިޔާ އިމްނާ ސޭޓު އޭނާގެ ކާފަދަރިންނަށް ގަނެދިން އެޕާޓްމަންޓެއް އިންރާނުގެ ނަމުގަ ރަޖިސްޓްރީކޮށްފަ އިނީ.. ފިތުނަ އުފައްދަން އުޅުނަސް ބޮޑުވަރު.. ސާފު ސާބިތު ހެއްކާއެކު ފަޟީހަތްކޮށްލާ ބަލިކޮށްލާނަން ޝެއިހާ ދެކޮޅަށް ތި މައްސަލަ ބަލަން ހިތު ނިޔަތްގަތަސް..

  • ބަފައިބެ އެޕާރޓްމެންޓް

   ކަލޭ އެކި ނަންނަމުގަ މިތާ ނުލިޔެ ރައްކާވޭ. ކޮންފަދަ ކަމެއް.

 18. ޕީޖޭ

  ދުނިޔެ އުމުރު މަތީ މަގާމުތަކުގައި މަސައްކަތްކޮށް ހަމައެކަނި ފުލެޓަކާއި ސައިކަލެއް ހުރީމަ ވ ސާފު ބޭފުޅެއްކަމަށް ބެލެވެނީ..ތަނަކަށް ސަރުކާރަށް ދަރާފައިނެތް...މިހާރު މެދު ފަންތީގެ މީހަކު އަތުގައި ތީގެ ދެގުނަ ހުރޭ..އެއަށް ކިޔަނީ ކޮރަޕްޓް..

 19. ގިވްއިން

  ރާއްޖޭގެ ޓްރާންސްޕޯރޓް މިނިސްޓަރު ނަހުލާ އަށް ހީވާގި ކަމާއި މުރާލި ކަމާއި އެކު މަސައްކަތް ކުރަން ފަރިތަ އެވަނީ އެއީ ސީދާ ގާސިމް އިބްރާހިމް ގައިގައި ހީވާގި ކަމާއި މުރާލި ކަން ހުރުމުންނޭ ގާސިމްގެ މުއްސަނދި ކަމާއި އަދި ސިޔާސީ ކުރިއެރުން ތަކަކީ އެއީ އުނދަގުލާއި ކުރިމަތި ލައިގެން ވެސް ކާމިޔާބު ކުރަން ގާސިމް ކުރިމަތިލާތީއޭ މީއޭ މީގެ ބިއުޓީ އަކީ މަމެން ދެކޭ ގޮތުގައި ޓްރާންސްޕޯރޓް މިނިސްޓަރު ނަހުލާ އަށް ރިވޯރޑް ދޭން ޖެހެއޭ އެކަމަކު އެގޮތަށް އެންވަޔަރުމެންޓް މިނިސްޓަރު ހުސެއިން މެންނަށް މަސައްކަތެެއް ނުކުރެވެއޭ ނުކުރެވޭނެއޭ އެމެންނަކީ އެއަށް ވުރެން ކަންނެތް ބަޔަކަށްވާތީއޭ އެހެން އެވަނީ މަމެން އުއްމީދު ކުރަމޭ ޓެކްސީ ޑްރައިވަރުން ސައިޒުން ކަނޑާތިރި އަރުވާލާ މާލޭގައި ޓެކްސީ ކުރެވޭނީ އެއީ އެމްޓީސީސީ އަށް އެކަނި ކަމަށް ސަރުކާރުން ހައްދަވާނެ ކަމަށް ދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި ކޮރަޕްޓް ލޯރޑުން ތަކެއް ޓެކްސީ ޑްރައިވަރުންގެ ލޭބަލް ޖެހުން އެއީ އެމެން ސައިޒު ކުރަން ޖެހިއްޖެ ކަމެއް މާ ބޮޑަށް ކުރިން ކަނޑާ މާލެ ސަރަހައްދުގައި ޓެކްސީ ކުރާ ވަގު ޑްރައިވަރުން ތައް ސައިޒުން ކަނޑާ ކަނޑާ ކަނޑާ ކަނޑާ އޯއް އޯއް އޯއް ޓްރައި ޓު އަންޑަރސްޓޭންޑް މީ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

 20. ސްޕިންގް

  ކެބިނެޓް މިނިސްޓަރުން ވޮލިންޓިއަރ ކޮށް ގެން ނޫން އެމެންގެ މާލީ ބަޔާން ނެރެން ޖެހޭނީ އެމެން މާލީ ބަޔާން ނެރެން ޖެހޭނެ ކަމަށް ގާނޫނެއް މަޖްލީހުން ފާސް ކޮށް ގާނޫނީ ގޮތުން އެއީ ލާޒިމް ކަމަކަށް ހަދަންވީ އަދި ކެބިނެޓް މިނިސްޓަރުންނަކީ އަދާ ކުރަން ޖެހޭ ދަރަންޏެއް އޮތް ބަޔަކަށް ވާނަމަ އެފަދަ ދަރަންޏެއް އަދާ ކުރާ ވަރަށް އާމްދަނީ ލިބޭ މީހަކަށް އެފަދަ މީހަކު ވާން ޖެހޭނެއޭ އެކަން ކަން ޕްރޫވް ކޮށް ދޭން ޖެހޭނީ ބޭންކް އަށް އެފަދަ މީހަކު ޖަމާ ކުރާ ފައިސާ ތަކުން އިނގެން ޖެހޭނެއޭ ދިސް އިޒް ދަ ވޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ދަ ކަނޑުކޮހާ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ކަންކަން ރައީސް އޮފީހުން ކުރާ ނަމަ ކުރަން ޖެހޭނީ ސެންސް މޭކް ކުރާ އުސޫލުންނޭ ދަ ކަންޓްރީ ސައިޑް ވަން ސެންސް މިސިނޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް...

 21. عبدالله

  މިރާއްޖެއަކީ ތަކެތީގެ އަގާއި ޚިދުމަތުގެ އަގު އިންފްލޭޓް ވެފައިވާ ރާއްޖެ އަކަށްވާއިރު، 2.5 މިލިޔަން ރުފިޔާ ފަހަށް ރައްކާކުރެވޭނީ، އެޢަދަދުގެ ތިންގުނަ ލިބިގެން ކަމަށް ބަލަންޖެހޭއިރު، ތިމާއާއި ތިމާގެ އަނބި ދަރިންގެ ކެއުންބުއިމާއި އަންްނައުނާއި ބޭސްފަރުވާއާއި މުނިފޫހި ފިލުވުމާއި މިކަންކަމަށް ޚަރަދުކޮށްފައި އޭގެއިތުރުން 2.5 މިލިޔަން ރުފިޔާގެ ލަގްޒަރީ ފްލެޓެއް ގަނެފައިވާނަމަ، ތިޔަފައިސާ ހޯދިގޮތެއް ސާފުވާން ނެތް ޙާލަތުގައި ތިޔަފައިސާގައި ޝުބުހައެއް އުޅޭކަމަށް ބެލޭނެއެވެ. ޔަޢުނީ، އެއްވެސް ޝުބުހައެއް އުޅޭނަމަ، އެއީ ޙަލާލު އެއްޗެއްގެ ގޮތުގައި ދަންނަ ބޭކަލުން ބަލައި ނުގަންނާނެއެވެ.

 22. ގުއިބަޔާން

  މިހާރު ކެބިނެޓް މިނިސްޓަރުންގެ މާލީ ބަޔާން ކަމަށް ނަން ދީގެން ނެރެފައިވާ މާލީ ބަޔާން އެއީ މަމެން ގަބޫލުކުރާ ބަޔާން ތަކެއް ނޫނޭ ތިންވަނަ ފަރާތަކުން ޖެހޭނެއޭ އެކަން ވެރިފައި ކޮށްދޭން އަދި މާލީ ބަޔާން ނެރެން ޖެހޭނީ އެކަމަށް ރައީސް އޮފީހުން ގައިޑް ލައިނެއް ވެސް ހެދި އެފަދަ ގައިޑް ލައިން އަކާއި އެއްގޮތަށް ކަމަށޭ މަމެން ގަބޫލުކުރަނީ މިހާރު ނެރެފައިވާ މާލީ ބަޔާން އެއީ ބޯވަ ދިލަމަސް ކަނޑުގައި ދުވަމުން ގޮސް އެސޮރު ގުއިދުއްވާލާ އުސޫލުން ނެރެފައިވާ ބަޔާން ކަމަށޭ މަމެން ގަބޫލުކުރަނީ..

 23. ރަސީދު

  ޑރ މުއީޒު އެޕާޓު މެންޓެއް ގަތީމަ މައްސަލަ ޔަކައްވެފަ އިމުރާން އެޕާޓު މެންޓެއް ގަތީމަ އޯކޭވެއްޖެ

  • ހައްޤުބަސް

   މުއީޒުގަތީ މާލޭން ބިމެއް ދެން 14 ބުރީގެ އިމާރާތެއް ހަދަމުން 6.5 މިލިޔަނަށް ރޯ ހައުސް އެއް.. އެއާ އަޅާ ކިޔަން ނޫލޭ އެމްމެ 2.5 މިލޔަނަށް އިމްރާނުގެ ބަފައިބޭ މަޝްހޫރު އިމްނާ ސޭޓު ކާފަ ދަރިންނަށް ގަނެދިން ކުޑަ އެޕާޓްމަންޓެއް.. އޮޅުވާލާ ފިތުނަ އުފައްދަން އުޅުނަސް ނުވާނެ ތިކަމެއް މިޒަމާނަކު..

 24. ފޭޑެޑް

  ރައީސްގެ މިލްކިއްޔާތު ގައި 1.5 މިލިއަން ރުފިޔާ، ދަރަންޏެއް ނެތް ކަމަށްވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު މަމެން މިކަމެއް ގަބޫލެއް ނުކުރާނަމޭ ތިޔާއި 1.5 މިލިއަން ރުފިޔާ ނަމަ ތިޔާގެ ހަގީގަތަކީ އެއީ 150 މިލިއަން ރުފިޔާ ކަމަށޭ އެއީއޭ ގިނަ ފަހަރަށް ތިޔާ ކަން ހުންނަ ގޮތަކީ ތިޔާ ކަންކަން ކުރަން ޖެހޭނީ ރާއްޖޭގެ ތިންވަނަ ފަރާތަކުންނޭ އެގޮތުން ތިފަދަ ބަޔާން ތައް ކެބިނެޓް މިނިސްޓަރުންނަށް ނެރެވޭނީ އޭސީސީ މެދުވެރިކޮށް އޭސީސީން ތަހްގީގް ތަކެއް ހިންގުމަށް ފަހުގައޭ މިހާރު ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަށް ފެންނަ އަދަދެއް ހިމަނައިގެން އޭނާ ތެޅި ފޮޅިގަނެގެން އެއްވެސް ސެންސެއް މޭކް ނުކުރާ އުސޫލުން ނެރުނު މާލީ ބަޔާން ތައް އެއީ ފޭކް އޮފް ދަ ފޭކް ބަޔާން ތަކޭ ވެއަރ އާރ ޔޫ ނައު ޕްރެޒިޑެންޓް އައި ލައިޑް ޔޫ އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ސޯ ގެޓް ލޮސްޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންްސް...

 25. ހުސޭނޫ

  ޟެއިހު ޖަވާބުދާރީވެވަޑައިގަންނަވާ.ކިހިނެއް ލިބުނު ފުލެޓެއްތޯ؟

 26. މޮޔަ

  އިމްރާނަކީ މާލޭގައި އަންހެނުންގެ ގޯތި އޮތް ބޭފުޅެއް. ގެ ހުންނާނީ ރަނގަޅަށް ހަދާ ކުއްޔަށް ދީފައެވެ.

 27. ސާނަނާ

  ކިހިނެތްހޭ އޭނާއައް 2.5 މިލިއަން ރުފިޔާގެ ފުލެޓެއް އޭނަގެ މުސާރައިން ގަތީ..

 28. Miadhu

  ތިއީވެސް ބަޔަލުލައްވާ ދޮގުތަކެއްހައްދަން ކުރާޮކަމެއް

 29. ބޮކި

  ޔާމީން ސަރުކާރުގައި މިކަހަލަ ކަމެއް ކުރެވުނުތަ ! ހަމަ ގައިމު ނުކެރޭނެ !

 30. މަސްވެިރިޔާ

  ވަރަށް އަރިސް ބޭފުޅުން ވިދާޅުވޭ 2013 އަހަރު އޮނަރަބަލް ޤއ. 18 މިލިއަން ދެއްވިއޭ އަތުން އަތަށް، އެއިރުގެ ކެމްޕެއިނަށް އެކަމަކު ޗޮކުހުން މެންބަރުން ބުނީ އެފައިސާ ޚަރަދު ކުރިހެއްޔޭ

 31. ނަޖްވާ

  އާނ ތީ ހަމަ އަޖައިބެއް! ކޮންތާކުން ހޯދި ފައިސާ އަކުން ތޯ 2.5 މިލިޔަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ؟ އަނހާ އެބަ ބަލަން ޖެހޭނު!