ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ޑޮކްޓަރަށް މަޖުބޫރުވެގެން، އަދީބު ޑިސްޗަރޖް ކުރުން ނޫން އެހެން ގޮތެއް ނެތުމަކީ އޭނާއަށް ބިރު ދެއްކުންކަމަށް ބެލެވޭކަމަށާއި، މިއީ ތަހުގީގުކޮށް، ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ނުރައްކާތެރި ކަމެއްކަމަށް އަދީބުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.
އާއިލާ އިން މިހެން ވިދާޅުވީ މިކަމާ ގުޅިގެން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
"ޑޮކްޓަރަށް މަޖުބޫރުވެގެން އަދީބު ޑިސްޗަރޖް ކުރުން ނޫން އެހެން ގޮތެއް ނެތްކަމަށް ޑޮކްޓަރު ވިދާޅުވުމަކީ، އެކަމުގައި އޭނާއަށް މީހަކު ބިރު ދެއްކުން ނުވަތަ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މަޖުބޫރުކުރުވުން ނުވަތަ އެހެން ހާލަތެއް މެދުވެރިވެގެން މަޖުބޫރުވުންކަމަށް ބެލެވެން އޮތް ހިނދު، މިކަން ތަހުގީގުކޮށް ބަލާ، ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ނުރައްކާތެރި ކަމެއްކަމުގައި ދެކެމެވެ." ބަޔާނުގައިވެއެވެ.
މީގެއިތުރުންވެސް، ކުރީގެ ނައިބު ރައީސްގެ އާއިލާއިން ވިދާޅުވީ މިކަމުގެ އެއްވެސް މައުލޫމާތެއް ކަރެކްޝަންސްގެ ކޮމިޝަނަރަށާއި ކަރެކްޝަންސްގެ މެޑިކަލްގެ ފަރާތްތަކަށް ނޭނގޭ ކަމުގައެވެ. އެހެންކަމުން، އިސްވެރިންނަށް ނޭނގި އަދީބު ޖަލަށް ގެންދަން މަސައްކަތް ކުރުމަކީ އިދާރާތަކުގެ މިނިވަންކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމެއްކަމުގައެވެ.
ހަމައެހެންމެ، އަދީބުގެ ބޭސްފަރުވާގެ ކަންކަން ނިމެންދެން، އެމަނިކުފާނު އާއިލާގެ ބެލެނިވެރިކަމުގެ ދަށަށް ބަދަލުކޮށްދެއްވުމަށްވެސް އެދިފައިވެއެވެ.
އާއިލާ އިން އިތުރަށް ވިދާޅުވީ ރޭ އަދީބު ޑިސްޗަރޖް ކުރެވުނުކަމުގައިވިޔަސް، އަނެއްކާވެސް ބީޕީ މަތިވެ، ހުން އައުމުގެ ސަބަބުން ރޭ 11:20 ހާއިރު އަލުން ހޮސްޕިޓަލުގައި އެނދުމަތިކުރެވުނުކަމަށެވެ.
އަދީބަކީ ރައްޔިތުންގެ 1.4 ބިލިއަން ރުފިޔާ ނަގާ ފޮރުވައިގެން އުޅޭ މީހެއް މީނާއަކީ ލޮއީފު އިންސާނެއްނޫން ރައްއިތުންގެ ފައިސާތައް އަނބުރާ ދޭން ޖެހޭ ނޫނީ ޖަލުގައި ބާއްވާ
ކޮޗެކޭ ކިޔާކަށް. ވަގައް ނެގި ލާރިން އަދިވެސް ތިހާންދާނު ތިއުޅެނީ
ބޮޑުވަގު ކުރި ވައްކަމުގެ ތަޖުޤީޤު ހިންގުން މާ މުހިއްމު..
މިންވަރަށް އީމާން ނުވަތަ ބީޕީ މަތިވާނެ
އަދީބު ޑޮކްޓަރުންނަށް ކިތައް ފަހަރު ބިރު ދެއްކިތަ؟ ރިޝްވަތެއް ނުދޭތަ ޑޮކްޓްރުންނަށް؟
މައުލޫ އޮޅުވަން ނޫޅޭ.. އަދީބަކީ ދައުލަުތުގެ ބޮޑުލާރިގަނޑެއް ކާލައިގެންހުރި ބޮޑު ވަގެއް..
ރައްޔިތުންގެ ފައިސާތައް ހަވާލް ކުރަންދެން އޭނާ ޖަލުގަ އޮއްނަންޖެހޭ!! އާއިލާ ލަދުނުގަނޭތަ ވާހަކަ ދައްކަން؟؟
ޑޮކައް ބިރުދެކީއޭ .... ރައީސަކު މަރާލަން އުޅުނު މީހެއްތީ! ޢެކޮޅު ކޮޅުން އެލުވާފަ ބާއްވަންވީ އެއްޗެތި ކަލޭގެ ތީ.......
ޑަކްޓަރަށް ބިރުދެއްކީ އަދީބަށްވެދާނެ. އޭނާ ވީކޮންމެތަނެއްގައިވެސް ފައިސާގެ ބާރުން ކަންކަން ކުރަން އުޅޭނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނަތްވެ ހަވާފަޓާސް އެރުވިކަމަށްޓަކައި އޭނާއަށް އަދަބުދޭންޖެހެއެވެ.
ޗޯރު ކަލޭގެއަކީ އިންސާނުން ތެރެއަށް ނެރޭ ވަރަށްވުރެ ނުރައްކާތެރި މީހެއް. މައިތިރިވެ ތިބޭ. ވަގު އަލިފާން ކައިގެން ތިބެ ވައްތަރު ކުރަންޏާ ވަގު ކަލޭގެއާ ޖެހިގެން ހުރި ގޮޅިން ޖާގަ ކަށަވަރު ކުރަން ޖެހިދާނެ.
އަދީބުގެ ޢާއިލާއިން ޑަކްޓަރަށް ބިރުދެއްކި މައްސަލަ ބަލައި ތަޙްޤީޤްކުރަން ޖެހޭ!
މި ހާރުގެ ސަރުކާރުން ތިކަހަލަ އެތައްނުފޫޒެއް ހުރިހާތަނަކައް ފޯރުވައިގެން ހިތައްއެރި ގޮތަކައް ތިކަހަލަ އެތައްކަމެއްވެސް ކޮއްފި. އެކަމު އެވާހަކަތައް އަޑުއަހާނެ ފަރާތެއްނެތް. ސަބަބަކީ ޔާމިން ވެރިކަމުން ދުރުކުރަން އެންމެންގުޅިގެން ހިންގި ޖަރީމާތައް ފޮރުވަން އެބަޖެހެ، ސަރުކާރާ ދެކޮޅުވާމީހަކަށް ކުޅިސަމާ ދައްކާލާނެ. ދެން އަތްޖަހަން ތިބޭ.
ކޮށްބަލަ ތަހުގީގު. ވަގު ފައިސާ އިިން ރިޝްވަތު ދީގެން ވޯޓުން ވައްކަން ކޮށްގެން ވެރިކަމެއް ގެނެސްގެނެއްނު ތިތިބީ. ރީތި ވެއްޖެނު. މައުމޫނާއި ސޭޓުގެ އެހީ ދެން ހޯދާ. ފެބްރުއަރީ 1 ގެ ބަޣާވާތްފުޅު ކަހަލަ ބަޣާވާތެއް އަލުން ގެނޭ.