ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނަގާފައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ދިދަ ވީދިފައި ހުރުމުން އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ. ވީދިފައި ހުރީ، މަގުމައްޗަށް ފެންނަ ގޮތަށް ނަގާފައި ހުންނަ ރައީސްގެ ރަސްމީ ދިދައެވެ. މި ދިދައާއިއެކު ދިވެހިރާއްޖޭގެ ޤައުމީ ދިދަވެސް ނަގާފައި ހުރެއެވެ.
ރައީސް އޮފީހުގައި ނަގާފައި ހުރި ރައީސްގެ ދިދައިގެ ކަނުން ބައެއް ވީދައިގެން ގޮސްފައިވާ މަންޒަރު ފެނިފައިވާއިރު، މި ގޮތަށް ދިދަ ހުންނަތާ ވީ ކިހާ ދުވަހެއްކަމެއް އެނގިފައި ނުވެއެވެ.
މި އޮފީހަކީ، ސަރުކާރު އޮފީސްތަކާއި އިދާރާތަކުގެ ތެރެއިން އެންމެ ހައިބަތު ބޮޑު އޮފީހެވެ. މިއީ، ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ ދައުލަތް ހިންގުމުގެ ބާރު ނުވަތަ އެކްޒެކެޓިވް ބޮޑީގެ އެންމެ އިސް އޮފީހެވެ. މިއީ ސަރުކާރާއި ދައުލަތުގެ މޫނުމަތިވެސްމެއެވެ. އެހެންކަމުން، މި އޮފީހުގައި ނަގާފައި ހުރި މުޙިއްމު ދިދައެއް، މިގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ.
ރައީސްގެ ރަސްމީ ދިދައިގެ ގޮތުގައި ބޭނުން ކުރަމުންދަނީ، ރާއްޖޭގެ ޤައުމީ ދިދައިގެ ގޮތުގައިވެސް ބޭނުންކުރަމުންދާ ދިދައިގެ އެތެރޭގައި އިންނަ ހުދު ކުލައިގެ ހަނދުފަޅިއާއިއެކު ހުދު ތަރިއެއް ހިމަނައިގެންނެވެ.
ސަރުކާރުން ބުނަނީ އެމެން ނެރުނު ދަ އޮޅުވާލުމާއި މަކަރާއި ހީލަތުން ފުރިގެންވާ އަމާބުނީތީ ފަރަށް ދާ އުސޫލުން ޕޮލިސީ ސެކްރެޓަރީ މެންނަށް ވާނުވާ ނޭނގި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަށް ކެބިނެޓް މިނިސްޓަރުން މާލީ ބަޔާން ނެރޭނެ ގޮތުގެ ސްޓޭންޑަރޑް އެއް ޕަބްލިޝް ނުކޮޮށް އަދި އެފަދަ ގައިޑް ލައިނެއް ނުވަތަ ކޯރޑް އޮފް ޕްރެކްޓިސް އެއް ނެތި ކެބިނެޓް މިނިސްޓަރުންގެ މާލީ ބަޔާން ނެރުން ވަރަށް ބޮޑަށް ވަން ސެންްސް މިސިންގް އުސޫލުން ޕޮލިސީ ސެކްރެޓަރީ މެން ކުރި ކަމެކޭ މިކަމަކީ ނޯއިންގް ވަން ސެންސް މިސިނޭސް ޓެކްނިކަލް ކެޕޭސިޓީ އިޒް ގިވިންގް އަ ގްލޯވިންގް ފީލިންގް ޓު ދަ މައިންޑް އެން ހާރޓް އޮފް އަސް އިޓްސް ސޯ ޑިލައިޓެޑް...
މާލީ ބަޔާނާއި ގުޅޭ ކަންކަން ރަނގަޅު ކުރާނޭ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެއީ ސީދާ ރައީސް ވިދާޅުވާ ބަސްފުޅު ތައް ނޫންތޭ މަމެން އުއްމީދު ކުރަމޭ ރައީސް އަށް ވެސް އަންޑަރސްޓޭންޑްވާނެ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ރައްޔިތުންނާއި ގުޅިފައިވާ ކަންކަން ރަނގަޅު ކުރުމަށް ޓަކައި އެއްވެސް މަސައްކަތެއް ނުކުރާ ކަން ލޯޔަލްޓީ ކުރިއަށް ނެރެގެން ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...
ގަމާރުން ތިބޭތަ
ދިވެހި ދައުލަތް ހިމެނެނީ 3 ބާރެއްގެ މައްޗަށް ކަމަށް ދުސްތޫރުގައި އޮތަސްއަޅުގަނޑު ޤަބޫލުކުރާގޮތުގައި ރާއްޖޭގައި މިހާރު އެންމެ ބާރެއް އޮންނަތާ އެތައް އަހަރެއް ވެއްޖެ. އެއީ ޕޮލިޓިކަލް ޕާޓީ ތައް.
ފޭކް ފޮޓޯއެއް. ތިވަރަކަށް ވިދިފައެއް ނެތް
ފޮޓޯ ހެދިޔަސް ތިވަރު ތަންފުކެއް ބޮޑު
ވެރިކަމުގަ ތިބީ ގައުމުދެކެ އެއްވެސް ވަރަކަށް ލޯބިވާ ބައެއްނުން، ގައުމިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް ބައެއް، އެހެންވީމަ ދިދަ ކޮންމެގޮތަކަށް ހުއްޓަސް އެމީހުންނަށް އޯކޭވާނެ، މިކަމުންވެސް ދޭހަވާ އެއްޗަކީ މިކަންކަމަށް ސަމާލުކަންނުދޭ މިންވަރު.
ސޮރީ ހަރަދު ކުރެވެން އޮތީ 5 ދުވަހަށް 4000 ރުފިޔާ. އަދި އެބޮތް 1.4 ބިލިޔަން ޑޮލަރު އިންޑިޔާއަށް ދައްކަން.
ވީދުނިއްޔާ ރަނގަޅީ. ދެން އަހަރުމެން ބޭނުމީ އިންޑިޔާ ދިދަ ނަގަން. އޭރުން އަހަރުމެން ބޭނުންވާ ބާރު ދުވެލީގަ ދިވެހިރާއްޖެ ކުރިއަރައިގެން ދާނީ. ކުރިން އިނގިރޭސިންނަށް ދިންގޮތަށް އޮތްނަމަ މިހާރު ދިވެހިރާއްޖެ އަކީ އެއްވަނަ ދުނިޔޭގެ ގައުމަކަށް ވީސް. ދެން އެފުރުސަތު ގެއްލުވާލައިގެން ނުވާނެ
އެދިދަ ބަދަލު ވެގެން ދާކަށް މާކަ ގިނަ ދުވަހެއް ނެތް.
ދުވާލަކު ހަތަރުހާސް ދައުލަތުގެ ޚަރަދަށް. ކަމެއްކުރަންނުވެސް އެނގޭ ބައެއް. ބޯހަލާކު.
ދައުލަތުގެ އަހަރީ ބަޖެޓަށް ބެލުމުން އެނގެނީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ރަސްމީ ދިދަ ވީދިފައިވާއިރު، އަލުން ރަނގަޅު ކަމުދާ ދިދައެއް ހޯދިފައިނުވަނީ، ލާރިނެތިގެން ނޫންކަމެވެ. އަދި އެ އޮފީހުގައި ވަޒީފާ އަދާކުރަމުންދާ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ޢަދަދަކީ، ދިދައެއް ނުހޯދިގެން އެފަދަކަމެއް ނުކުރެވޭ ވަރުގެ ޢަދަދެއްނޫނެވެ.
ތި ދިދައިގެ އަނެއްބައި ކެނެރީގޭގައި ނަގާފައިހުރިތޯ ބަލައި! އެތާވެސް އުޅޭ ރައީސެއް!
ވަގުސަރުކާރަށް އަދި މިވީ ދެމަހެއްހައިދުވަސް! ހުރިހާ ކަމެއް ފުލުންދާތަން އެބަފެނޭ! ހަމައެކަނި މިކޮމެންޓްގއި މި ބަލާލަނީ ޞިއްޙީނިޒާމަށް! ހޮސްޕިޓަލްތަކުގައިހުރި ކެމިކަލްސްހުސްވެ، މެޝިންސްތައް ހަލާކުވެ ، އެއް ހޮސްޕިޓަލުން އަނެއް ހޮސްޕޓަލަށް މުދާ ބަދަލުކޮށް ، ފުރާޅުތައްވެއްޓި ، ޑޮކްޓަރުންތައް ހުސްވެ ހުލިވަމުން އެބަދޭ! އަހަރު ވާއިރު މި ވަގު ސަރުކާރު އޮތްކަމަށްވާނަމަ ރީތިކޮށް ޤަވްމު ހަނާވާނެ!
ދިދައެބުނެދެނީ ޤައުމުގެ ޙާލަތު އޮތްގޮތް އޭގެ އަމިއްލަ ދުލުން.
މުޅި މިޤައިމުގެ އިޖްތިމާޢީ ފޭރާންވެސް މި ވަނީ ވީދިފައި ދެއްތޯ؟