ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދިއުމަށްޓަކައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ އިން ވާދަކުރާނީ 22 ދާއިރާއަށްކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

"އަވަސް" ގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ހުރިހާ ދާއިރާއަކަށް ހުޅުވާލައި ނިމޭއިރު ކެންޑިޑޭޓުން ނަގާނީ 22 ދާއިރާއަކަށް ވާދަކުރުމަށްކަމަށެވެ. އަދި، އެއީ ވެރިކަން ކުރާ ކޯލިޝަންގެ މެދުގައި، ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ދިއުމަށްޓަކައިކަމަށްވެސް ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީ އިން ހުރިހާ ދާއިރާއަކަށް ހުޅުވާލައި ނިމޭއިރު ނަންގަވާނީ 22 ދާއިރާއަކަށް ކެންޑިޑޭޓުން. އެއީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދިއުމަށްޓަކައި." މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އޭނާ ވިދާޅުވީ ކޯލިޝަން ބައިވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރިކަމުގައިވިޔަސް ހުރިހާ ޕާޓީތަކުން ކޯލިޝަން އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، ޕާޓީތަކުން ގޮނޑިތައް ބަހައިގެން ނިކުމެއްޖެނަމަ، މުޅި މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން ވަނީ މަޖިލީހުގެ 86 ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ޢެރޭވެސް ގާސިމު ތެޅި އަނގަޔަކުން އެނގޭ 87 ދާއިރާއައް ނުކުންނަންނުޖެރޭނެކަން.

  2. މަސްވެރިޔާ

    2009 ގަ އެތަކެއް ދާއިރާއަށް ވާދަކޮށް ލިބުނީ މާމިގިލީ ދާއިރާ އެކަނި.. 2014 ރ.ޔާމިންގެ ތާއީދުގައި 15 ގޮނޑި ލިބުނީ.. މިފަހަރު ލިބޭނީ 3 ނުވަތަ 5 ފަހެއް... ވ.ގިނަ ކުރީގެ ގޮނޑި ގެއްލޭނެ.. ސަބަބަކީ.. މެންވަރުން ޖޭޕީއަށް ދޯކާދިނުން. ރައްޔިތުން މިފަހަރު އެހުރިހާ މެންބަރުންނަށް ހަރުއަޑުން ނޫނެކޭ ބުނާނެ.

  3. ފެންނަ

    ހުރިހާދާއިރާއަށްކުރިމަތިލާންގޮވާލަން ނުނިމަގެވޮތެއްނުލިބެނެ

  4. ނުވާނެއޭ

    ލައިފެއް މޭކް ކުރަން އެބަ ބޭނުންވޭ 20 އަމީނޯ އެސިޑްސް ބޭނުންވޭ ތަފާތު ޕްރޮޓިންސް ތަކުގެ ނަމުގައި އަދި އަމީނޯ އެސިޑްސް ތައް ލޮކޭޓް ކުރެވިފައިވަނީ އެއީ މޮލިކުލް އެއް ގެ ތެރޭގައި ކަމަށްވާއިރު ކޮންމެ ސެލްއެއް ގެ ތެރޭގައި އެވަނީ ޑީއެންއޭ ޑީއެންއޭ އަކީ އެއީ މާސްޓަރ ބްލޫ ޕްރިންޓް އެއް އިންފޮމޭޝަން ސައެންސް ހިމެނޭ މީ އިންސާނާ އުފެދިފައިވާ ގޮތުގެ ބޭސިކް ތިއަރީ އަކީ ވެސް މިއިން އަންގާދެނީ ޗެއިން އޮފް އިވެންޓްސް ފެށިގެންވާން ޖެހޭނެ ކަމަށް ތިޔާ މާލީ ބަޔާން ތަކަކީ އެއީ އެއްވެސް ޗެއިން އޮފް ޑީއެންއޭ އެއް ހިމެނޭ އެއްޗެއް ނޫނޭ ތިޔާއީ ކޮލައިޑެޑް މާލީ ބަޔާން އެކޭ ތިޔާ މާލީ ބަޔާން އަކީ އެއީ އިންސާނުންގެ ބުއްދި އަށް ގަބޫލުކުރެވޭނެ އެއްޗެއް ކަމަށް މަމެންނަށް ގަބޫލެއް ނުކުރެވޭނެއޭ..

  5. އެއްލާލާ

    ތަމެންގެ ވެރިކަމުގައި ތަމެން ފުރަތަމަ ނެރުނު ހުރިހާ މާލީ ބަޔާން ތަކުގައި ހިމެނެނީ އެއީ ސީދާ ރޯ ބުހުތާނު ދޮގު ކަމަށްވާތީވެ ތަމެން ނެރެފައިވާ ފޭކް މާލީ ބަޔާން ތަކުގައި ތެދު ހިމެނެނީ އެންމެ %11 ކަމުގައި ތަމެންގެ ސެކްރެޓޭރިއެޓް ބުނެއޭ ބުނަން މަމެން ނެތީމޭ އިނގޭތޭ ތަމެންގެ މާލީ ބަޔާން ތަކަކީ އެއީ ދަ ފޭކް އޮފް ދަ ފޭކް މާލީ ބަޔާން ތަކޭ އެއީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ތަމެން މަމެންނަށް އޮޅުވާލާ މަކަރާއި ހީލަތުން ވޯޓް ދަމައިގަންނަން ނެރެފައިވާ ފޭކް އޮފް ދަ ފޭކް ބަޔާން ތަކޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ބޮޑެތި ވެލްޑިންގް މާސްކް އަޅައިގެން ރައީސް އޮފީސް ތެރެއަށް ބޭނިގަނެގެން އިނދެ ނެރެން ބުނި މާލީ ބަޔާން މީ ތަމެން ކޮން ގޮތަކަށް ބަލާފައި ނެރުނު ބަޔާން ތަކެއް ތޭ ދަ ގަމާރާ ދަބީތާ އާ ހުރިހާ ބަޔާން ތައް ވީދާލާ ވީދާލާ ވީދާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  6. Miadhu

    މިހާރު ވަރަށްސާފް ގާސިމު ތިހިރީ އެމްޑީޕީދެކެ ވވ ބޮޑަށް ބިރުގަނެފައި

  7. عبدالله

    މިރާއްޖޭގައި ފަހަކަށްއައިސް ހިނގަމުންމިދާ ކަންތައްތަކަށްބަލައި، ވޯޓްދޭންޖެހޭ ފަރާތް ރައްޔިތުންނަށް ނޯޅޭނެއެވެ. އަދި ވޯޓްދޭންނުޖެހޭ ފަރާތްވެސް ރައްޔިތުންނަށް ނޯޅޭނެއެވެ.

  8. ސުލްޠާނު

    މަޖްލިސްގެ ސްޕަމެޖޯރިޓީ ނަންގަވާނޭކަމަށް ފެންނަނީ ރައީސް ޔާމީން! ރިޔާސީ އިންތިޚާބުގައި އެކަނި ގިނިކަންޏާ ނުކުންނަވާ ހޯއްދެވި 132000 ވޯޓްގެތެރެއިން ވަގުންގެއަތްދަށުން ސަލާމަތްކުރެވުނީ 96000 ވޯޓުކަމުގައިވިޔަސް ރައީސްޔާމީންގެ ވޯޓުން ވައްކަންކޮށްގެންވެސް އަނެއް ފަސް މީހުންނަށް ލިބުނީ 135000 ވޯޓް! އެއީ ބޮލަކަށް 26000 ވޯޓް! އިންޝާއަﷲ ރައީސް ޔާމީން މަޖްލިސް ކާމިޔާބުކުރައްވާނެ!