މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް މަގުކަމުގައިވާ މަޖީދީ މަގުގައި ހުންނަ ޖަންގްޝަންތަކުން ނަޖިސް ލީކްވާން ފަށައިފިއެވެ.

މިގޮތުން މަޖީދީމަގު ޑިލައިޓް ކުރިމައްޗައް ވާގޮތައް ހުންނަ ޖަންގްޝަނާއި އޭޑީކޭ ކައިރި ސަރަހައްދުގައި ވާ ޖަންގްޝަންތަކުން އަންނަނީ ގިނައަދަދަކަށް ނަޖިސްފެން ބޭރުވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިސަރަހައްދުތަކުން ނަޖިސް ވަސް ވަރަށް ގަދަޔަށް ހިފާފައެވެ. މިމައްސަލަ ހައްލު ކުރުމަށް ކަމާބެހޭ އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައިވާކަމެެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ނަޖިސް ބޭރުވުމަކީ މާލޭ ސަރަހައްދުގައި އާއްމު ކަމަކަށް ވެފައިވާއިރު، އެމްޑަބްލިއުއެސްސީއިން މީގެ ކުރިން ވިދާޅުވެފައިވަނީ ޖަންގްޝަންތަކުން ނަޖިސް ބޭރުވުމުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސޭނާ

    އަވަަހަށް ހައްލުކުރޭ

  2. ނަފާ

    ރައީސް ޔާމީނު ބޮލުގަ އަޅުވާފަ އަވަހައް ރެކެންވީ. ނޫނީ ނ

  3. ނަޖިސް ބެ

    ޖަޒީރާ ރާއްޖޭގަ ނަޖިސް ހުންނަންޖެހޭނީ ބޭރުގަ ފެންނަން..

  4. ސަމްގަން

    ޖަޒީރާ ރާއްޖޭގައި ޖަންކުސަންތައް ހުންނާނީ ނިކަން އެންވަޔަރަމެންޓަލީ ފުރީ ކޮއް. އެހެންވީމާ އެއީކީ މައްސަލައެއްނޫނެވެ. އެއީ ހަމަ ކޮންމެ އިންސާނަކުވެސް ހަށިގަނޑުން ގަވާއިދުން ބޭރުކުރާ އެއްޗަކައްވީއިރު މަގުމަތީގައި އެ ހުރުމަކީ މައްސަލައެއްނޫނެއްނުން.

  5. ީޔތ

    މިފަހަރު އެންމެނުބައި ކުނިއެޅީ ކާކު؟ނަންއިއުލާންކުރޭ.

  6. މަންޖެ

    ނާޤާބިލް ވެރިން ތަންތަނަށްލައިގެން ނުވާނެ މިކަމެއް..މަސައްކަތެއް ނުކޮށް ކޫސަނި ހޭވުމުގައި

  7. Miadhu

    ތިއީ 2012 ވަނައަހަރުގެ ފަހުން ވީކަމެއްކަމަށްވީމަ ތިކަމުގެ ޒިންމާ އުފުލަންޖެހޭނީ ރައިސްޔާމީން

  8. ޕޮފުބާ

    ނަޖިސް ސަރުކާރެއް މީ

  9. ރިހާބް

    ކޮބާ ހެލްތް މިނިސްޓަރ.. ކޮބާ ޕްލޭނިންގް މިނިސްޓަރ. ކޮބާ މާލޭ ސިޓީ ކައުންސިލް ގެ މޭޔަރ ... ކޮބާ އާޒިމް... ކުރީ ސަރުކާރުން ކުރި ކަމެކޭ ބުނެލާފައި ޒިންމާއިން ރެކިލެވޭނެ ބައެއް ނެތްތަ؟

  10. ޢަޞޫރު

    ގުއި ޕާޓީގެ ވެރިކަމެއްގައި މަގުމަތީގައިވެސް އޮންނާނީ ހަމަ ހުސް ގުއި..

  11. ނާނު

    އަސްލު ވަގުން ގިނަވޭ ހިދުމަދުގެ ބޭނުން ނެތޭ

  12. ކޮސް

    ގުންޑާ ރުފިޔާގަނޑު ދިރުވާލައިގެން ކޮށްފަ ހުރި މަސައްކަތް.

  13. ކާފު

    ތިވެސް މުއީދުބޮލުގައި އަޅުވާ

  14. ނުރަބޯ

    މިއީ ވަރަށްބޮޑުވެއްޖެ މައްސަލައެއް މިހާރު. މިކަހަލަގެ ކަމެއް ފެނުނީމާ އަންގާލާނެ ހޮޓްލައިން ނަންބަރެއްވެސް އެތަނަކު ނުހުރޭ. ދެން އަތުގައިއޮންނަ މޯބައިލް ފޯނުން ގުޅާލީމާ ހާސަރުތަކެއް ދަމާފަ ބުނާނެ މިވެނި ކަމަކަށް އެކެއް ޖައްސަވާ އެވެނިކަމަކަށް ދޭއް ޖައްސަވާ ދެން އެހެންގޮސް އެ ގުޅި މީހާގެ ފޯނުގެ ލާރިކޮޅު ހުސްވާއިރު ވެސް އެބުނާ މީހަކާ ގުޅޭގޮތެއް ނުވޭ. އެއިރު ހަމަ އެއްކަލަ ޖަންކްޝަނުން ބަނގަބަނގަ ލާފަ ނަޖިސްތައް ލީކުވަމުން އެބަދޭ، އެމަގުންދާ ވެހިކަލްތައް އެއްކަލަ ނަޖިސް ފެންތައް މަގުހިނގާ މީހުންގެ ގަޔަށާ ޕާކްކޮށްފަ ހުންނަ ވެހިކަލްތަކަށް ޗަސްޗަސް ލާފަ ބުރުވަމުން އެބަދޭ. އެއްކަލަމީހާ ކީއްތޯކުރާނީ؟ މިހާވެސް އިންތިޒާމުތައް ބަރާބަރުތަނެއް ތިޔަ ފެންކުންފުންޏަކީ. ފެންބިލަށް ހާހެއްހާ ރުފިޔާ އަރާ ގެއަކަށް ލިބުނު ފެންބިލެއްގައި 10،000 ރުފިޔާ އަރާފަ ހުރެގެން އޭނާ ކުރީގެ ބިލްތަކާއެކު މައްސަލަޖެއްސީމާ ދޭ ޖަވާބަކީ މިތަނުން ޗެކްކުރިއިރު އެއްވެސް މައްސަލައެއް ނެތޭ އިންޓާރނަލް ލީކެއްވެސް ނެތޭ، އެހެންވީމާ ބިލްގެ ޢަދަދު ރަނގަޅޭ ދެން ފައިސާދެއްކޭނެ ލުއިފަސޭހަ ގޮތެއް ބޭނުންވާނަމަ ސިޓީއަކުން ދަންނަވާށޭ. މިހާވެސް ބަރާބަރު ތަނެއް ތިޔަތަނަކީ. އެއީކީ ވަކި މިސަރުކާރު އައުމުން ވާ ގޮތެއްވެސްނޫން މާ ކުރިއްސުރެވެސް ކަންހިނގާގޮތް.