ނ. މަނަދޫ

ނ. މަނަދޫ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ، އެރަށުން ކަރަންޓު ކެނޑިއްޖެއެވެ.

އެރަށު ކައުންސިލްގެ ރައީސް، މުޙައްމަދު އުމަރު ވިދާޅުވީ މައްސަލަ ޖެހިފައިވަނީ އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ 600 ކިލޯވޯޓުގެ ޖަނަރޭޓަރަކަށްކަމަށެވެ. އަދި މިހާރު ކަރަންޓު ދިނުމަށް ބޭނުން ކުރަމުން ދަނީ އެންމެ 400 ކިލޯވޯޓުގެ ޖަނަރޭޓަރެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"600 ކިލޯވޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ ރައްޔިތުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން. އަދި މިހާރު ކަރަންޓު ދެވިފައި އެވަނީ 400 ކިލޯވޯޓުގެ އިންޖީނަކުން ކަމުގައިވާތީ ވީހާވެސް މަދުން ކަރަންޓު ބޭނުން ކުރުމަށް ދަންނަވަން." ފޭސްބުކުގައި އޭނާ ވިދާޅުވިއެވެ.

އެގޮތުން، އެއަރ ކަންޑިޝަން އާއި އަވަން ފަދަ މަތީ ލޯޑު ހިފާ އެއްވެސް އެއްޗެއް އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ބޭނުން ނުކުރުމަށް އެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެއާއި ރާއްޖޭގެ ގިނަ ރަށްރަށަށް ދަނީ ކަރަންޓުގެ މައްސަލަ ދިމާވަމުންނެވެ. އެގޮތުން ވަރަށް ފަހުން މ. މުއްޔަށް، ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެމްޑީޕީގެ ހާޑްކޯ ރަށެކޯ. ޕްްްްްްްޕްޕްޕް

  2. ތިޔަފަދަ ކަންތައްތައް މިރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރު ވަމުންމިދަނީ،

  3. "މިސަރުކާރަކު ކަރަންޓެއް ނުކެނޑޭނެ" ކަމަށް ބުނި ސަރުކާރު މިއޮތީ އައިސް. ތިރަށުން ކަރަންޓެއް ނުކެނޑޭނެ. ތީ ދޮގެއް!

  4. ޖަޒީރާ ރާއްޖޭގައި ހުންނާނީ ފުޅިބައްތި

  5. މީ ޖަޒީރާ ވަންތަކަން. ދެން ފުޅި ބައްތީގައި އުޅޭ. ޔާމީން ވެރިކަމުގައި ކަރަންޓް ގޮސްފިނަމަ ހީވާނީ މޮޔަ ގޮވާވަރުން އެހެންފަދަ ކަމެއްހެން. މިހާރު ކީއްބާ މިވަނީ. ގޮރެއް ނެހެނޑޭނެ

  6. ޢިބޫމެންނަކީ ތަންދޮރު އޮލުންފިލާ މީހެއްނޫް

  7. މާލޭން މިހާރު ދެއިރު ދެދަޅައަށް ކަރަންޓުދޭ މިއަދުވެސް މެންދުރު ބަންގީގެ އަޑުނީވިގެން ޚަބަރުބަލާލިއިރު، މިސްކިތުގަ ކަރަންޓެއްނެތް،