އިމްރާންގެ ފްލެޓް ހުންނަ އަމީން އެވެނިއު
އިމްރާންގެ ފްލެޓް ހުންނަ އަމީން އެވެނިއު

ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ އަށް ލިބިފައިވާ ފްލެޓަކީ އިމްރާންގެ އަނބިކަބަލުންގެ ބައްޕަ ގަނެދިން ފްލެޓެއް ކަމަށް ދީނި އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މާލީ ބަޔާންތައް ބުރާސްފަތި ދުވަހުގެރޭ ރައީސް އޮފީހުން އާންމުކުރެއްވި އިރު ހޯމް މިނިސްޓަރ އިމްރާންގެ މިލްކިއްޔާތުގައި 2.5 މިލިއަނަށް ބައްލަވައިގެންނެވި ފްލެޓެއް ހުރިކަން ހާމަވުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އިޔާޒް ވިދާޅުވީ އެ ފްލެޓަކީ އިމްރާންގެ ބަފައިބެ އޭނާގެ ކޮންމެ ދަރިއަކަށް ފްލެޓެއް ގަނެދިންއިރު އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް އަށް ގަނެދިން ފްލެޓް ކަމަށެވެ.

ނަމަވެސް ރީމްގެ ފްލެޓެއް އިމްރާންގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައި ވަނީ ކީއްވެކަމެއް އިޔާޒް ސާފުކޮށްދީފައެއް ނުވެއެވެ.

އިޔާޒް ވިދާޅުވީ އިމްރާންގެ ނަމުގައި ހުރި ފްލެޓަކީ އޭނާގެ ބަފައިބެ ގަންދިން ފްލެޓެއްކަން އޭސީސީ ނުވަތަ އެނޫން އިދާރާއަކުން ބެލެއްވި ނަމަވެސް އެނގޭނެ ކަމަށެވެ.

އިޔާޒް ވަނީ މިނިސްޓަރ އިމްރާން ފްލެޓެއް ގަނެފައިވާ ކަމަށް ދެކެވޭ ވާހަކަތައް މީގެ ކުރިން ދޮގުކޮށް ޓްވީޓް ކޮށްފައެވެ.

އިމްރާންގެ ނަމުގައި ފްލެޓެއް ހުރި ނަމަވެސް އޭނާއަށް ފާއިތުވި ހަމަސް ދުވަހު އެއްވެސް އާމްދަނީއެއް ލިބުނު ކަމަކަށް މާލީ ބަޔާނުން ނުދައްކައެވެ. ހުޅުމާލޭގައި ފްލެޓެއް ހުރި ނަމަވެސް އިމްރާން ދިރިއުޅުއްވަނީ މާލެގައެވެ.

މިނިސްޓަރ އިމްރާންގެ އިތުރުން އެހެން ބައެއް ވަޒީރުންގެ މާލީ ބަޔާނުގައި ހުރި މައުލޫމާތުތަކުގެ ސަބަބުން މާލީ ބަޔާނާއި މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. މާލީ ބަޔާންތަކަށް ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން މިއަދު ވިދާޅުވެފައި ވަނީ ކުރިއަށް އޮތްތަނުގައި މާލީ ބަޔާންތައް އިތުރަށް ސާފުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. އިޔާޒް އަކީ ދެއަގައިން ވާހަކަ ދައްކާ މީހެއް.އަހަރެމެން ޤަބޫލް ނުކުރާނަން ތިދައްކާވަހަކަ.

 2. ދަރިންނަށް ވެސް ނުގަނެދީ ދަނބި ކޮޔަށްދޯ
  ސުވާލު އުފެދޭ

 3. ބަފާބެގެ ދަރިއަކި އިމުރާަނުތާ

 4. ޢިމްރާނުގެ އަންހެނުންނަށް ގަނެދިން ފްލެޓެއް ޢިމްރާނުގެ ނަމުގައި ހުރިނަމަ އެކަން އެވީ ކިހިނެއް؟ އަޑު އިވިފައިވާ ގޮތުގައި ބަފާކަލޭގެ ގެއިން ނުކުމެގެން ގޮސް އެހެން ތަނެއްގައި ޢިމްރާން އުޅެން ފެށީ ޢިމްރާނުގެ އަންހެނުންގެ މައިންބަފައިންނާ ޢިމްރާނާ ނުގުޅޭތީ. އެ ގެއަކީ ބުރިބުރިއަށް ހަދާފައި ހުރި ގެއެއް. ވީމާ، ޢިމްރާނުގެ އަންހެނުންނަށް ޢިމްރާނުގެ ބަފާކަލޭގެ ގަނެދިން ތަނެއް ޢިމްރާނުގެ ނަމުގައި ރަޖިސްޓަރީ ކޮށްދޭނެ ކަމަކަށް ނުފެނޭ.

 5. ފަހަރި ވަޒީރު

  އަނބިކަނބަލުންގެ ފްލެޓް ހުންނާނީ އަނބިކަނބަލުންގެ ނަމުގަ. އަނބިމީހާގެ ގެއާއި ފްލެޓާއި ފިހާރައާއި މުދަލަކީ ފިރިމީހާގެ މިލްކިއްޔާތެއް ނޫން. ތިި ހަމައިން ވިއްޔާ ޓްރާންސްޕޯރޓް މިނިސްޓަރުގެއެއްނު ފައިސާއާއި މުދާ އެންމެ ގިނަވާން ޖެހޭނީ. ކަލޭ ކޯޗެއް ހަދަން ކަމަށްތަ ތިއުޅެނީ؟

 6. ޢިޔާޒްވެސް މިހާރު ސިޔާސީ ވެގެންގޮސް ހަމަނުޖެހޭ ވާހަކަވެސް ދައްކަންފެށީ ދޮއްތަ އެހެންނާ ފަހެ ރީމްގެ ބައްޕަ ރީމް އަށް ގަނެދިން ފްލެޓެއް އިމްރާންގެ ނަމުގަ ރަޖިސްޓަރީ ކުރަންޖެހުނު ސަބަބަކީ ކޮބައި ބާ ބުއްދި ގަބޫލުކުރާ ވާހަކައެއް ނޫން އަނެއްކާ ރީމްގެ ބައްޕަ އިމްރާނަކަށް ނޫންބާ ފްލެޓް ގަނެދިނީކީ

 7. އެހެންވެ އަމީންގައި ކީއްވެ އިމްރާނުގެ ނަމުގަ 1 ތަން އަދި އޭނަގެ އަންހެނުންގެ ނަމުގަ 1 އެޕަރޓުމަންޓު އެއޮތީ؟ މިސުވާލުގެ ޖަވާބު އިމްރާނު ކައިރިން އަހާލަބަލަ. ރައްޔިތުންނަށް އޮޅުވާލެވޭނެކަމަށް ދޮގު ނެހެދުން އެދެން.

  އެކަކުގެ ބަފާބެ، އަނެކަކުގެ މަންމަ ގުރުއާންކިޔަވަދީގެން ލިބުނު ލާރިން،

  • ތިވާހަކަވެސް މަހިތުން އަހަން ޖެހޭނީ އިޔާޒު ކުރެން އަގަ ގަދަ މިތުރު ހެދިގެން އެބޭފުޅާވިއްޔަ އިމްރާނާ ބެހޭ ހުރިހާ ކަމަކަށް ޖަވާބުދާރީ ވަނީ

 8. ފަރީދާ އަންވަރު

  ސަރުކާރުން ބަލާންޖެހޭ މިކަން ކަން. ހަމަ އެކަނި ރައީސް ޔާމީނުގެ ވާހަކައެއް ނޫން ސަރުކާރުން ދައްކާން ޖެހޭނީއެއް.

 9. ތިޔަހާނަޒާހަތްތެރިއްޔާ މާލޭގެމެދުތެރޭގައިމިހިރަ ބޮޑެތިހުސްބިންތަކުން ސަރުކާރަށްެއާމްދަނީއެއްލިބި ރައިއްޔަތުންނަށްމަންފާއެއްކުރަންފަށާނީ އަދިކިތައް އަހަރުފަހުންތޯ ވުދާޅުވެދެއްވަފާނަންތޯ؟ ޢެއްވެސް ސަރުކާރަކަށް ބޯދަމައިނުގަނެވޭގޮތަށް މިތަންތަނު އެގްރިމެންޓުތައް ހެދިފަހުރީކިތައްއަހަރަށްތޯ؟

 10. ޢިމްރާނުގެ މިލްކިއްޔާތުގައި ފްލެޓެއް އޮތުމުން ޢަޔާޒް އެކަމާ ބެހޭގޮތުން ތަފްސީލެއް ދެއްވަން ޖެހިވަޑައިގަތީ ކީއްވެބާ؟ ޢަޅުގަނޑުހިތުން އެއްޗެއް ވިދާޅުވަންވާނީ އިމުރާނު.

 11. ބަފާބެ އޭނަގެ ދަރިންނަށް ދިން ފްލެޓް ނަމަ އެ ފްލެޓް ގެ ވެރިފަރާތަކަށް ވާނީ އިމްރާންގެ އަންހެނުން. އެހެންވިއްޔާމު އިމްރާންގެ މާލީ ބަޔާނުން ފެންނާކަށް ނުޖެހޭނެ. އިމްރާން ގެ މާލީ ބަޔާނުގަ އާެތި އިންނަނަމަ މުޅި ވިލާ ކުންފުނީގެ ވާހަކަ އައިޝާ ގެ ބަޔާނުގަ އިންނަން ޖެހޭނެ. އިޔާޒްމެން އިލްޔަސް މެންގެ ދޮގުވެރި މަކަރުވެރިކަން ބޭޒާރުމިއޮތް ވަނީ އެމީހުންނަށް ނުވެސް އެނގި

 12. ތީ ދުވަހަކުވެސް އަތުންފައިން މަސައްކަތެއް ކުރިމީހެއްނޫ މުޒާހަރާ ކުރުން ފިޔަވާ. ބަފައިބެ ފްލޭޓް ދޭނީ އިމްރާނަކަށްނޫން އޭނަގެ ދަރިޔަށް. އެހެންކަމުން ބަފައިބެ ދިން ފްލެޓެއްނަމަ ތި ފްލެޓް ރަޖިސްޓްރީ ވެފަ އޮންނާނީ އިމްރާނުގެ އަންހެނުންގެ ނަންމަތީ.

 13. މިއަދު ތިޔަހެން ބުހުތާން ދޮގުހަދައިގެން ސަލާމަތް ވެވިދާނެ ކުޑައިބްރާހިމަކީ ތިޔަބުނާ ވަރުގެ މަހުޖަނެއް ނޫން.

 14. އެހެންވީއިރު ތި ފްލެޓް ހުންނަނީ އިމްރާނުގެ އަންހެނުންގެ ނަމަގައި! މިހާރު ތިޔަ މީހުންގެ ނަޒާހަތްތެރިކަން މިއޮއްގެން ހަމަވާނީ..... ދަންނަވާނެ އިތުރު ވާހަކަ އެއް ނެތް...

 15. މިނިސްޓަރ ނޫންބާ މިވާހަކަ ބުނަން ޖެހެނީ. ނޫނީ ޢިމްރާނަށް ނޭނގޭ ކަމެއް ޢިމްރާނާ ބެހޭ ގޮތުން އިޔާޒަށް އެނގުނީބާ!!!

 16. ތިމީސްމީހުން ހިންގާ ޖަރީމާތަކުން އެންމެނައް ބައިއަޅާނެ އެހެންވެ އޭގެތެރެއައް ވަދެވެނީ!!!

 17. މި ފްލެޓް އިމްރާނަށް ލިބުނު ގޮތެއް ހޯދަން ކޮމިޝަނެއް ހަދަން ޖެހޭ

 18. މިނިސްޓަރުގެ ސްޕޯކަސް ޕާރސަންތަ؟ ނޫނީ މީނަ ބުނާ ކޮންމެއެއްޗެއް އަހަރެމެން ގަބޫލު ކުރަންޖެހޭނެ ކަމަށް ގަބޫލު ކުރީތަ؟

 19. އިސްލާމް ދީނުގެ އޮންނަނީ އަންހެނުންގެ މުދާ އަންހެނުންނަށް. ފުރިން އެތަކެތި އަބިން އަތުން ޖަހައިގަތުމެއް އަދި ވަކިން އެ ތަކެތި ފިރިމީހާ މިލްކު ކުރުމެއް ނޯވޭ. އެންމެ އަޑުބގަދަކޮށް އަންހެނުންނަށް މިހުރިހާ ހައްގުތަކެއް އޮންނަ ކަމަށް 'ެތަފާތު އަމއްލަ މަގްސަދުތަކުގައި އެވެރިން ރުއްސަން' ދެއްކި މީހުނަށް މިވީ ކިހިނެއްބާ؟
  ދެން ދޮގު ހަދާ! ސަލާމަތް ނުވާވަރަށް ދޮގު ހަދާ. ދޮގު މައްޗަށް ދޮގު ހަދާ.

 20. ޢިޔާޒުތަ ބަފާބެއަކީ އަހަރެން މިއޮއްހާދުވަހު ހީކުރީ ޢިމްރާނުގެ ބަފާބެއަކީ ކުޑަބްރާހިމްކަމަށް. ޢިޔާޒޫ ކަލޭވެސް ހާދަ ލާނެއް ވެއްޖެއޭ. ނުވެސް ބުނެ ކޮށްލި ކަންތައް ބަލާބަލަ.

 21. މީނަ ހީކުރީ ތާކިހާ އަޅައިގެން ދީނީ ވާހަކަ އެއްގެ ގޮތުގަ އިމްރާން ފްލެޓުގެ ފޭކް ވާހަކަ ދެއްކީމަ ރައްޔިތުން ގަބޫލު ކުރާނޭ. ރައްޔިތުންނަށް މިހާރު އެގޭ ދީނީ ވާހަކަޔާ ދީނީ ނޫން ވާހަކަ. ތި މީހާ ދައްކާ ދީނީ ވާހަކަވެސް ފޭކު ކަމުން ގަބޫލު ނުކޮށްގެން އުޅޭ ރައްޔިތަކު އަދީ އިމްރާނު ފްލެޓު ވާހަކަ ދީނީ ދަރުސެއްކަމަށް ހަދައިގެން ފަތުރަން އުޅުނީމަ ގަބޫލު ކުރާނީ ކާކު؟

 22. ހުމް ވަރަށް ތެދުވެރި އިމްރާން

 23. ޑޮކްޓަރ ޢިޔާޒް ތިޔަކަމުގެ މައްޗަށް ބަސްފުޅު ވިދާޅުނުވިނަމަވެސް ޝައިޚް ޢިމްރާނު ތިޔަކަމުގެ މައްޗަށް ބަސްފުޅު ވިދާޅުވާންޖެހޭ،

 24. ފާއިތުވި ހަމަސްވިއިރުވެސް އެއްވެސް އާމްދަނީއެއް ލިބުނުކަމަކަށް ނެތް. އެކަމަކު ފްލެޓް ކުއްޔަށްދީފަ ދިރިއުޅެނީ މާލޭގަ. ޔަގީނުންވެސް ދޮޅުމަހުގެ މުސާރަ ހުންނަށްވާނެތާ. ވަގަށްވަނީ ޔާމީނު. އެހެންމީހުންނާދިމާލަށް ވަގަށް މިގޮވަނީ ތިމާގެ ވަގުކަން ހައްދުން ނެއްޓުނީމަ.