ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންގެ ތެރެއިން ދެ ކުއްޖަކު އެތަނުގެ އިމާރާތުގެ ފުރާޅުމައްޗަށް އަރައިގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާއްމުވެއްޖެއެވެ.

މިހާރު މީސްމީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި މިދެކުދިންނަކީވެސް ފިރިހެން ކުދިންނެވެ. ނަމަވެސް މިތަނުން ކުއްޖެއްގެ ނަމެއް ނުވަތަ އުމުރެއް ސާފުވާގޮތްވަނީ ނުވެފައެވެ. ކުޑަ ކުދީންގެ ހިޔާގެ ފުރާޅުމަތީގައި ކުދިންތަކެއް ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ލީކް ވުމާއިއެކު ގިނަ ބައެއްގެ ފާޑު ކިޔުން ކުޑަކުދިންގެ ހިޔާއަށްވަނީ އަމާޒުވެފައެވެ. މިގޮތުން ބައެއް މީހުން މިކަމާމެދު ބުނެފައިވަނީ މިއީ ކުޑަކުދިންގެ ހިޔާގެ އިހްމާލުން ވެފައިވާ ކަމެކެވެ.

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެނީ ކޮންމެވެސް ސަބަބަކާ ހުރެ ސަރުކާރުން ބަލަމުން އަންނަ ކުދިންނެވެ. މިހިޔާގައި އުމުރުން 18 އަހަރުން ދަށުގެ އެކި އުމުރުފުރައިގެ ކުދިން އުޅެއެވެ.

ކުޑަކުދިންގެ ހިޔާގައި މައްސަލަތަކެއް ހުރި ހަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ކޮބާ ޒެނީސާ؟

    • ޙާލިދު

      އޭނަޔާ ކޮން ގުޅުމެއް މިހާރު؟

  2. Anonymous

    އަނެއްކާވެސް ސިދާތާ ފެއިލްވެފަ މިއޮތީ

  3. ކެޔޮޅު

    ތިވާނީ ޖެނީސާގެ މައްސަލައަކައް މިސަރުކާރުން އެއްކަމެއްވެސް ގޯސްކޮށެއް ނުކުރާނެ މިއީ ކުޅޭ ކުޅޭ ސަރުކާރު!!

  4. މާމިގިލީ މީހާ

    ފުރާޅުގައި ޓިނުޖަހާން ވެގެން އަރާ އެތިބީ ޖެންޑާމިނިސްޓްރީ އެން ބުނެގެން ކަމަށް ވާނީ.. މިއީ މިނިސްޓްރީގެ ވިޔާނުދާ ކަމެއް ނޫން.. މިއީ އެތަނަށް ކުދިންލާފަ ތިބޭ އެކުދިންގެ މައިން ބަފައިންގެ ވިޔާނުދާކަން. ކުދިން ނުބެލޭވަރަށް ނަހަލާަށް ކުދިން ވިހަވިހާފަ އެތަނަށް ލީމާ ސަރުކާރުން ކިހިނެއްތަ ބަލާނީ. ސަރުކާރުން ހަރުކަށި ގާނޫނެއް ހަދާންޖެހޭ.

    • Anonymous

      ބަލަ ދެން މަށަށް ވާނެޔޭ ކިޔާފަ ސަރުކާރުން ކުދިން ނަގަނީ ކީއްކުރަން؟ މީ ހަމަ މިނިސްރްރީ ގެ މައްސަލަ. ސިދާތާ އިސްތިއުފާ ދީފަ ނައްޓާލާ.

  5. ށަން

    އަޅުގަޑު އެތަނުން ދެކުދީން ބޭނުންވެގެން ވަރަށް މަސައްކަތް ކުރިން
    ނަމަވެސް ހަމަ ބޭކާރު ވަގުތުތަކެއް ހޭދަވީ
    ދަރީން ނުލިބޭ މީހުން ރާއްޖޭގައި އެހާގިނަ އަޅެ މީހުން ބަލަން ކުދީން ދޭނަމަދޯ

  6. ލޯ

    އެއީ ގުރައިދޫއަށް ފޮނުވާލަން ޖެހިފައިވާ ކުދިންކޮޅެއް

  7. ކުދި

    ކަމެއް ނުފެނިފަ ތަ ތިމީހުން ތިބެނީ.