ސިޔަމާލެ ބްރިޖްއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ހެލްމެޓް އެޅުން މަޖުބޫރު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމި ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރާއްޖޭ އޮފީހުން މަރުހަބާ ކިޔައިފިއެވެ.

މަރުހަބާ ކިޔުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރާއްޖޭގެ އޮފީހުން ކުރި ޓްވީޓެއްގައި ވިދާލުވީ މިފަދަ ތަހުޒީބީ ނިންމުން ތަކުގެ ސަބަބުން އެތަކެއް ފުރާނައެއް ސަލާމަތްވާނެ ކަމަށެވެ. އަދި އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ހިނގާ މީހުންނާއި ސައިކަލު ދުއްވާ މީހުންކަމަށްވެސް ޑަބްލިއުއެޗްއޯގެ ރާއްޖޭ އޮފީހުން ކުރި ޓްވީޓްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ސައިކަލު ދުއްވާ ފަރާތްތަކުގެ މެދުގައިވާ އެކްސިޑެޓްތަކުގައި ގިނަ ފަހަރަށް މަރުވަނީ ނުވަތަ ނުކުޅެދެނީ ބޮލަށްވާ އަނިޔާއެއްގެ ސަބަބުން ކަމަށެވެ. އަދި ހެލްމެޓް އެޅުމުން ބޮލަށް ބޮޑެތި ގެއްލުންތައް ލިބުން 70 އިންސައްތަ ކުޑަކުރެވޭކަމަށާއި އެފަދަ ހަލަތްތަކުގައި މަރުވާ މީހުންގެ އަދަދުވެސް 40 އިންސައްތަ ދަށް ކުރެވޭ ކަމުގައިވެސް އެ ޓްވީޓްގައިވެއެވެ.

ހެލްމެޓް އެޅުން މަޖުބޫރު ކުރުވަން ނިންމި އިރު، ބުރިޖު މަތީގައި އަދި ބުރިޖުން ހުޅުމާލެ އަށް ދާން އޮންނަ ހައިވޭގައި ވަނީީ ބޮޑެތި އެކްސިޑެންޓްތަކެއް ހިނގާފައެވެ. ބުރިޖުގައި ހެލްމެޓު އެޅުން މަޖުބޫރު ކުރާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި، 5،000 ހެލްމެޓް ހިލޭ ބެހުން ހިމެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިއެއް

    ބާރުބާރަށް ސައިކަލާ ކާރު ދުއްވޭގޮތަށް ބުރިޖްގެ ދެކޮޅުން އެތައް ކިލޯމީޓަރގެ މަގެއް އޮވެ، އެމަގުތަކުގަ ހެލްމެޓް ނާޅާ ދުއްވަން ހުއްދަ އޮތްއިރު،
    2 ކިލޯ ހަމަނުވާ ބުރިޖްގައި ހެލްމެޓް އަޅަންމަޖްބޫރުކުރުމުން "ޑަބްލިޔު އެޗްއޯ" ކަހަލަ ތަނަކުން ތައުރީފް ކުރީތީ "މިހާރަކު" ހައިރާނެއް ނުވޭ.

  2. ކުރަނގި

    ޑަބުލިޔު އެޗް އޯ އެއީ ކޮން ބައެއްތޯ އެއޮތް ދިގުމަގުގައި ހެލްމެޓް އަޅަން ނުޖެހި އެފަދަ ކުރު ބުރިޖުގައި ހެލްމެޓް އަޅަން މަޖުބޫރު ކުރުވީމާ އެއަށް ކިޔާނީ ވާކަން ކުރުވަނީ

  3. ރާއްޖެތެރޭ މީހާ

    ވަޓް ދަ ހެލް؟؟