ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުގެ ވާހަކަ އެބަދެކެވެއެވެ. މި ވާހަކަދައްކަނީ ހަމައެކަނި ރާއްޖޭގައެއް ނޫނެވެ. ރާއްޖެއިން ބޭރުގައި އެ ވާހަކަތައް މާ ގަދަޔަށް ދެކެވެއެވެ. ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ސަބަބުން، އެތައް ބައެއް އާޝޯހު ކުރުވައެވެ.

ނަމަވެސް ބައެއް ރަށްތަކުގެ އެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް މަސައްކަތް ނުކުރެއެވެ. އެއްވެސް ވަރަކަށް މަސައްކަތް ނުކޮށް،އެތަން ހަޑި ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މިކަމުން ހަމަ ދެރަވާނީ ދިވެހިންނަށެވެ. ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރާނީ ދިވެހިންނެވެ. ބޭރުން ބަޔަކު އައިސް އެކަން ނުކުރާނެއެވެ.

އެހެންކަމުން، އަތާއި އަތް ގުޅާލަމާ ހިނގާށެވެ. ހަމައެކަނި އެންމެ ބޭނުމެއްގައެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށެވެ.

މިގޮތަށް އަތާއި އަތް ގުޅައިގެން މީގެ އަހަރުތަކެއް ކުރިން، ރ. މީދޫއަށް ނިސްބަތްވާ ކުދިންތަކެއް ކުރި މަސައްކަތް މިހާރު ވަރަށް ފޮންޏެވެ. މީގެ ކުރިން ގޮނޑެއް ހެން އޮތް ގޮނޑުދޮށް، މީހުން ގޮސް މޫދަށް އެރިލާ މަޖާ ކޮށްލާ އާއިލާއެކު ވަގުތު ހޭދަކޮށްލާ ވަރުގެ މަންޒިލަކަށް ވެއްޖެއެވެ. ކުރިން އެ ގޮނޑުދޮށް ބޭނުން ކުރަމުންދަނީ ކުނި އެޅުމަށާއި ދޯނި އެހެލުން ފަދަ މަސައްކަތަށެވެ. ރަށުގެ ހުޅަނގަށް އޮންނަ އެ ގޮނޑުދޮށަކީ މިހާރު ކޮންމެ ހަފްތާއެއްގެ އެއް ދުވަހުހެން ސާފް ކުރާ ތަނެކެވެ.

ރ. މީދޫ ގޮނޑުދޮށް ސާފްކުރުމުގައި ކުދިބޮޑު އެންމެން ބައިވެރިވަނީ ފޮޓޯ: އެމްކޮކޯ ގްރޫޕް

އެތަނަކީ ކުރިން ވަރަށް ހަޑިކޮށް އޮންނަތަނެކެވެ. ގިނަ ބަޔަކު ކުނި އެޅުމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުން ކުރަމުން ދިޔަ ތަނަކަށް އެތަންވެފައިވުމުން، އެއިރު އެތަން ސާފް ކުރުމަށްވެސް މާބޮޑު ޝައުގުވެރިކަމެއް އެއްވެސް ބައެއްގެ ނެތެވެ.

ނަމަވެސް އެކަން ބަދަލުކޮށްލީ ރަށުގެ ކުޑަކުޑަ ގްރޫޕަކުންނެވެ. އެއީ އެމްކޮކޯ ގްރޫޕެވެ.

ރ. މީދޫ ގޮނޑުދޮށް ސާފްކުރުމުގައި ކުދިބޮޑު އެންމެން ބައިވެރިވަނީ ފޮޓޯ: އެމްކޮކޯ ގްރޫޕް

"މިކަން ފެށިގެން ދިޔައީ މީގެ ހަތްކަ އަހަރުކުރިން. އެއިރުން ފެށިގެން ކޮންޓިނިއުސްކޮށް ކުރަމުން އައި މަސައްކަތެއް މިއީ. އެތަން ސާފްކުރުމުގެ މަސައްކަތް ކުރަމުންދިޔައީ އެތަނަށް ގޮސް އުޅުނު ގުރޫޕަކުން. އެގޮތަށް މަސައްކަތް ކުރަމުން ގޮސް މިހާރު އެހެރީ ވަރަށް ހިތްހަމަޖެހޭ ހިސާބަށް އެތަން ގޮސްފައި". އެ ގްރޫޕްގައި ހިމެނޭ އިސް މީހެއްކަމުގައިވާ އަބްދުﷲ ރަޝީދު ބުންޏެވެ.

ރ. މީދޫ ގޮނޑުދޮށް ސާފްކޮށްފައި ފޮޓޯ: އެމްކޮކޯ ގްރޫޕް

އެއީ އިޖްތިމާއީ މަސައްކަތުގެ ތެރެއިން ފެށިގެން ދިޔަ ކަމެކެވެ. އެ ގޮނޑުދޮށް ސާފް ކުރަން ފަށައިގަތްއިރު، ކޮންމެ ހަތް މަހަކުން އެއް ފަހަރު ކަހަލަ ގޮތަކަށް، ނުވަތަ އަހަރަކު އެއްފަހަރު އެ ގޮނޑުދޮށް ސާފްކުރިއެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެއެވެ. މިހާރު ކޮންމެ ހަފްތާއެއްގައި އެކަން ކުރަމުން ދެއެވެ. ނޫނީ އެއަށް ވުރެ ގިނައިންވެސް އެ ގޮނޑުދޮށް ސާފްކުރެވެ. އެކަން ކުރަން ވަކި ބަޔަކު ނުތިބެއެވެ. އެންމެންވެސް އެކަން ކުރެއެވެ. ކުއްޖެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ.

ކޮންމެ މީހަކުވެސް އެކަން ކުރަމުން ދަނީ ކުރާ ހިތުންނެވެ.

"މިހާރު ހަމަ އެންމެންގެވެސް ޝައުގުވެރިކަން އެކަން ބަލާ. މިހާރު އެތަނަށް ކުނިވެސް ނާޅާ. އޮޔާ އަންނަ އެއްޗެހި މިހާރު އެތާގައި އެ ހުންނަނީ". އަބްދުﷲ ރަޝީދު ބުންޏެވެ.

ރ. މީދޫ ގޮނޑުދޮށް ސާފްކުރުމުގައި ކުދިބޮޑު އެންމެން ބައިވެރިވަނީ ފޮޓޯ: އެމްކޮކޯ ގްރޫޕް

އެ ގޮނޑުދޮށް ސާފްކޮށް ބެހެއްޓުމަށް ވަކި ބަޔަކު ނުތިބެއެވެ. އެކަމުގެ އެންމެންވެސް ޝާމިލުވެއެވެ. އަދި މިގޮތަށް ބައެއް ފަހަރު މުޅި ރަށް ސާފްކުރެއެވެ.

އެންމެންނަށް ނަމޫނާދައްކަމުން އެދަނީ އެންމެ ދެހާހެއްހާ މީހުން ދިރިއުޅެމުންދާ އެ ރަށުންނެވެ. މިކަން ކުރުމުގައި ކައުންސިލްގެވެސް އެއްބާރުލުން ލިބޭކަމަށް އަބްދުﷲ ފާހަގަކުރިއެވެ.

އޭނާ ބުނިގޮތުގައި، އެތަނަށް މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މޫދަށް އެރެން މީހުން ދެއެވެ. ކުދި ބޮޑު އެންމެން އުފާކޮށްލާ މަޖާކޮށްލާށެވެ. ވަކިން ހާއްސަކޮށް މިދިޔަ ބޮޑު ޗުއްޓީގައި އެތަނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މީހުން ދިޔަކަން ފާހަގަވިއެވެ. އަދި މިގޮތަށް އެތަނަށް ދާދިއުމުގައި އެތަން ސާފްކޮށްވެސް ހަދައެވެ.

ރ. މީދޫ ގޮނޑުދޮށް ސާފްކުރުމުގައި ކުދިބޮޑު އެންމެން ބައިވެރިވަނީ ފޮޓޯ: އެމްކޮކޯ ގްރޫޕް

އެތަން ސާފް ކުރުމުގައި ޝާމިލްވެ އުޅޭ އެ ގުރޫޕާއި އަދި ރަށުގެ ގިނަ ބައެއްގެ ވިސްނުން ހުރީ އެތަން އެއަށްވުރެ ހިތްގައިމު ކުރުމަށް ހަޓް އެޅުމަށެވެ. އެކަން ކުރުމަށް ބަޖެޓެއް ހޯދުމުގެ މަސައްކަތްވެސް ފަށާނެއެވެ.

އާނއެކެވެ. ރަށެއް ރީތިކޮށް ބެލެހެއްޓޭނީ އެރަށުގެ ދިރިއުޅޭ މީހުންގެ ވިސްނުންވެސް ރަނގަޅުވެގެންނެވެ. އެންމެންގެ އެއްބާރުލުންވެސް ލިބިގެންނެވެ. އެހެންކަމުން މީދޫގެ ރައްޔިތުންނަކީ ނަމޫނާއެއް ކަމަށް ބަލައި، ތިމާގެ އަމިއްލަ ރަށް ރީތިކޮށް ބެލެހެއްޓުމުގެ ޒިންމާ ނަގާށެވެ. ތިޔަ ރަށް ސާފް ކުރާކަށް އެހެން ރަށަކުން ބަޔަކު އައިސްދާނެ ކަމަށް ހީނުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޖިންނި

    ސުބްޙާނަﷲ އަދިވެސް ދިވެހީން ދިރި އުލޭ ރަށް ރަށް ހުރިކަން އެނގި ހިތް ހަމަ ޖެހުން ލިބިއްޖެ !

  2. މީދޫ މީހާ

    800 ނޫން 2000 ވުރެ ބޮޑު ވާނެ

  3. މީ

    އަލްހަމްދު ލިﷲ. މާޝާﷲ

  4. އަންކަލް އެލްބަރޓް

    ރަށް ކުރިއަރާނީ ރަށް ސާފުކޮށް ބަލަހައްޓާ ތަހްޒީބީ ގޮތަކަށް ރައްޔިތުންގެ ވިސްނުމާ އުޅުން ބަދަަލުކޮށްގެން. ރަށުގެ މަގުތައް ސާފުކޮށް ރީތި މާ އަޅާ އަދި ރޭގަނޑަށް ފޮޅޭ ޒާތުގެ މީރުވަސްދުވާ ގަސްތަކާއި ވެޔޮތަށް ހައްދައިގެން. މިސާލަކަށް ބޯގަންވިލާ، ކާމިނީޕޫލް، ސައިމާ ހުވަނދުމާ، ގުލޭނޫރަންމާ، ހުސްނުހީނާ، އިރުދޭމާ، ޒާތުގެ ވެޔޮތަށް. މަގުމަތީގައި ކޮޕީފަތް ގަސް އިންދާއިރު އެކަން ވެސް ރީތިކޮށް ކޮށްގެން. ރަށް ރީތި އޮންނަ ނަމަ ޑޮމެސްޓިކް ޓުއަރިސްޓުން ވެސް ރަށް ބަލާލަން ދާހިތްވާނެ. އަދި އިންޓަރނޭޝަނަލް ޓުއަރިސްޓުން ވެސް ލޯކަލް ޓުއަރިސްޓުންގެ ގޮތުގައި ރަށަށް ޒިޔާރަތްކުރަން ބޭނުންވާނެ. އަމިއްލަ އަށް ފިތިގެން ތިބި ސިޔާސަތު ދޫކޮށްލާ، ގާނޫނު އަސާސީން ދީފައިވާ މިނިވަންކަމުގެ ބޭނުން ހިފާ، ސިޔާސީ ބޭނުމުގައި ފަތުރާ ނާތަހްޒީބީ ގޮތްތަށް ދޫކޮށްލާ 1978 ގެ ކުރިން މާލޭ މީހުން ގެންގުޅުނު ފިކުރު ކުރި އަރުވަނިކޮށް އިސާހިތަކު ރަށް ކުރިއަރާފާނެ.

  5. މާމިގިލީ މީހާ

    މާމިގިލީ ބީޗް ބަލާބަލަ. ރީތިކަން ބަލާ ފޫހި ނުވާނެ. ތީ ބީޗެއް ތަ..

    • މިދޫ މީހާ

      މާމިގިލި ބީޗު ކިތަންމެ ރީއްޗަސް ދެން ބީޗެއްް ވާނީ ބީޗަކަށް ދޯ?ލޮލް

    • ކިޔޭނުކިޔޭ؟

      ގުދުރަތީ ބީޗެއް އެވެސް

  6. ލިޒާޑް

    އާބާދީ 800، ރަށުގަ ދުއްވަނީ 2 ކުރޮޅި، އެކަމަކު ޔާމީނު ސަރުކާރުން މުޅިރަށުގަ މަގުތައްހަދާދީފަ، ގަވައިދާހިލާފަށްއުޅޭ ބިދޭސީން ހިމަނައިގެން 95 ހާސްމީހުން ދިރިއުޅޭ އައްޑޫގަ އެންމެ މަގެއް ނުހެދިތާނގަ ހަދާފަހުރި މަގުތައްވެސް މެދުން ފަޅާފަ ވެރިކަމުން ފޭބީ.

    • ީިިިމީދޫ ސޮރު

      ބުރޯ 2000....، އެތަނެއް ކުރިއަރުވަން އުޅޭ ބަޔަކަށް ވާނީ

    • އިންސާފު

      އައްޑޫ ތަރައްޤީ ނުވާނެ އެހެން މީހުންނާއި ޖައްސާލާގެން އުޅޭހާ ހިނދަކު.

    • ައަބްރަހަމް

      މީދޫމީހުންނަކީ ތަރައްގީއަށް ލޯބިކުރާ 2000 މީހުންގެ އާބާދީއެއް އޮންނަ ހިތްގައިމުރަށެއް. ތިކުދިން ޅަވީމާ އަދި ނޭންގެނީ. ކޮންމެ ސަރުކާރެެއް އޮތަސް ތަރައްގީ ކުރާނެ. ހަމަ ތެޅިތެޅި ހުންނަން ޖެހޭނީ

  7. އެކުވެރިޔާ

    ހާދަހާ ރަގަޅު ކަމެކޭ ރާއްޖޭގެ އެހެން ރަށްރްށް

  8. ގާބިރު

    ލިޒާޑޫ ކަލެއަށް ތިއޮތީ އޮޅިފަ. ޖޭވީ ދޯ

  9. އައްޕި

    ވަރަށް ހިތްގައިމު މަސައްކަތެއް. ތިޔަމަސައްކަތް ކުރި ކުދިންނަށް ސާބަސް ދެމެވެ. ދެކުނިންތޯ ހުޅުދުއްފާރު ބީޗް. ވ ހިތްގައިމު ތަނެއް އެއީ. އެތަންވެސް މިހާރު ޒުވާން ކުދިބައެއްގެ ވ ބުރަމަސައްކަތުން ރަށުގެ ރައްޔިތުންގެ އިތުރު އަވަށްޓެރި ރަށްރަށުގެ އާއިލާތަކުން ޒިޔާރައްކުރާ ތަނަކަށްވަނީ ވެފައި. ވ ހާއްސަ ޝުކުރެއް ގޯނބިލިގޭ އަހުމަދު ރާށިދު އޭނާގެ ޓީމަށް އަރިސްކުރަން.

  10. ނަން ނޭންގެ

    މީމިގިއްޔެ އެހެން އިނގިއްޔެ ނޯންނާނެ ??

  11. ޑިމޮކްރަސީ

    ގޮޑުދޮށް އެކަންޏެއްނޫން ރަށުތެރެވެސް ރީތި ކުރަންޖެހޭ. ރ. މީދުއަކީވަރައްރީތިޜަށެއް

  12. ސަންތި

    ވަށަފަރު ބީޗު މާރީތި ވެފަ ސާފުތާހިރު ވާނެ....

  13. ކޖކޖ

    ރީތި ކަމުންނޫން އެހެން ރަށްރަށުގައި ލަވަކުޅެނީ؟؟؟؟؟؟؟