ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް، ބައިތުލްމާލު ސަލާމަތްކުރުމުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކުން ކޮށްފައި ނުވަނީ ރައްޔިތުންގެ މަޖިލީހަށް އެފަރާތްތައް ޒިންމާދާރު ނުކުރެވިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިމްތިޔާޒު ވިދާޅުވީ މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހަށް އަދާކުރެވިފައި ނުވާ އިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް، ބައިތުލްމާލު ސަލާމަތްކުރުމުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކުން ކޮށްފައި ނުވަނީ ރައްޔިތުންގެ މަޖިލީހަށް އެފަރާތްތައް ޒިންމާދާރު ނުކުރެވިގެން ކަމަށެވެ.
އިމްތިޔާޒު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މިހާރުގެ ސަރުކާރަށް ލިބިފައިވުމާއެކު ސަރުކާރު ކޯލިޝަންގެ މެމްބަރުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް އަނބުރާ ހޯދައިދިނުމަށް ކަމަށެވެ.
"މިކަން މިގޮތަށް މެދުވެރިވީ މަޖިލީހުގެ މެޖޯރިޓީ ލިބުނު ބައެއްގެ ސަބަބުން މިގޮތް ބަދަލުކޮށްގެން ނޫނީ މިނިވަން މުއައްސަސާތައް ޒިންމާދާރު ނުކުރެވޭނެ އެމުއައްސަސާތަކަށް މަސައްކަތް ކުރުމުގެ ބާރުވެސް ނުދެވޭނެ " އިންތި ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ މިއަހަރު އިންތިހާބުކުރާ މަޖިލީހުގަައިވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރުން އޮންނާނެ ކަމަށެވެ.
" ރައްޔިތުންނަށް ބޭނުންވާ ގާނޫނުތަކާއި އަދި މުއައްސަސާތައް ޒިންމާދާރުކުރުމުގެ މަސައްކަތް ރަނގަޅު ގޮތުގައި ދާނެ. މުއައްސަސާތަކަކީ ރައްޔިތުން އިތުބާރުކުރާ ތަންތަން ކަމުގައި ހެދުމުގެ ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއެއް އެބައޮތް. އެ އެޖެންޑާއާ އެއްގޮތަށް މަސައްކަތްތައް ކުރެވިގެން ދާތަން ފެންނާނެ." އިމްތިޔާޒު ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ޗެކް އެންޑް ބެލެންސްގެ ނިޒާމެއްގެ ދަށުން ކުރަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސަރުކާރު ކޯލިޝަނަށް މަޖިލީހުގައި ލިބިފައިވާ މެޖޯރިޓީއާ އެކު މިހާރުވެސް މިމަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އިމްތިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
ދެފަހަރުމަތިން ރީނދޫ ސަރުކާރު އައިއިރުވެސް ދައުލަތުގެ ބައިތުލްމާލުގައި ފައިސާހުރި. ކަލޭމެންގެ ދޯހަޅި ސިޔާސަތާ އިސްރާފުބޮޑުވުމާ ހިންގުންތެރިކަން ނެތުމާ އަމިއްލައެދުން ބޮޑުވުމުގެ ސަބަބުން ފައިސާ ހުސްވެ ގައުމު ދަރަނިވެރިވެގެން ދިޔުމުން އެކަމާ އެހެންބަޔަކު ކުރާނެކަމެއްނެތް. ދެން ރައްޔިތުންގެ މަޖްލިސް މިހާރު ވެފައިވަނީ ހަމައެކަނި އެ މެންބަރެއްގެ ޖީބު ތަނަވަސް ކުރާ ވަސީލަތަކަށް.
ބައިތުލްމާލުވެސް އަދިމިގައުމެސް މިހާލަތަށް މިދިޔައީ މަޖިލިސް މެމްބަރުންނާއި ފަޑިޔާރުންގެ ކޮރަޕްޓް ބޮޑުވެގެން
ދެންކޮބާ މައްސަލަޔަކީ؟ ދެން ކަލޭމެން ތީ މަތިންފައިބައިގެން ނުކައި ރައްޔިތުންނަށް ހިދުމަތްކުރަން އައިސްތިބިބައެއްތަ؟ ޖަލޭވެސް އެކަން ގަބޫލުނުކުރާނެ.. ދައުރު ނިމޭއިރު ދުރުވާލިވަރު އަހަރުން ބަލަންތިބޭނަން.. ދައުލަތުގެ މިހާރުގެ ރިޒާވްގަހުރިވަރު ހާމަނުކުރެވިގެން ތިއުޅެނީ ކީއްވެހޭ؟ ދިވުވާލާވަރު ފޮރުވަން؟ އެކަމަކުވެސް އިހުލާސްތެރީ ކަލޭމެން؟ އަދިވެެސް ދިވެހިން ގުނބޯހެއްދުމުގަ..
އިންތިވެސް ތި އެއްބަސްވަނީ ސަރުކާރު ޒިންމާދާރުކުރަންޏާ މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭނީ އިދިކޮޅަށޭ؟ އެކަމަކު ކަލޭމެންގެ ވެރިކަމެއްވީމަ މެޖޯރިތީއޮންނަންޖެހެނީ ކަލޭމެންގެޔޭ. ބަރޯ ކިޔާއެކަށްޗެއްކިޔާބަލަ. ދިވެހިން ނަކީ މޮޔައިންތަ؟ ކަލޭ ތިގޮތައް އެއްބަސްވާނަމަ މިފަހަރު ކަލޭމެނަށް މަޖިލިސްދީގެން ހަމަ ކުރިން ވީގޮތެއްނޫންތަ ވާނީ؟ އޭރުން ކޮބާހޭ އޮޕޮޒިޝަންއަކީ؟ މިޔަށް އެމްޑީޕީން ޖަވާބުދީބަލަ!
މޮޔައަކުވެސް ރަނގަޅު ވަހަކައެއް ބުނެފިއްޔާ ހަމަ ވާނީ ރަނގަޅުވާހަކަ އަކަށް. ފާއިތުވިތަނަށް ބަލާއިރު މަޖްލީސް އިންތިހާބު އެމްޑީޕީއަށް ލިބިއްޖެއިޔާ ކިހާހިސާބަކުން ދާނެތޯ!
އިންތިދަރިފުޅާއެވެ. ޙަޤީޤަތްފޮރުވަންކިތަންމެ މަސައްކަތެއްކުރިއަސް ވަގުތުޖެހުނީމަބޭޒާރުވާނެ އަޅެކެރެންޏާ ކިތައްލޯވަޅުތޯތިޖޫރީތަކުގައެޅިފަހުރީ ވިދާޅުވެދެއްވާށެވެ. އަދި އެއަރމޯލްޑިވްސް/ކޫއްޑޫ/ އެމްއެންއެސްއެލް ހުލިވިގޮތްހާމަކޮށްދެއްވާށެވެ.
ތިޔައީ ރީދޫބައްގެވައްތަރު ޖަހާވައްޓާލާއިރަށް
ފުންމާގެތެދުވެ ބުނާނެއަދިޖަހާބަލަ
އެނެއްކާވެސް ހަމަވައްޓާލާއިރަ ތެދުވެބުނާނެ
އަދިޖަގަ ފުރައްތަވެރިކަންލިބުނީމަގޮވީއެގޮވުން
މިހާރުވެސްއެގޮވަނީއެގޮވެލ ވީކަމެއްހަރާމު
ވާނެކަމެއްވެސްހަރާ
މިހާރުވެސް ބައިތުލްމާލު ހުސްވެއްޖެކަމަށް އެބަހީވޭ، ޑިސެންބަރުމަހުގެ މުސާރައާއެކު ބައެއްއޮފީސްތަކުން ފޮނުވި ޕީވީ ތަކަށް އަދިވެސް ފައިސާނުލިބެ، އެކަމުގެ ސަބަބުން އެފައިސާ ލިބެންވީ ޢާއްމުމީހުންނަށް ފައިސާނުލިބިގެން އެމީހުން ކުރަންޖެހޭ ޚަރަދުތައްމިވަނީ ނުކުރެވިފައި، ބޭރުގެ އިންވެސްޓުމެންޓް އައުން މަޑުޖެހުމުގެ ސަބަބުން ޑޮލަރުގެ އަގު މައްޗަށްދާންފަށައިފި،
މަޖްލީހުގައި ތަޅުއަޅުވާފަ މެމްބަރުން ފާރުމަތީން އުކާލީ ބައިތުލްމާލު ދަވާލާފަ އެކަން ފަޅާއަރުވާލަނެތީ !