ބ. އަތޮޅުގައި ހިންގާ ރީތި ބީޗު ރިސޯޓުގައި އަލިފާނުގެ ހާދިސާއިން ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައި ވަނީ މިއަދު 11:00 ހާއިރު، ރީތި ބީޗު ރިސޯޓުގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވާ ކަމަށާއި، އެމްއެންޑީއެފް ނޮދާން އޭރިއާ ނައިފަރު ފަޔާ ސްޓޭޝަނުގެ ސިފައިން މިހާރު ދަނީ އަލިފާން ނިންވުމަށް ހަރަކާތްތެރިވަމުން ކަމަށެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައި ވަނީ ރިސޯޓުގެ އިންޖީނު ގެއާއި، ވޯކްޝޮޕްގައި ރޯވުމާއެކު ރިސޯޓުގެ އަލިފާން ނިއްވާ ޓީމުގެ މަސައްކަތުން މިހާރު ކޮންމެވެސް ވަރަކަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ރީތި ބީޗު ރިސޯޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި، އެއްވެސް މުއައްޒަަކަށް އަދި ފަތުރުވެރިއަކަށްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. އަދި ރިސޯޓުން ފަތުރުވެރިން ބަދަލުކުރަން ޖެހޭ ނަމަ، އެ ކުންފުނީގެ ރީތި ފަރަށް ގެސްޓުންް ބަދަލުކުރާނެ ކަމަށްވެސް ޓްވީޓްގައިވެއެވެ.

ރިސޯޓުން ބުނެފައި ވަނީ އިންޖީނު ހަލާކުވުމުން ކަރަންޓް ކެނޑިފައިވާ ކަމަށާއި، މިހާރު އަންނަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުމަދު

    ރިސޯޓުތަކުގައި އަލިފާން ރޯކުރާ ސަރުކާރެއް!

  2. މުހައްމަދު

    މީ އަނެއްކާ މޫސުން ފެށުނީތަ އަހަރު ފެށޭހިސާބުގަ އާދަކޮށް މިކަހަލަ ރޯވުންތައް ރޯވޭ ދެން ފެންނާނީ މުވައްޒަފުން ރިސޯޓް ބަދަލުވެ އަގުބޮޑު ސައިކަލާ ކާރުގަ ދަތުރުކުރުމާ އަވަސް އަވަހަށް ވިޔަފާރި ދަތުރު އާއިލާ ގޮވައިގެން ޔޫރަޕަށް ދަތުރުދާތަން ހެހެހެހޭ ފެންނަ ތަންތަން އާކަމެއްނޫން މީވެސް ހަމަ....... ދޯ!

  3. ރީތި ބީޗް ރިސޯޓް

    މިއަދު މެނދުރު 12:30 ގެ ވަގުތެއްގައި ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވިއިރު މިހާރު އަލިފާން ވަނީ މައިތިރި ކުރެވިފައެވެ. ރިސޯޓުގއި ތިިބި އެއްވެސް މުވައްޒަފަކަށް އދި ފަތުރުވެރިއަކަށް ގެއްލުމެއް ލިބިފއެއް ނުވެއެވެ. އިތުރު މިއުލޫމާތު ހޯދެއްވުމަށް ރީތި ބީޗް ރިސޯޓުގެ ފޭސްބުކް ބައްލަވާލައްވާ. ޟުކުރައްޔާ

  4. ކަލޯ

    އަލޮފާން ސަރުކާރު

  5. ދިސްވޭއޭ

    އެއީ އިމްރާންގެ ފްލެޓެއް ނޫން، އަޅުގަނޑުގެ ފްލެޓެއް ކަމަށް އިމްރާންގެ އަނބިކަނބަލުން މިއަދު ބުނަނީ އެއީ އިމްރާންގެ މާލީ ބަޔާން ނެރުމަށް ފަހުގައިތޭ ކުދިންނޭ މަމެންގެ ގޯއްޗެކޭ ސަލްޓަންޕާރކް ގޯއްޗަކީ އެއީ މަމެންގެ ކާފަގެ ކާފަގެ ކާފަގެ ކާފަގެ ކާފަގެ ކާފަގެ ދަރިފުޅުގެ ގޯއްޗެކޭ މަމެން އަތުގައި އެބައޮތޭ މަމެންނަށް އެގޯތި ދިން ކަމުގެ ފޭކް ލިޔުން ވެސް އަވަހަށް ދޭން އުޅެގަ އެބިން ކޮޅު މަމެންނަށް އިނގޭތޭ އަވަސް ކުރޭ އަވަސް ކުރަން އުޅެގަ އިނގޭތޭ..

  6. ޖިންނި

    މި ސަރުކާރު އޮތްހާ ދުވަހަކު އަހުންގެ އެދުމަކީ ރިސޯރޓް ތަކަށް ބޮޑެތ ބޮދެތި ގެއްލުންވުން ޓޫރިސްޓް އިންޑަސްޓްރީ ހަލާކުވުން ( ސަބަބު ؛ ފާއިތުވެ ދިޔަ ސަރުކާރަށް ޖެއްސުންކޮށް ޓޫރިޒަމް ބޯއިކޮޓް ކުރަން ގޮވާފަ އޮތުން )

  7. ޢެކަނޑަމީ

    އަލިފާން ސަރުކާރު އެހެންވެގެން ތަންތަނުގައި އަލިފާން ރޯވަނީ އެހެންސަރުކާރަކުން އަލިފާން ރޯވާތީ ކޮމިސަނެއް ހަދަން އެބަޖެހޭ މިކޮމިސަނުގެ ރައީސަކަށް އިމްރާނު އަދި ނައިބުރައީސަކަށް ވެލަޒިނީ .