ހުޅުމާލޭގައި އަންހެނަކު މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އެބަދެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ މިއަދު ހެނދުނު 09:30 ހާއިރު މަރުވެފައި އޮތް އަންހެނަކު ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓު އެހޮސްޕިޓަލުން ފުލުހުންނަށް ކޮށްފައިވާކަމަށެވެ.
އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާ ބާލައިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އެޕާޓްމަންޓް އިމާރާތުގެ 11 ވަނަ ފަންގިފިލާ އިންނެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އަންހެން މީހާ ބާލައިގެން ގެންދިޔައިރު އެތަނުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭ ގްރޫޕެއް އޮތެވެ. އަދި އެމީހުން ހަށިގަނޑާ އެކުގައި ދިޔަކަމަށްވެސް މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަގުތަށް ބުންޏެވެ.
"ރާއްޖެ އެމްވީ" އިން ބުނެފައިވާ ގޮތުގައި މި އަންހެން މީހާ މަރުވެފައިވަނީ ޕާޓީ ޑްރަގް ބޭނުން ކުރުމުގެ ސަބަބުން އޯވާޑޯޒް ވެގެންނެވެ.
އެހެންނަމަވެސް، އަންހެން މީހާގެ އާއިލާ އިން ވަގުތަށް ބުނީ އެމީހާ މަރުވީ ކީއްވެގެންކަން އަދި ބުނަން ނޭނގޭ ކަމަށެވެ.
2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ޕާޓީ ޑްރަގް ބޭނުން ކޮށްގެން ދެ ޒުވާނަކު މަރުވެފައިވެއެވެ. އެފަހަރު އަންހެނަކާއި ފިރިހެނެއް ދާދި އެކު އެކީގައި މަރުވިއިރު އެކަންވެސް ހިނގާފައިވަނީ ހުޅުމާލޭގައެވެ.
މިއޮތީ ބިރަކާނުލާ މަޖާކުރުމުން އޭގެނަތީޖާ ފެންނަން ފަޝާފަ، ދެންވެސް ކުރިމަގުގައި ވިސްނާފައި ވޯޓްލާތި.
ޔާމީނު ވެރިކަމުގަ ޕާޓީކުރަނިކޮށް މަރުވި މީހުން މާގިނަ.. ތިޔަ ކަހަލަ ދެބަން ބުރާންތިން ޑީފެކުސަނުގެ 99 ޕަސެންޓަކީ.. ކޮންމެ ކަމެއް ސިޔާސީކޮށް ވޯޓޭ ބޯޓޭ ކިޔަކިޔަ ތިބޭނި. ނަފުސާނީ ގޮތުން ބަލިވެފަ ތިޔަ ތިބީ ކައުންސިލިން ނަގާ.. ކެނެރޭގޭ މޮޔަ އަންނިއެކޭ ކަލޭމެންނެކޭ ނެތް ތަފާތެއް
މިކަމަކާ ވޯޓާ ހުރީ ކޮން ގުޅުމެއް... ކޮންމެ ބަޔަކު ކޮންމެ ކަމެށް ކުރިކަމުގާ ވިޔަސް އެއީ އެމީހަކު އަމިއްލަ ކަމެށް.....
ޙުރިހަަ ކަމެއް ސިޔަަސިި ނުކުރެެ
ދެރައަރާ މީހާ އަކަށް ނުފެނުނުދޯ ޔާމީނު ސަރުކާރުން ބޭއްވި އާއަހަރު ފާހަގަ ކުރާ ޝޯ ތަކާއި މިނިވަން 50 އޭ ކިޔައިގެން ބޭއްވި މިއުޒިކް ފެސްޓިވަލް ތަކުގައި ފާޅުގައި ދެޖިންސުގެ ޒުވާނުން ހިންގި މުންކަރާތްތަކަށް އޭރުގެ ސަރުކާރުގެ ވަޒީރުން އަތްޖެއްސެވިއިރު އެތަނެއް؟ ތިކަހަލަ މީހުންނަށް ދީނަކީ އަމިއްލަ ފައިދާއެއް ހޯދުމަށް ބޭނުން ކުރާ އެއްޗެއްކަން ނޭނގޭ މީހުން މިހާރަކު ނޫޅޭ..ދެންވޯޓުލަލަލާ..
ދެން 2017ވަނަ އަޑު ސެޕްޓެމްބަރު ގައި މަރުވި ކުދިން އެއީކާކަށް ވޯޓުލުމުންވި ގޮތެއަބާ؟
މިއޮތީ ބިރަކާނުލާ މަޖާކުރުމުން އޭގެނަތީޖާ ފެންނަން ފަޝާފަ، ދެންވެސް ކުރިމަގުގައި ވިސްނާފައި ވޯޓްލާތި
ކާކުޒިންމާާވާނީ
??
ޗޫދޫ މިމައްސަލަ ވެސް ބޭޅާ ބަލާ ކޮމެޓީ އައް އިތުރު ކޮއްދެއްވާ. ވެރިކަމަށް އައި ފަހުން ކޮންމެވެސް މީހެއްމަރާ އަޑު ވަޅި ޖަހާ އަޑު އަލިފަން ރޯވާ އަޑު ފެންބޮޑުވާ އަޑު މީހުންވަޒީފާން ކަނޑާ އަޑު
އިމްރާން އިސްތިއުފާ ދީބަލަ. ބިރަކާ ނުލައި މަޖާކޮށްފައި ތިއޮތީ. ތީ ކަލޭމެންބުނާ ޖަޒީރާ ރާއްޖޭގައި އުޅޭ ގޮތް. ބޯ ހަލާކު. މިވެސް ޔާމީންގެ ކަމެއްތަ
ނޫނޭ ކަލޭވާ މޮޔަ....ޔާމީނު ވެރިކަން ނިމުނީ ތިގޮތައް މީހުން މަރުނުވެ...ޕިސް ޕިސް ކަލޯމެން ނާ ހެދި ބޮއި ހަލާކު
ކޮންމެ ކަމެއް ސިޔާސީ ކުރަނީ ކީއްވެތަ؟
ހުރިހާ ކަމެއް ސިޔާސީ ނުކޮށްބަލަ!
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދިން އެއްޗެއްތަ ބޭނުން ކުރީ، ބަލ އެ އީ މައިން ބަފައިން ދީފައި ހުރި ތަރުބިއްޔަތު
ހުރިހާ ކަމެއް ކަލޭމެން ސިޔާސީ ކުރެވޭތޯ ބަލާ
މި ކޮމެންޓްކުރަނީ ހާދަ ގަމާރު މީހުންނޭ. އެކުއްޖާގެ މައިންބަފައިން ޒިންމާގެ ވާހަކަ ދެއްކުން ބުއްދިވެރި، ދަރިން އިސްލާހުކޮށް ކުރިމަގު އުޖާލާކުރައްވާ
ތިވެސްވާނީޔާމީނު ކުރިކަމަކައް
ހިތްވަރެއް ހުރިއްޔާ ތި ރިޔާސީ ކޮމިޝަނުން މިކަން ތަހުޤީގް ކޮށްބަލަ..
ތީ ނިމިދިޔަ މީހުން ދެއްކި ނަމޫމާ
ިބޫ އިސްތިއުފާ ، ޖެޒުއިޓް އެލެކްސް މި ޤައުމުން ބާލާ ދީނަށް ފުރައްސާރަ ކުރި އެންމެން ޤަތުލް ކުރޭ !
ފަރުދީ ޒިންމާ ނަގާާބަލަ... ކޮންމެ ކަމެއްގައި ސަރުކާރު ބަދުނާމު ކުރުމުގެ މާނަ އެއް މެއި..?
ކޮންމެ ކަމެއް ސިޔާސީ ކުރީމަ ހުރިހާ ކަމެއް ހައްލު... ތިނޫން ގޮތަކައް އުޅެން ދަސްކުރަން ވެއްޖެ އެއްނު ދިވެހިން... ބޯހަލާކު...
ވަގު ސޯލިހު މިމަރުގެ ޒިންމާ ނަގަން ޖެހޭނެ!
އަމީން އެވެނިއު ގެ ގިނަ އެޕާޓްމަންޓް ތަކަކީ މުއްސަނދިންގެ މުނިފޫހި ފިލުވާ ކިއްލާއެއް، އެތަނުގެ ތެރޭގަ ނުރަނގަޅު އެތައްކަމެއް ހިނގަމުންދޭ،
އަމީން އެވެނިއު މޭޕްލްގެ10 ވަނަބުރީގަ ސީދާ ކުލަބެއް ހިނގާ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ބާރުގަދަ ޕާޓީ ޑްރަގެއް ބޭނުން ކުރި އަންހެނަކާއި ފިރިހެނަކު ހުޅުމާލޭގައި މަރުވި. ބިރަކާނުލާވީމަ އެކަނިތަ އޯވަރޑޯޒްވަނީ؟ މިކަމަށް ފުރުސަތުދޭން ޔޫތު ސިޓީ ނަންދިނީ ކޮން ޒަޢާމަތެއްގަ؟
ހުޅުމާލޭ އަމީން އެވެނިއު އަކީ ސެކުއިރިޓި ވަރަށް ރަނގަޅަށް ބަލަހައްޓާތަނެއް.އެތަނަށްވަނީ ކޮންބަޔެއްކަން ވަރަށް ރަނގަޅަށް އިނގޭނެ.މިފަހަރު ތަހުގީގަހުރިވަރެއްއިނގޭނެ.އެތާތިބި ބަޔަކަށް ވީ ކިހިނެއްކަން އިނގޭނެ.ކެއީ ކޯއްޗެއްކަން ބުއީ ކޯއްޗެއްކަން އިނގޭނެ.އެތަނަށްވަނީ ކޮންބަޔެއކަންބަލާ އެމީހުންގެ އަމަލުތައް ވޭތުވެދިޔަތާނގަ ހުރިގޮތެއްބެލުމުން ތިވީގޮތެއްވަރަށް ފަސޭހައިންހޯދޭނެ ހޯދަން އުޅެފިއްޔާ.
މިކަމުގެ ޒިންމާވެސް ނަގަންޖެނީ ރައިސްޔާމީނުތަ ކީއްވެ އިބޫ އެއްޗެއްނުބުނެ ތިހުންނަނީ
ޕާޓީ ޑުރަގުބޭނުން ކުރާމީހުން ހަމަ މަރުވެގެން ގިނަގިނައިން ވެއްޓެންވީ.. ކީއްކުރަން ޕަޓީ ޑުރަގު ބޮނީ..
ތީ ކުރީ ސަރުކާރުގަ މަރުވެފަ އޮއްމީހަކަވެސް ވެދާނެ..
ތިވާނީ ކުރީސަރުކާރުގަ މަރުވިމީހަކަށް. ޖަޒީރާ ރާއްޖޭގަ ތިކަހަލަ ކަމެއް ނުހިނގާނެ. މިހެން ބުނަންމިޖެހެނީ ވޯޓުހޯދަން އުޅުނުއިރު މީހުންމަރުވާލެއް ގިނަވާހަކަ އޭރުގެ ސަރުކާރުބޮލުގަ ވޯޓުއޮޅުވާލި ސަރުކާރުން އަޅުވާ ވޯޓުހޯދީތީ. ދެން މިހާރު މިހެންވާންނުޖެހޭނެ. ތީ ސީދާ ކުރީސަރުކާރުގަ މަރުވިމީހެއް.
އިބޫ ޒިންމާނަގަންޖެހެ
މިއޮތީ ބިރަކާނުލާ މަޖާކުރުމުން އޭގެނަތީޖާ ފެންނަން ފަޝާފަ، ދެންވެސް ކުރިމަގުގައި ވިސްނާފައި ވޯޓްލާތި
ހުރިހާ ކަމެއްގަ ސަރުކާރު ޒިންމާވާން ވެއްޖެޔާ ދެންކޮބާ ކުއްކުރާ މީހުންގެ ކުށެއް.. ބޮއެގެން ހޭނެތިގެން ވެއްޓުނީމަވެސް ސަރުކާރު ގޯސްވަނީ.. ބަލަ ގޯސްކަމެއްކަން އެނގިހުރެއޭ އެކުރަނީ..
ދިވެހިންގެ އާދަ.. ތަންކުން އެއްޗެއް ހުއްޓަސް ނުޖެހޭ ބޯކަށް. މިހެންވެސް ކޮމެންޓް ކުރާ މީހާ ގޯސްވާނީ....
ޔާމީނު ކަމު ނުގޮސްގެންދޯ ސޯލިހު ވެރިކަމަށް ގެނެސްފައި އެހުރީ.
ޔާމީނު ޤަޢުމަށް ކުޑަކަމުގޮސްގެން ޞޯލިޙު ވެރިކަމަށް ގެނައީ...އިނގިއްޖިތަ؟