ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވުމަށްފަހު އެޕާޓީން ވަކިވެވަޑައިގެން، މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރައްވައިފިއެވެ.

މުންދު އެޕާޓީ އަށް ސޮއި ކުރައްވީ މިއަދުގެ ވަގުތެއްގައެވެ. އޭނާވަނީ އެކަން ހާމަވެސް ކޮށްދެއްވާފައެވެ.

ޕީއެންސީ އަށް މުންދު ސޮއި ކުރައްވާފައިވާއިރު، ޕީޕީއެމްގެ ނައިބު ރައީސްކަމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދުވެސް ވަނީ ޕީއެންސީ އަށް ސޮއި ކުރައްވާފައެވެ. ހަމައެހެންމެ، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުވެސް ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.

އެޕާޓީން މިހާރުވަނީ ރަޖިސްޓްރީ ކުރުމަށްޓަކައި 4000 ފޯމު އިލެކްޝަންސް ކޮމިޝަން އަށް ހުށަހަޅާފައެވެ. މި ފޯމުތަކުގެ ޞައްޙަކަން ޔަޤީން ކުރުމަށްފަހު ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ތިން މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން އިން އަންގާނެއެވެ.

ގިނަ ބަޔަކު މިހާރުވެސް ދަނީ ޕީއެންސީ އަށް ސޮއި ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރިއްޕު

    މީދެންކާކުދޯ.އެއްވެސް އުރައްޕެއްހުރިމީހެއްނުން.މީނަ އާންމުކޮށް ފެންނަނީ ވިއްސާރަ ދުވަސްވަރު .މީނަ ސޮއިކުރީމަވެސް އަދުރޭ ހެވިފަހުރިވަރު ބަލާބަލަ.މީނަ މީހުންނަށް ފެނުނީވެސް މައުމޫނު ދެއކީމަ.ކުރިން ކައިރިންދިޔަކަސް މީހުންނަކަށް ނޭނގޭ.

  2. އެމާ

    ތިވާނީ މުންދުއަށް ވަގައްކުރިކަމަކައް ޝަރީފުކައިރީ ބުނަންވާނެ ތިމައްސަލަ. ރަގަޅަށް ބަލާ ތަހުޤީގު ކުރަން

  3. ނުރަބޯ

    ނޯނޯ. ރިއްޕޫ..! މީނާއަކީ ކަލޭމެން ކަހަލަ ސޮހޮލުން ރިއްޕާލެވޭވަރުގެ ވިސްނުންތެރި ތައުލީމީ ޒުވާނެއް.

  4. އަލްޖިބްރާ

    އެތާވެސް ވަގުން ! މިތާވެސް ވަގުން !