ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރާއެކު ރާއްޖޭގެ ސަރަޙައްދު ޕެޓްރޯލް ކުރަން އިންޑިޔާގެ މަނަވަރެއް އަތުވެއްޖެއެވެ. އެގޮތުން ރާއްޖެ އައިސްފައިވަނީ އިންޑިޔަން ކޯސްޓް ގާޑް ޝިޕް ސަމަރްތު އެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މި މަނަވަރު، އެމްއެންޑީއެފްއާއެކު މި މަހުގެ 13 އިން ފެށިގެން 17 ގެ ނިޔަލަށް ސަވައިލަންސް ޕެޓްރޯލްތައް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުންވެސް އެމްއެންޑީއެފް އިން ބުނެފައިވަނީ މި ޕެޓްރޯލުގެ މަގުސަދަކީ ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި އެއްވެސް ބާވަތެއްގެ ޣައިރު ޤާނޫނީ ކަމެއް ނުހިނގާކަން ކަށަވަރު ކުރުންކަމުގައެވެ.

މީގެކުރިންވެސް، ރާއްޖެއާއި އިންޑިޔާ އަދި އެހެން ޤައުމުތައް ގުޅިގެންވެސް ރާއްޖޭގެ ސަރަޙައްދުގެ ބެލުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ހަމައެހެންމެ ސަރަޙައްދުގެ ޤައުމުތަކާ ގުޅިގެން ރާއްޖެއިން ދަނީ ދޭތެރެ ދޭތެރެއިން އަސްކަރީ އެކްސަސައިޒްތައްވެސް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކެޕްޓަން ހަސަން

    މާނަޔަކީ ދިވެހި ކޯސްޓްގާޑް ގެ އުޅަނދު ތަކާ ފަޅުވެރިން ބޮޑު ކަންނެއްޔަށް ދާން ފަށަންވީއޭ

    • ޒާލިމް

      އެހެން ކަންނޭންގޭއްނުން

  2. ނުރަބޯ

    ރާއްޖޭގެ ސަރަޙައްދު ޕެޓްރޯލްކުރަން އިންޑިއާ ސިފައިން ގެންނާކަށްނުޖެހޭނެ. އެކަން ދިވެހި ސިފައިން ނަށް ކުރެވޭނެ. ދިވެހި ސިފައިންގެ އަތުގައި އެފަދަ އޮޕަރޭޝަން ތަކުގައި ބޭނުންކުރަން އެކަށީގެންވާ ހަތިޔާރާ އުޅަނދުތައް ހުންނާނެ. ކަން މިހެންއޮއްވާ އިންޑިއާ ސިފައިން އުޅޭނެގޮތަކަށް އުޅެ ހަދާނެ އެއްޗެއް ހަދަން މިގައުމުގެ ސަރަޙައްދު ދިނުމަކީ ގައުމަށް ޣައްދާރުވުން. މިއީ ހައްތަހާވެސް އެއުޅޭ އިންޑިއާގެ ޕަޕެޓް ނަޝީދުގެ ނުފޮރުއްޕާން. ސޯލިޙުގެ އެއްވެސް ބާރެއް މިހާރަކުނެތް.

  3. ސަކްސް

    1 ބިލޔަން ޑޮލަރަށް ގައުމު އިންޑިޔާ ސަރުކާރަށް ދީނީޢޭ ޖަހަން ލަދުގަންނަނީތަ ؟
    އައްޑޫގައި 3ކމ ސަރަހައްދެއް އިންޑިޔާ ސިފައިނގެ މަރުކަޒެއް. ގަމުގައި އިނޑިޔާ ސިފައިނ. ލަމު، ހަނިމާދޫގައި 4 މީހުންގެ ޖާގައިގެ ހެލިކޮޕްޓަރެއް ބަލަހައްޓަން 50 ސިފައިން.
    އަދި ނުވިތާކަށް މިހާރު ސެޓްލައިޓް ނިޒާމް ބަލަހައްޓަން 19 ރަށެއްގައި އިންޑިޔާ މީހުން ބައިތިއްބަނީ.

  4. ސަކްސް

    އިންޑިޔާ ރާއްޖެޔަށް ބާރުގަދަކުރާ ކުރުން ހުއްޓުވަން މޑޕ އަށް މަޖިލިސް ދިނުމުން ދުރުވާން ޖެހޭ

  5. Miadhu

    ތިމީހުންގެ ޕެޓްރޯލަކީ ރާއްޖޭގެ މަސްޕޮއިންޓްތައް ދެނެގަތުން މަސްވެރިން ހޭއަރާތިބޭތި

  6. ޖޮއްބެ

    ކަލޯގެޔާ ރާއްޖޭގެ ސަރަހައްދު ލާދީނީ ބައިގަނޑު އިންޑިއާ އަށް ވިއްކާލައިފި. ބަލަ ކަލޭނޭ ހޭއަރާ، އިންޑިއާ ސިފައިން މިގައުމުގެ ސަރަޙައްދު ބަލަހައްޓަނިއްޔޭ ކިޔައިގެން އެ ގަންނަ ގަނޑަކީ އިންޑިއާ ސިފައިން ފައިބާތިބެން އެންމެ އެކަށީގެން ވަނީ ކޮން ހިސާބެއްތޯބެލުން. ދުވަސްކޮޅަކުން އެނގޭނެ އެކަން. ކިހާބޮޑު ނިކަމެތިކަމެއްތޯމީ؟ ބަލަ މީގެ ކުރިން ވެސް މިތާގައި ސަރުކާރުތައް ގާއިމުވިޔޭ މިފަދަ ބިރުވެރި ކަމެއް ދިމަލެއް ނުވޭ، އަމުދުން މިގައުމަކީ އެއްވެސް ގައުމަކާ އެއްވެސް ގޮތަކުން ޚިލާފެއް އުފެދިފައިވާ ގައުމެއް ނޫނެވެ. އަދި އެއްވެސް ގައުމަކާ ދެމެދު ހަނގުރާމައިގެ ޙާލަތެއް އޮތްގައުމެއްވެސް ނޫނެވެ. ވީއިރު ބޭރުބަޔަކާ ސަރަހައްދު ބަލަހައްޓަން ޙަވާލުކުރުމަކީ ބައެއްގެ އަޅުވެތިކަމުގެ ތެރެއަށް އަމިއްލައަށް ވެއްޓިގަތުމެވެ. މިއީ ހިތާމަހުރި ކަމެކެވެ.

  7. ބޮއްބޮ

    ތިޔައީ ދިވެހި ސިފައިންނަށް މާރިޔާ ކުރާ މަލާމާތެއް. މީގެކުރިންވެސް މާރިޔާއޮތީ ދިވެހި ސިފައިންނަށް މަލާމާތްކޮށް ފުރައްސާރަކޮށްފައި.

  8. މޯދީ

    ތިވެސް ޗައިނާގެ މަނަވަރެއް ނަމަ، މޯދީ އާއި ރީނދޫ

    ދީނުގެ ކުދިން ހޭބަލިވާނެ މަގުމަތީގަ. މި ފެންނަނީ

    އިންޑިޔާއިން ދިން ޑޮލަރު ބޮނޑި ތަކުގެ ފެށުން. ދެން

    އަތް ޖަހާ

  9. ފާއިޒް

    ކޮން ވާހަކައެއް ތީ މިޤައުމު އަޅުވެތި ކުރުމަށް ކުރާ ކަމެއް އަދި އިންޑިޔާގެ ެ އެއަރ ފޯސް ބޭސް އެއް ގާއިމް ކުރުމަށް ރާއްޖޭގެ އެންމެ ބޭރު ތުނޑިން ލިބެން އޮތް ފަޅެއް ހޯދުމުގެ މަސައްކަތް ކުރިއަށް ތި ދަނީ...

  10. ފުއާދު

    އަދި މާލެ ތެރެޕެޓު ރޯލް ކުަރަން ވެހިކަލް ވެސް ފޮނުވާނެ.

  11. ޏަމްޔަމް

    މިކަމުގެ ޒިންމާ މާރިޔާ ނަގަންޖެހޭނެ ނުނަގައިފިނަމަ ރައްޔަތުން ނިކުންނަން ޖެހިދާނެ މިއީ މިގައުމަށް ހުރި ބޮޑުބިރެއް.

  12. ކަމަނަ

    ބަލަ މިވީ ކިހިނެތް؟ މަހީކުރީ ހަމައަސްލުވެސް ޗައިނާއިންކަމަށް ރާއްޖެއަށް އަތްގަދަކުރަނީ.

  13. ާަަ

    އަބިމީހާ ގަޔަށް އަރަންވެގެން ފުރަތަމަ ކަށަވަރު ކުރަނީ ފިރިމީހާގެ އިތުބާރު. ޢެއަށްފަހު އަބިހާ ނަގަނީ. މިގައުމު އެތެރާއި ބޭރު ދަސްކޮއް އަތްދަށު ވުމުން އިންޑިޔާގެ އަވަށަކަށްވާނެ.

  14. ާަައަލީ

    ޢުމަރު އެކީ މި އިންޑިއާ މީހުން ބޭރު ކުރަން މުޒާހިރާ ކުރަން ނުކުންނަންވީ އެންމެން.