ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަން ކުރެއްވި ޑރ. މުޙައްމަދު ޝައިނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ދާއިރާ އިޢުލާން ކުރައްވައިފިއެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިނީ ވިދާޅުވީ އޭނާ ކުރިމަތިލައްވަން ނިންމަވާފައިވަނީ ހެންވޭރު އުތުރު ދާއިރާއަށްކަމަށެވެ.

"ﷲ ސުބުޙާނަޙޫ ވަތައާލާގެ ރަހުމަތްފުޅުން ހެންވޭރު އުތުރު މަޖިލިސް 2019 ގޮނޑި ހޯދުމަށް މަސައްކަތް ފައްޓައިފިން. ދާއިރާގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުން އެދެން." ޓްވިޓަރ މެދުވެރިކުރައްވާ ޑރ. ޝައިނީ މިއަދު ވިދާޅުވިއެވެ.

އެހެންނަމަވެސް، އޭނާ ވާދަކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓެއްގައިކަމެއް ނުވަތަ ވާދަކުރައްވަނީ އަމިއްލަފުޅު ހައިސިއްޔަތުންކަމެއް، މިއަދު ކުރެއްވި ޓްވީޓުގައި ހާމަކުރައްވާފައި ނުވެއެވެ.

ޝައިނީ އަކީ ރައީސް ޔާމީންގެ ކެބިނެޓުގެ އެންމެ މުޙިއްމު އެއް ވަޒީރުގެ ގޮތުގައި ފާހަގަކުރެވުނު އެއް ބޭފުޅާއެވެ. އެހެންނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިނުގެންނެވިކަމަށް ޝައިނީ ފަހުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ހޫނ ވަގުލާރިގަނޑު އޮތްދިމާލަށް އަދީބުގެ ގާތަށް ސޮއްސާލާފައިހުރި މ

  2. އަލްޖިބްރާ

    ހެންވޭރު އުތުރަކުން ކަލޭ ނުހޮވާނެ !

  3. ނޫނެކޭ

    މީނާ އަށް ސުން ވޯޓު ދޭންޖެހޭނީ. ރައްޔިތުންގެ ފައިސާ ފޭރިގަތް.