އެއްލައިދޫ

އެއްލައިދޫ މޯލްޑިވްސް ރިސޯޓުގައި މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ މީހެއްގެ ގަޔަށް ވަޅި ހަރާ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. އދ. މަހިބަދޫ ކޯޓުން މި މީހާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެއްލައިދޫ ރިސޯޓުގައި މާރާމާރީ ހިންގާ ވަޅި ޖަހާފައިވަނީ ސްރީ ލަންކާގެ ރައްޔިތެކެވެ. އޭނާ ވަޅި ޖެހީވެސް އެޤައުމުގެ ރައްޔިތެއްގެ ގަޔަށެވެ. މި ދެ މީހުންނަކީ އެރިސޯޓުގެ މަސައްކަތެއް ކުރަން އައިސް އުޅުނު ދެ މީހުންނެވެ.

ވަޅި ޖެހި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ އުމުރަކީ 39 އަހަރެވެ. އަދި، މަރުވި ބިދޭސީ މީހާގެ އުމުރަކީ 24 އަހަރެވެ.

މި ރިސޯޓުގައި ހިނގި މި މާރާމާރީއާ ގުޅިގެން މަހިބަދޫގައި ތިބޭ ފުލުހުން ވަނީ އެ ރިސޯޓަށް ގޮސްފައެވެ. އަދި ކުށްވެރިވާ މީހާ ވަނީ އެރޭ ހައްޔަރުކޮށްފައެވެ. ރިސޯޓުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުން ކުށްވެރިވާ މީހާ ހިފެހެއްޓީ އެކަން ކުރުމަށްފަހު ފިލައިގެން އުޅެނިކޮށް، އެރިސޯޓުގެ އެހެން މުވައްޒަފުން ތަކެކެވެ.

މަރުވި މީހާގެ ހަށިގަނޑު ފަހުން މާލެ ގެނެސްފައިވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯލިހްގެ ވެރިކަމުގައި ވަޅިޖެހިމިންވަރު އިތުރުވަނީ އަދި 2 މަސްނުވޭ އަދި 3 މަރު ހަގީގަތްނޭގޭ އެންސީހަމީދު ޔާމީނުގެ ފަހަތުން ދުވުންއޮތީ