ހުޅުލެއިން ހުޅުމާލެއަށް ދާ ހައިވޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:35 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގެ ހުޅުމާލެ ކޮޅުން ޔޫ ޓާން އެޅެން ހުންނަ ހިސާބުގަ އެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ހުޅުލެއިން ހުޅުމާލެ ދިޔަ ކާރެއްގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި ސައިިކަލް ދުއްވަން އިން 26 އަހަރުގެ ފިރިހެނާއަށާއި ސައިކަލް ފަހަތުގައި އިން 20 އަހަރުގެ އަންހެން މީހާއަށް ޒަޚަމްތަކެއް ލިބިފައިވާއިރު، އެ ދެ މީހުންނަށް މިހާރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ގެންދަނީ ފަރުވާދެމުންނެވެ.

ހައިވޭގައި ހިނގާ އެކްސިޑެންޓްތައް މަދު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެގޮތުން ބްރިޖާއި ހައިވޭ ބޭނުން ކުރާއިރު ހެލްމެޓް އެޅުން މަޖުބޫރު ކުރަން މިިނިސްޓްރީން ވަނީ ނިންމާފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފޮގުބާ

    ހެލްމެޓް އެޅީމަ އެކްސިޑެންޓް މަދުންޏާ ތީ އަރަތެއްނު

  2. ފޮގުބާ

    ހެލްމެޓް އެޅީމަ އެކްސިޑެންޓް މަދުންޏާ ތީ އަރަތެއްނު. އެވެސް ކީއްތަ ވާނީ ސްޕީޑް ބްރޭކާސް އުސްކޮށް އަދި އިތުރު ކުރާނަމަ. މާރަނގަޅު ވީސް

    • ޕޮގްބާ

      ކޮން ސްޕީޑް ބްރޭކާސް އެއް އުސްކޮށް އިތުރު ކުރާކަށްތަ؟ ޔާމީނު އެޅި ބުރިޖުގަނޑު ގޮއްވާލާ!! ދިވެހިންގެ ރައީސް، ރައީސް އިބޫ ދިވެހިންނަށް "މާ ފުރިހަމަ" ބުރިޖެއް އަޅާ ދީފާނެ.

  3. ސަނދުވާ

    ހެލްމެޓްން އެކްސިޑެންޓް ސަލާމަތް ކޮށްދޭތޯ؟ ހެލްމެޓެއްނޫން މުހިންމީކީ. މުހިންމީ ޤާނޫނު ތަންފީޛުކުރުން. އެއީ، ސްޕީޑް ދެވިފައިވާ ހައިވޭއެއް. ދުއްވާމީހުން ދުއްވަނީ ޤާނޫނާ ޚިލާފަށް. އެކަން ދެކެނީ ކާކުތޯ؟ ފުލުހުންވެސް ދުއްވާ. އެކަމަކު، 4ސައިކަލް ރޯޑްމީޓިންގ ބާއްވައިގެން މަޖާކުރަމުން ދަނީ. އަވަހަށްދާން، ނުވަތަ އޮންނަ ސްޕީޑްގައި ދާން ބޭނުންވާމީހާޔަށް ދިއުމުގެ ފުރުޞަތެއް ނުލިބޭ. އެހެންވީމާ، ކުރިއަރަން ނުވަތަ އަވަހަށްދާން ބޭނުންވާމީހާ 4ފުރޮޅު ޒޯންއަށް އަރައިގެން ކުރިއަރަން ޖެހެނީ. އެވަޤުތު އެކްސިޑެންޓް ނުވުމަށްވުރެ، ގާތީ އެކްސިޑެންޓްވުން. މިހާތަނަށް ހިންގި އެއްމެގިނަ އެކްސިޑެންޓް ހިނގާފައިހުރީ އެ ސަބަބާހުރެ. ހެލްމެޓަކީ އެކްސިޑެންޓްގެ ޙައްލެއްނޫން.