ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގެ ކޮންމެ ޖަޒީރާ ރަށަކީ އެ ރަށެއްގެ ވަށައިގެން ވެލި އެނބުރެންޖެހޭ ރަށެއް ކަމަށާއި ނަމަވެސް އެ ރަށްތަކުގައި ބަނދަރުތައް ހެދުމާއެކު އެ ރަށްތަކުގެ ގުދުރަތީ ސިފަ ގެއްލިގެންދާނެ ކަމަށާއި، ތަރައްގީ ގެންނާނީ އެފަދަ ކަންކަމުގައި ފިތުރަތުގެ އުސޫލާ އެއްގޮތަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އޭދަފުށީގައި މިރޭ ކުރިއަށްދިޔަ ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބަނދަރު ހެދުމާ އެކިއެކި ކަންކަން ކުރުމުގާ ރަށްރަށުގެ ތޮބީއީ ސިފަ ގެއްލުވާ ނުލާނެ ކަމަށެވެ.

"އެނބުރި އެނބުރި އޮންނަ ވެލި ނޭނބުރެނީ. ނޭނބުރުނީމާ ރަށް ގިރެނީ. އެއީ އަޅުގަނޑުމެންގެ ލޮލަށް ފެންނަތަން. ރަށެއްގެ ތޮބީއީ ސިފަ ގުދުރަތީ ގޮތާ ބެހުނީމާ ހަގީގަތުގައި އަންނާނެ ކިތަންމެ ބަދަލެއް އޮންނާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މަޖިލިސް 2019 ވެގެންދާނީ ރައްޔިތުންނަށް ތަރައްގީއަކީ ކޯއްޗެއް ރައްޔިތުންނަށް އެނގޭނެ މަޖިލީހަކަށް ކަމަށާއި، އެމްޑީޕީގެ މިފަހަރުގެ މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަކީ ފިތުރަތުގެ އުސޫލާ އެއްގޮތަށް ތަރައްގީ ގެނައުން ކަމަށެވެ.

"ތަރައްގީ ގެންނާނީ ފިތުރަތުގެ އުސޫލާ އެއްގޮތަށޭ. އޮޔާވަޔާ އެއްކޮޅަށޭ. އިދިކީއްޔަކަށް ނޫނޭ. ތަރައްގީ ގެނައުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. އެއީ ބޮޑު ބިޔަ ކަމެއް ނޫން. އެއީ ކުޑަކުޑަ އޮށެއްގެ ސިއްރުން ވަޅުޖެހުނު ބިންމަތީގައި، ބޮޑުބޮޑު ބިޔަ ގަހެއް ހެދުން" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފިތުރަތުގެ އުސޫލު ނުދަންނަ ފިތުރަތާ ދެކޮޅުމީހަކު ފިތުރަތޭ ކިޔައިގެ މިދައްކަނީ ކޮންވާހަކައެއް.

  2. ހަމައިގަބާ....؟

  3. އަޅެ ކަލޭމެނަށް ފާހަނގަ ނުކުރެވޭތަ މަ ގައިގަ މުނާފިޤުންގެ ސިފަ ހުރި ކަމަށް.

    މިހާ ވަރަށް މި ތެޅެނީ އެމްޑީޕީ އަށް މެޖޯރިޓީ މަޖިލިހުގަ

    ލިިބިއްޖެއްޔާ މުޅި ރާއްޖެ ކާފަރު ގައުމަކަށް ބަދަލު ކުރާން

  4. ނަސީރު ތަރައްގީކުރިރަށްތައް ރަތްޔެތުންހަދާންއިބަހުރި މިސާލަކަށް ތިނަދޫ ބާކީ ރަށްތައް ހަދާން ކޮށްލާ

  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮންހާ ބޭކާރު އަނގައެއް ތަޅާކަށް ތިގެންނަ އެއްޗެއްގެނެސް ދައްކަބަލަ. މިކަލޭގެމީ މުޅިންވެސް އަނގައިން ކަންކަންކުރާ އެއްޗެއް. މާދަމާ އިރުއަރާނީ މިކަހަލަ ކޮންމެސް އަނގައެއް އަރުވައިގެން އަނގައިން ކަމެއް ނިންމާލާދުވަހަކަށް. ބަލަންތިބޭ.

  6. ތަރައްގީ ގެނެސްބަލަ ފިތުރުއީދާ އަލްހާއީދުގެ ފަހުން ނަސީދޫ

  7. ާތަރައްގީ ގެނެވޭނީ ތަރައްގީއަކީކޯއްޗެއްކަންދަންނަ މީހަކައް. ޜައީސް ނަސީދަކީ ރައްޔިތުންދެކެލޯބިވާ ބޭފުޅެއް.މިއަދު ދިވެހިރާއްޖެ މިދެކެމުންދާ ތަރައްގީގަ ނަސީދުގެ ހިއްސާ ވަރައްބޮޑު.މީ ދިވެހިކޮންމެދަރިއަކު މިއަދު އުފަލާއެކު ފާހަގަކުރާކަމެއް

  8. މަރުހަބާ ރައީސް ނަށީދް

  9. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    ދެން ފުރަތަމަ އައްޑޫ ބަނދަރު ތަކަށް އިސްކަންދީ... މިނިކުފާނު ގެނައުމުގަ 90% މަސައްކަތްކުރީ އައްޑޫއިން

  10. މިކަލޭގެޔަށް ފިތުރަތުގެ އުސޫލު އެނގޭބާ މިކަލޭގެ މި އިނީ ހަމައިން ނެއްޓިފަ މަޖުލިހުގެ އިންތިހާބާހެދި ކުޑަކުޑަ އޮށެއްގެ ސިއްރުން ވަޅުޖެހުނު ބިންމަތީގައި ބޮޑު ބިޔަގަހެއް އުފެއްދެވީ ކޮންފަރާތަކުން ކަން މި ޖާހިލަށް ނޭނގޭތީ އަޖައިބެކޭ!!!!!!

  11. ފިތހުރަތހުގެ އުސޫލާ އެއްގޮތަށް އުޅެބަލަ! އޭރުން ހުންނާނީ އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ ތެރޭގައި!

  12. ފުރަތަމަ މާލޭގެ ތޮށި ނަގަމާ އަޖުމަ ބަލަން އެއަށް ފަހު ދެއްތޯ އެހެން ޖަޒީރާތައް. ރައީސް އެމްޑީޕީގެ ރައީސް އާއި މިހަވާލު ކުރެއްވީ ބޮޑު މަސައްކަތް ދޯ.......

  13. އާދައިގެ މީހެއް

    ވެލި އެނބުރި އެނބުރި ނުކިޔާ އޮއެ ދެމޭގޮތަށޭ ބުނިއްޔާ މީހުންނަށް މާސާފުވާނެ

  14. މީ ކޮންއެއްޗެކޭ ކިޔަންއުޅޭ މީހެއްތަ؟

  15. ޖަޒީރާ ރާއްޖެ ވީމަ ރަށްރަށުގެ ވަށައިގެން ވެލި އެނބުރެންޖެހޭނެކަމަށް ފިތުރަތުގެ އުސޫލު ނުދަންނަ މީހަކަށް ހީވެދާނެ. މަރުވުމަށްފަހު އަލުން ދިރޭނެކަމީވެސް ހަގީގަތެއް އެކަމަކު ބަޔަކު އެކަންވެސް ގަބޫލެއްނުކުރޭ. މިއީ ކިހާބޮޑު ފިތުރަތުގެ އުސޫލެއް. ދެން ރާއްޖެއަކު އެއްވެސް ތަރައްގީއެއް ނޯންނާނެތާ. ބަނދަރެއް ހަދާކަށްނުޖެހޭ. ކޮންގްރީޓެއް ބޭނުމެއްނުވޭ.

  16. ކަލޭ ތީ ބޯ ގަމާރެއް. ތަރައްގުއި ކަލޭމެންނަށް ކުރެވޭނީ. ބަލަ. ކަލޭމެންނަށް ނުވާނެތީއޭ ތިގޮތަށް ތި ކިޔަނީ... އަހަރުމެންނަށް އެނގޭ ވެގެން އުޅޭގޮތް. ކުރާނެ ގޮތް ނޭގޭ ބަޔަކަށް ކޮން ތަރައްޤީ އެއް ކުރެވޭނީ!

  17. ފިތުރަތުގެ އުސޫލަކީ ކޮބައިބަ؟ ތިބުނަންއުޅޭ، ހަމައިގައި ނުހުރެވޭ ޝަހުވާނީ ނަފްސުބާރު ހުރި ފިތުރަތުހޭ ނޫނީ ރުޅިވަރުަކަމާއި ނޭއްގާނީ ބާރުގެ މަތީވާ ނަފްސުން ދައްކާ ފިތުރަތުހޭ ނޫނީ ކޮންފިޠުރަތެއްހޭ

  18. ބޭބެއަށް ފިޠުރަތަކީ ކޮބައިކަން އެނގޭތަ؟ މިހެން މި އެހީ ފިޠުރަތަކީ ކޮބައިކަން އެނގޭ މީހަކު ' ނިދިނައިމާ ޤުރްއާނާއި ސުންނަތް ދޫކޮށް އެހެން ޙައްލެއް ހޯދަން' އުޅެދާނެ ކަމަށް ހީނުވާތީ 😂😂😂

  19. އެ ބޮޑު ބިޔަ ގަހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑު. މި ރައީސް ނަޝީދު. ސަލާމް.

  20. ނަސީދަކީވަކިވަކިންގުނަވަންތައްހޭލާމީހެއް މިހާރު އެއުޅެނީ ވެއްޔާގުޅޭ ގުނަވަން ހޭލައިގެން ތޯއްޗެއް.

  21. ފިތުރަތުގެ އުސޫލަށް ބަލަބަލާ ތިބެން ޖެހޭތަ؟ މިއީ ކުރިއަރާފައިވާ ދުނިޔެއެއް. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް ފިތުރަތުގެ އުސޫލުތަކާއެއްކޮށް ކުރިއަރައިގެން ދިޔަ ގޮތުގެ ނަމޫނާ ބަލައި ތުބުޅިއަކަށް ކަށިމައްޗަކަށް ބެލުމެއްނެތި ހަލުވި ފިޔަވަޅެއްގައި ކުރިޔަށް ގެންދަން ވެއްޖެ.