ރާއްޖޭގެ ސްކޫލުތަކުގެ ދަޜިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް މިއަދު ފަށަފިއެވެ.

އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އާއި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ހުރިހާ ދަރިވަރުންނަށް ހެނދުނު ނާސްތާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ ކިރު ޕެކެޓާއި ދޮންކެޔޮ ވަކުގެ އިތުރުން ކުކުޅު ބިސް ވަނީ ދީފައިވެއެވެ.

ސްކޫލްތަކުގައި ނާސްތާ ދިނުން ފެށުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ނާސްތާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު އައިޝަތު އަލީ ވިދާޅުވީ، ހެނދުނުގެ ނާސްތާއަކީ ކިޔަވާ ކުދިންނަށް ކިޔެވުމާއިގެން ކުރިއަށް ދިޔުމަށް އިތުރު އެހީއަކަށްވާނެ ކަމަށެވެ. ނާސްތާ ޕްރޮގްރާމަކީ ރާއްޖޭގެ ތާރީހުގައިވެސް މުޅިން އަލަށް ފަށާ ޕްެރޮގްރާމެއްކަމުން ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންމެ ކަމެއްވެސް އަލަށް ފެށޭއިރު ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ދިމާވާނެ. ނާސްތާ ދިނުން ފެށޭއިރު ކޮންމެވެސް ކަހަލަ ދަތިތަކެއް ފުރަތަމަ ކޮޅު މެދުވެރި ވެދާނެ. މިކަމުގައި ޖެހޭ ރޫތައް ފިލުވާ އޮމާންކުރެވޭނީ ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ތަޖުރިބާ ލިބިގެން" ތައުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ނާސްތާ ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭނުން ކުރާތާ 100 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށެވެ. އަދި ނާސްތާ ނަގަމުންދާ ވަގުތު ކެއުމުގެ އާދަތަކަށާއި ސާފުތާޙިރުކަމަށް ހުރިހާ ކުދިންވެސް ސަމާލުވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ހެނދުނުގެ ނާސްތާ ޕްެރޮގްރާމް އަމީނިއްޔާ ސްކޫލުގެ އިތުރުން މާލޭ ސަހަރައްދުގެ ފަސް ސްކޫލެއްގައި ފަށާފައިވާއިރު އަތޮޅުތެރޭގެ ސްކޫލުކާއި އެކު ޖުމްލަ 25 ސްކޫލެއްގައި ވަނީ މި ޕްެރޮގްރާމް ފަށައިފައެވެ.

ސްކޫލު ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. މާރިޔާ އަޙްމަދު

  ތިޔޮތީ ދެން ވެރިކަމެއް ލިބިފައި ( ޔަހުޔާ ވެސް ކާޅު ހިފިއެންނު) އެގޮތަށް ވެރިކަން ލިބުނު ބައެއް

  • އަހަރެން

   މަބުނީ ކުޑަކޮށް ޖޭ ވޭ ދޯ...??

 2. އެދުރުބެ

  ބައެއްކުދިން ބުނިކަމަށްވޭ ކިރުތަށި ކަމަކުނުދެއޭ

 3. މާރިޔާ އަޙްމަދު

  ވައުދުވީ ފުރަތަމަ 100 ދުވަހުގެތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްގައި ތިޔަ ޕްރޮގްރާމް ހިންގާވާހަކަ މިހާރު 100 ދުވަހުގެތެރޭ 25 ސްކޫލްގައި މިވީ ކިހެނެއް! ވަޢުދު ދުމަށް އެރީބާ

 4. އެދުރުބެ

  ހިތްތަލަ މާގެ ކަތްދައްތަ ބުނިހެން ކިރުތަށި ތިދިނީ ވައުދުވި ގޮތަކަށްނޫން

 5. އަގުމަގު

  ކިރު ޕެކެޓެއް 7ރުފިޔާ ކެއްކި ބިހެއް 4 ރުފިޔާ ދޮންކެޔޮވަކެއް 4 ރުފިޔާ ސޭންޑްވިޗެއް 15 ރުފިޔާ ވީމާ ބޮލަކަށް މަދުވެގެން 30 ރުފިޔާ. 500ކުދިން ކާން އަޔަސް މަހަކަށް ދުވާލަކަށް 15000 ރުފިޔާ. ދެން ބަޖެޓޭ ލާރިނެތޭ ލޯނޭ ނުުކިޔާތި. ބަލާބަލަ އަހަރަކަށް އިސްރާފްކުރެވޭނެ މިންވަރު

  • ވިޔަފާރި ވެރިޔާ

   ތަންތަނުން ގަމާރުން ދެކުނިން އެކަމަކު މިވަރެއް ނޫން.. ސަރުކާރަށް ތީގެން ކިރު ޕެކެޓެއް ޖެހިފަ ނުހުންނާނެ 2 ރުފިޔާ އަށް ވުރެން އެންމެ ތަންކޮޅެއް އަގު ބޮޑުކޮށްވެސް.. ދެން ބާކީ ހުރި އެއްޗެހީގެ ހިސާބު ކަލޭ އަމިއްލަޔަށް ޖަހާ..

  • މޮޔަ

   ތިހުރީ އަދުރޭ ކައިރިން ކިޔަވާފަ

 6. ކުޑަހުވަދޫ

  ޚަރަދު ތަކެއް ކުރެވިދާނެއެވެ. ނަމަވެސް އެއީ އެންމެ ބޭނުންތެރި ޚަރަދުތަކަށް ނުވާނަމަ އެއީ ކުރުމަށް ވުރެ ނުކުރުން ރަނގަޅު ޚަރަދުތަކެވެ. 73000 ދަރިވަރުންނަށް ކޮންމެ ދުވަހަކު ދެވަށްދޮންކޭލާއި ކިރުތައްޓެއް ދިނުމަށް ދަރިވަރަކަށް 5ރ ގެ މަގުން ބެލިނަމަވެސް ދުވާލަކަށް 365000ރ ޖެހޭނެއެވެ. އެއީ ހަފްތާއަކު 5 ދުވަހުގެ މަގުން ބަލާނަމަ ހަފްތާއަކަށް 1825000ރ އެވެ. އަހަރު ދުވަހަށް ބަލާނަމަ ކިޔަވާދޭ 28 ހަފްތާއަށް، އަހަރަކު 51100000ރ ޚަރަދު ވާނެއެވެ. މިވަރު ޚަރަދެއްކުރަން ކޮންމެހެން ބޭނުން ހެއްޔެވެ. މި ކަމަށް ވުރެ މުޙިއްމު އެހެން ޚަރަދުތަށް ސްކޫލްތަކުގައި ނެތީ ހެއްޔެވެ. ނޫނީ ޒަރޫރީ އެހެން ކަން ކަން ފުދި ނިމުނީކަމަށް ރައީސް ދެކެލައްވަނި ތޯއެވެ؟

  • ހޭލާ

   73000 ދަރިވަރުންގެ ތެރޭގައި މެންދުރު ދަންފަޅީގަ ސްކޫލަށް ދާ ދަރިވަރުން ވެސް ހިމެނޭ

  • އެޑަމް

   މުސްކުޅިންނަށާއި، އެކަނިވެރި މައިންނަށްދޭ އެލަވަންސްވެސް އެއީ ތިކަހަލަ އެއްޗެއް، އެކަމް ކޮންމެ ކަމަކީވެސް ދެކޮޅަށް ވާހަކަ ދެއްކޭނެ ކަންކަން އެކމް އެކަމަކުން -/73000 ކިޔަވާ ކުދިންނަށް ފައިދާ ވާނަމަ ތިކަން ކުރުން ހަމަ ރަނގަޅު.

 7. ކިރު ޕެކެޓު

  އަސްލު ސުކޫލް ތަކަށް އަންގަނީ ކުދިންނަށް ޕެކެޓު ކަހަލަ އެއްޗެހި ނުދޭން އެކަމަކު މިފެންނަނީ ކުދިންނަށް ޕެކެޓު ދޭތަން.. އިންޓަވަލް ގެންދާއިރުވެސް ފުރެސް ޖޫހެއް ގެންދަން

  • ޢަމާނާ

   ރަނގަޅު ވާހަކަ އެއް

 8. ޙަސަނު

  މުސްލިމް ކަނބަލުން އައުރަ ނިވާ ކޮށްގެން އުޅުއްވާތާ 1400 އަހަރު ވެއްޖެ - ހަމަ ބުނެލީ -

 9. ރައްޔާނު

  ވަޢުދުވީގޮތާ ޚިލާފަށް ނަމަކަށް ދެއްކުމަށް ފެށި ކަމެއް ދާދިއަވަހަށް ބޮނޑުނަގުލަށްވެ ނިގެންދާނެ! ބަލަން ތިބެބަލަ!

 10. މޫސާ

  ތިޔަދިނީ ޞިއްޙަތަށް ފައިދާ ހުރި ކާނާ އެއް ނޫން! ކިރު ޕެކެޓުން ޞިއްޙަތަށް ވާނީ ގެއްލުން. އެއީ ޞިއްޙަތަށް ގެއްލުންވާ ކެމިކަލް އޭގައި އެކުލެވޭތީ!

 11. އަބްދު

  ކޮންމެ ދަރިވަރެއްވެސް ގޭން ހެނދުނުގެ ނާސްތާ ނަގައިގެން އައުން މާ މުހިންމު ކަމަށް ދެކެން.

 12. އަހުމަދު

  މާމިގިލީގައި ނުފަށާ

 13. އާތު

  މުޅީ ރާއްޖެގައި ހުރީ 25ސްކޫލްތާ

 14. ޝާމް

  ވަރަށް ބޮޑު އިސްރާފެއް.. ތިއަށް ވުރެ ފުދުން ތެރިކަން ނެތް އާއިލާ ތަކަށް އިނާޔަތެއް ދިނުންވެސް މާރަނގަޅު

 15. ބަކުރު

  ކުދިން އިރާދަފުޅުން އަދި ނުކާ ނުބޮއި އުޅޭކަށް ނުޖެހެ. އެކަމ މިހާރު ކުދިން ކާނުދީ ބައިތިއްބަވައިގެން ތިޔަކުރައވަނީ ވަރަށް ބޮޑު ގޯހެއް . އަދި ކަންބޮޑުވާކަމެއް.

 16. މޫސަ

  ނާސްތާ ދޭއިރު، ކުދިންކުރެ އަހާލައްޗެ، ކޮންކުދިންނެއްތޯ ގޭގައި ކާނެ އެއްޗެއް ނެތިގެން ނުކައި އައީ

 17. މޮޔަވަނީ

  ތިޔަ ޚަރަދު އެޑިޔުކޭޝަނުން ކުރިޔަސް އިންފްރާ ސްޓްރަކްޗަރ އާ ފެސިލިޓީސްތަކަށް ކުރާނަމަ ނުވަތަ ހިޔުމަންރިސޯސްއަށް ކުރާނަމަވެސް އެއީ ތަރައްގީ. ދެން ދަރިވަރުން ކިޔަވަން އަންނަނީ އެކަށީގެންވާ ނާސްތާއެއް ކައިގެންތޯ އެއީ ކިރައް ޕަސެންޓްތޯ ދިރާސާހަދާ އޮބްޒާވް ކުރެވިދާނެ.

 18. މާމިގިލީ މީހާ

  މާމިގިލީ ސުކޫލުގެ ކުދިންނަކަށް ނާސްތާއެއް ނުދޭ..އެކަމު ލިސްޓުގައި މާމިގިލީ ސުކޫލު ހިމަނާފަ އިން.. ކޮންކަހަލަ ވައުދެއް ވާ މީހެއްތޯ ސޯލިހު އެއީ. ނުފުއްދޭ ވަރަށް ވައުދު ވެޔެއްނޮއް.. އެޑިޔުކޭސަނުން ނާސްތާ ނުދެވެންޏާ ދެން ކީކުރަންތޯ މާމިގިލީ ސުކޫލު ހިމެނީ.

 19. ރަންނަމާރި

  ކިތަށް ދުވަހުގެ ކަމެއްބާ؟

 20. ކާރިމް

  ނައިފަރު މަދަރުސަތުލް އިފްތިތާހު ކުދިން މިއަދުވެސް ތިބީ ބަނޑަށް ކުޅެއް ޖަހައިގެން

 21. ޙުސެން

  ހިތްގައިމު މަންޒަރެއް. ގައުމްގެ ބަޖެޓް ރައީސް އަދި އަނބިމީހާ ކަމުން ދުވިތަން ދުށީމެވެ. މަމެންކަހަލަ ނިކަމެއްޗަކަށް މިއަދު މިވަރު ލިބުނީތީ ﷲއަށް ޙަމްދު ކުރަމެވެ. ާތިހިފުނީ ރައްޔިތު މީހާ އަތުގައެވެ.

 22. ެއެންމެ ވިސްނޭ

  ކިހިނެއްތަ އެއްފަހަރުން އަރާ ބޮންތީގަ ހިފަނީ ކަމެއް ކޮއްދިނަސް ނޯންނާނެ ރަނގަޅެއް

  ދެންވެސް ލިބޭ މިންވަރަަށް ޝުކުރު ކުރަން ދަސްކޮށްބަލަ

  • ތަކުރު

   ކަލޭހީކުރީ އަހަރުމެންގެ ދަރިން މީގެކުރިން ސްކޫލަށްދަނީ ނުކައިނުބޮއި ކަމަށްދޯ؟ މިހާރު ތިދޭ އެއްޗެއްވެސް އަހަރުމެންގެ ދަރިޔަކަށް ނުދޭނަން ދިނަސް ދައުވާ ކުރާނަން.