ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ ބޮޑު ސްކޫލް ހުޅުވައިފިއެވެ. ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ ބޮޑު ސްކޫލަކީ މިއަދު ކިޔަވައިދޭން ފަށާ ހުޅުމާލޭ "ހުރަވީ ސްކޫލް" އެވެ.

ހުރަވީ ސްކޫލް ހުޅުއްވައި ދެއްވީ މިހާރު އެސްކޫލްގައި ކުރިއަށްދާ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ސަރުކާރުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހުޅުމާލޭ އުތުރުކޮޅުގައި އެޗްޑީސީން އިމާރާތް ކޮށް މިހާރު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ސްކޫލް އިމާރާތްކޮށްފައި ވަނީ ތަފާތު ޑިޒައިނަކަށް ރާއްޖޭގައި ހުރި ވަސީލަތުގެ ގޮތުން ވެސް އެންމެ ފުރިހަމަ ސްކޫލްގެ ގޮތުގައެވެ.

ހުރަވީ ސްކޫލްގައި ހަތް ބުރީގެ ތިން ބްލޮކް ހުންނާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްގެ ހުރިހާ ބުރިއަކަށް ވެސް ފަސޭހަކަމާ އެކު އެރޭނެ ގޮތަށް އިމާރާތުގެ މެދުގައި ރޭމްޕެއް ވަނީ ހަދައިފަ އެވެ. ދަރިވަރުން ބޭނުން ކުރުމަށް ދެ ލިފްޓް ވެސް ސްކޫލްގައި ހުންނާނެއެވެ.

ސްކޫލްގައި އެއް ފަހަރާ 1450 ކުދިންނަށް ކިޔަވައިދެވޭނެ ޖާގަ އޮންނާނެއެވެ. ސްކޫލްގައި 54 ކްލާސް ރޫމް ހުންނާނެއެވެ. އޭގެ ތެރެއިން ދެ ކްލާސް ރޫމް ހުސްކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ. އެކި މަސައްކަތްތައް ދަސްކޮށްދޭން ވެސް ހާއްސަ ދެ ކްލާސް ރޫމެއް ވެސް ސްކޫލްގައި ހުންނާނެއެވެ.

ދެ ލެބޯރަޓަރީގެ ތެރެއިން އެއް ލެބޯޓްރީ ތިރީސް ކުދިންނަށް އެއް ފަހަރާ ބޭނުން ކުރެވެ އެވެ.

އެއް ބްލޮކްގެ އެއް ބުރި ހުސްކޮށްފައި ވަނީ ލައިބްރަރީއަށެވެ. ދަރިވަރުންނަށް ހާއްސަ ލައިބްރަރީ އަކާއި ޓީޗަރުންނަށް ހާއްސަ ލައިބްރަރީއެއް ސްކޫލްގައި ހުންނާނެއެވެ.

މިއަދު ހުރަވީ ސްކޫލުގެ ކިޔެވުން ފަށާއިރު 780 ދަރިވަރުން މިއަހަރު އެސްކޫލްގައި ތައުލީމް ހާސިލް ކުރާނެއެވެ. އެއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވަޔަކާ ހަމައަށެވެ. އަންނަ އަހަރު ގްރޭޑް 10 ފަށާނެ އެވެ. އަދި ގްރޭޑް 11 އާއި 12 ވެސް އުފައްދައި، އޭ ލެވެލްއާ ހަމައަށް ކިޔަވައިދޭ ތަނަކަށް އެ ސްކޫލް ހަދަން ވަނީ ނިންމައިފަ އެވެ.

ހުރަވީ ސްކޫލްގައި ދިވެހި 60 ޓީޗަރުންނާ އެކު ސްކޫލްގެ މުވައްޒަފުންގެ އަދަދު 80 އަށް އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޙަސަނު

    ރައީސް ޔާމީންގެ ތަރައްޤީގެ ބޮޅެއް.ސާބަސް ޔާމީން.

    • ޙައްގުބަސް

      ޙަގީގަތަކީ ރައިސް ޔާމީންގެ ވަރުގެ ލީޑަރެއް މިރާއްޖޭގެ ވެރިކަމަކަށް ނާދޭ!! މައުމޫނަށް 30 އަހަރު ވެރިކަން ކުރަން ލިބުނުގޮތަށް ޔާމީނަށް 10 އަހަރު ދުވަސް ވެރިކަން ކުރަން ލިބުނު ނަމަ މިރާއްޖެ ތަރައްގީގެ ގޮތުގައި އޮންނާނީ ވަރަށް ކުރީގައި!! ރައިސް ޔާމީން މިވަނީ 5 ސް އަހަރު ދުވަސްތެރޭވެސް ވަރަށްބޮޑެތި ތަރައްގީގެ މަޝްރޫޢުތައް ހިންގާ ބޮޑެތި ބަދަލު ރާއްޖެއަށް ގެނަސް ދެއްވާފަ!! މިސްކޫލަކީވެސް އޭގެ ވަރަށްބޮޑު ހެއްކެއް!! މިކަހަލަ އެތައްކަމެއް!! މިއަހަރާ ކުރިއަށް މިއޮތް އަހަރުގައިވެސް ނިމޭނެ ބޮޑެތި މަސައްކަތްތައް!! އެއީ ހުޅުމާލެ ފޭސް 2 ގައި ބިނާކޮށް ނިމެމުންއެދާ 25 ބުރީގެ 16 ހައުސިންގް އިމާރާތްތަކާއި ހުޅުލެ އެއަރޕޯޓްގައި ނިމެމުން އެދާ ބޮޑެތި އެތައް މަޝްރޫޢުއަކާ އަދި މަސައްކަތް ކުރާ އެދާ މުޅިން އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތާ ހުޅުމާލޭގައި ނިމެމުން އެދާ މުޅިން އާ 58 މެގަ ވޯޓްގެ އިންޖީނުގެއާއި އަދި ހަމަ ހުޅުމާލޭގައި އަޅަމުންދާ ފެން ޕްލާންޓުގެ މަސައްކަތް!! މިއީ ރައިސް ޔާމީންގެ ތަރައްގީ!!ރިބަން ކަނޑާ ބަޔަކު ކަނޑާ ހުޅުވަމުން ހަމަ ދާންވީ!! ވަރަށްބޮޑަށް ޝުކުރިއްޔާ ރައިސް ޔާމީން!!

      • މަޅީ

        ރައީސް ޔާމީން އަށް ފަށްފަށުން ޝުކުރިއްޔާ

  2. ސިޒާ

    ރައީސް ޔާމީން އަށް ފަށްފަށުން ޝުކުރިއްޔާ

  3. ޖަޒީރާ ފަލި

    އަޅެ މީފަހެ ރިބަން ކަނޑާލަން އައި ރައީސްއެއްތަ؟

    • އަބްދުއްލާ

      ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުވައިފި
      1 ގަޑިއިރު ކުރިން ( ޖެނުއަރީ 13, 2019 )

      ތިއޮތީ ކޮވެލި ބިސްއަޅާފައެއްނު. ކޮންކްރީޓަކީ ތަރައްގީއެއްނޫނޯ؟

  4. ފަނާދު

    ރަޢީސް ޔާމީންގެ އަގުބޮޑު ހަދިޔާއެއް. ތޭންކްސް ރައީސްޔާމީން. ތީ ތަރައްޤީގެ ބާނީ

  5. ދޮންބެ

    ދެން ހުރޭ ރިނަން ކަޑަން ،7 އަހަރު މަޖިލީހުގަ ބަޖެޓައް ވޯޓު ނުދީ ނުވިތާ ކައް ޖެއްސުން ކޮއްފަ

    • ޙަސަނު

      ޙަޖަމް ޕްލީޒް، ކީއްކުރާނީ ދީ

  6. މަސްވެިރިޔާ

    ހާދަ ހުޝިޔާރު ސަރުކާރެކޭދޯ އެންމެ 58 ދުވަހުގެ ތެރޭ ރާއްޖޭގައި ހުރި އެންމެބޮޑް ސްކުުލް އަޅާ ހުޅުވާލީ. ރިކޯޑެއް.. ރ. ޔާމިން މުޅިން ތެޅުއްވީ ކޮންކްރީޓް ތާ. ހާ ހާ...

  7. އިބޫ

    ޝުކުރިއްޔާ ރައީސް ޔާމީން. ބަލާލި ކޮންމެ ދިމާލަކުން ތައުރީފުޙައްޤު ޚިދުމަތްތައް ފެނިގެން ދެއެވެ.

  8. ާސ

    ނުކުޅެދޭ ކުދިންނަށް ކްލާހެއް ހުއްޓަސް ކިޔަވައިދޭނެ ޓީޗާރެއް ނެތިއްަޔާ ބޭނުނުން ކަމެއްނޫން

  9. ބބ

    ރައީސްޔާމީނަށް ފައްފަށުން ސުކުރާއިމުބާރިކު
    އަދާކުރަން ސެލިއުޓުކުރަން ހިހޫތަނުންރެބަން
    ަރުދާއެއްކަންސަވާލަންލިބިވަޑައިގެންނެވިތޯ

    • އަބްދުއްލާ

      ރެބަން ކަންކަޑާ ވައުދެއް ވީނަމަދޯ؟

  10. އަހްމަދު

    ރައީސްޔާމީންގެ ތަރައްގީ ފެންނަނީ ކުރިޔައްއޮތް ފަސްއަހަރު ރިބަން ކަޑާލަ ކަނޑާލަ ހުރޭ ތެންސް ރައީސް ޔާމީން ވޯޓް ރައީސް ޔާމިން

  11. ރަސީދު

    ސުކުރިއްޔާ ރ ޔާމީން

  12. ޔާމީން

    ރަޢީސް ޔާމީންގެ އަގުބޮޑު ހަދިޔާއެއް. ތޭންކްސް ރައީސްޔާމީން. ތީ ތަރައްޤީގެ ބާނީ. ރިބަން ކަނޑާލާފަ އަމިއްލަކޮށްލީ ދޯ..އިބޫ

  13. Anonymous

    މީ ކޮންތާކު ހުންނަ ސުކޫލެއްކަމެއް ނޭނގުނު

  14. ސަލާމް

    މިތަންތަނުގެ ރިބަންފަށްކަނޑަން މިކަލޭގެ ލަދުނުގަނޭތަ؟ ރާއްޖޭގެ ތަރައްޤީއަށް ހިންގި އެއްވެސް ޕްރޮގްރާމަކަށް ބަޖެޓަށް ވޯޓުވެސްނުދީ ތިހުރީ!

    • އަބްދުއްލާ

      ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުވައިފި
      1 ގަޑިއިރު ކުރިން ( ޖެނުއަރީ 13, 2019 )

      މީ ކޮންކްރީޓް ކޮށްގެން ހަދާފައިވާ ސްކޫލެއްތަ؟ ނޫނީ ދަނޑިފަނުން ޖަޒީރާ

      ޖިފުޑިއެއްތަ؟

  15. ޏަލަ

    ޜައީސް ޔާމީން އަށް ޝުކުރިއްޔާ، އަދި ސޯލިހު އަނގަހުޅުވާފަ ޖަރީރާ ސްކޫލެކޭ ބުނަން ލަދެއްނުގަނޭތަ

  16. އަބްދުއްލާ

    މިސްކޫލައް ކިޔަން ފެންނަނީ ކޮވެލިބިސް ސްކޫލް.

  17. ދާއިމް

    ފަސްއަހަރުވަންދެން ތިއްބަސް ރިބަންކަނޑާނޭވަރަށް ، ރައީސް ޔާމީން ތަންތަން އެވަނީ ހަދަންފަށާފަ! ލަދެއްވެސް ނުގަނޭތަ މިކަލޭގެ!

  18. މުހައްމަދު މޫސާ

    ސާބަސް ހައްގުވަނީ ރައީސް ޔާމީނަށް ސާބަހޭ ރައީސް ޔާމީން

  19. ހުސޭނުބޭ

    100 ދުވަހުގެ ވަޢުދުގައި އޮތީބާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުވަން! ދަގަ އިނގޭ! ކޮވެލި ބިސް ސަރުކާރު!

  20. ޙާލަތު

    ސުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް ޔާމީން.?

  21. ބޮލެއް...

    ބަލަ ރައީސް ޔާމީނަށް ޝުކުރު ތި ކިޔަނީ އެ އަޅާފަ އޮއް ބުރިޖަކީ ޔާމީނު އައިސް އަޅަން ނިންމާފަ އޮއް ތަނެއްތަ...އޭނަ އައި އިރު އޮތީ ތިޔަ ބރިޖެއް އަޅަން ހުރިހާ ކަމެއް ނިމިފަ...ދެން ހަމަ ބުރިޖުއެޅީ ޔާމީނު ދާ އޮހޮރުވަިން ދޯ..މަށަށް ފެނުނޭ ޔާމީނު ބަސްތާތައް އުފުލަން އުޅެނިކޮށް

  22. ޙައްވަ

    ސުކުރިއްޔާ ތަރައްގީގެ ބާނީ ރައީސް ޔާމީން