މިއަދު ހުޅުމާލޭގައި ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ކަމަށްވާ ހުރަވީ ސްކޫލަކީ ޖަޒީރާ ސްކޫލެއް ހިންގުމަށް ފައްކާކުރެވިފައިވާ އިމާރާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުރަވީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހުރަވީ ސްކޫލަކީ، ރާއްޖޭގެ އެހެން ސްކޫލްތަކާ ވަރަށް ގިނަ ގޮތްގޮތުން ތަފާތު ސްކޫލެއް ކަމަށާއި މި ސްކޫލް ފަރުމާކޮށްފައިވަނީ، ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ވަރަށް އެކަށޭނަ ގޮތަކަށް ކަމަށެވެ.

"ހުރަވީ ސްކޫލަކީ، ރާއްޖޭގެ އެހެން ސްކޫލްތަކާ ވަރަށް ގިނަ ގޮތްގޮތުން ތަފާތު ސްކޫލެއް. މި ސްކޫލް ފަރުމާކޮށްފައިވަނީ، ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ވަރަށް އެކަށޭނަ ގޮތަކަށް. ވަސީލަތްތަކުގެ ގޮތުންނާއި، ޖާގައިގެ ގޮތުން މިއީ، އެއްދަންފަޅިއަށް ކިޔަވައިދެވޭ ގޮތަށް، ޖަޒީރާ ސްކޫލެއް ހިންގުމަށް ފައްކާކުރެވިފައިވާ އިމާރާތެއް." ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުރަވީ ސްކޫލް ތަރައްގީ ކުރުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ޔާމީންގެ ސަރުކާރުން ވަނީ އެޗްޑީސީ މެދުވެރިކޮށް ހުރަވީ ސްކޫލް އިމާރާތް އަޅަން 132 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ ހުރަވީ ސްކޫލް، އެ ރަސްކަލަކަށް ނިސްބަތްވާ، ދޮން ބަންޑާރައިން ފަދައިން، ދިވެހި ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރާނޭ، ޒުވާން ޖީލެއް އުފައްދައިދޭނެ މުއައްސަސާއަކަށް، މި ސްކޫލް ވާނެކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ.

"ސަރުކާރުގެ މައިގަނޑު އަމާޒަކީވެސް، ރަނގަޅު ތަޢުލީމާއި ތަމްރީން ދީގެން، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން. އެކަން ހާސިލު ކުރެވޭނީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް، ޞައްޙަ އިސްލާމީ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ، ޚުލްޤު ހެޔޮ ދަރިވަރަކަށް ހެދިގެން. ކާމިޔާބުކަމާއެކުގައި،ދިރިއުޅުމަށް ބޭނުންވާ، ފުރިހަމަ ޞިއްޙަތާއި، ހުނަރާއި ޢިލްމު ލިބިފައި ހުރި ކުއްޖަކަށް ހެދިގެން." ރައީސް ވިދާޅުވިއެވެ.

ހުރަވީ ސްކޫލްގައި އެއްފަހަރާ 1450 ކުދިންނަށް ކިޔެވޭނެއެވެ. ނަމަވެސް މިއަހަރު އެސްކޫލްގެ ކިޔެވުން ފެށީ 780 ދަރިވަރުންނާއި އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. Anonymous

    ޝުކުރިއްޔާ ރައީސް ޔާމީން

    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް!! ވަރަށް ފުރިހަމަވާނެ ތި ސްކޫލު!! މިތަނަކަށް ޖަޒީރާ މިވަނީ ކިހިނެތް؟ ޙަގީގަތަކީ ރައިސް ޔާމީންގެ ވަރުގެ ލީޑަރެއް މިރާއްޖޭގެ ވެރިކަމަކަށް ނާދޭ!! މައުމޫނަށް 30 އަހަރު ވެރިކަން ކުރަން ލިބުނުގޮތަށް ޔާމީނަށް 10 އަހަރު ދުވަސް ވެރިކަން ކުރަން ލިބުނު ނަމަ މިރާއްޖެ ތަރައްގީގެ ގޮތުގައި އޮންނާނީ ވަރަށް ކުރީގައި!! ރައިސް ޔާމީން މިވަނީ 5 ސް އަހަރު ދުވަސްތެރޭވެސް ވަރަށްބޮޑެތި ތަރައްގީގެ މަޝްރޫޢުތައް ހިންގާ ބޮޑެތި ބަދަލު ރާއްޖެއަށް ގެނަސް ދެއްވާފަ!! މިސްކޫލަކީވެސް އޭގެ ވަރަށްބޮޑު ހެއްކެއް!! މިކަހަލަ އެތައްކަމެއް!! މިއަހަރާ ކުރިއަށް މިއޮތް އަހަރުގައިވެސް ނިމޭނެ ބޮޑެތި މަސައްކަތްތައް!! އެއީ ހުޅުމާލެ ފޭސް 2 ގައި ބިނާކޮށް ނިމެމުންއެދާ 25 ބުރީގެ 16 ހައުސިންގް އިމާރާތްތަކާއި ހުޅުލެ އެއަރޕޯޓްގައި ނިމެމުން އެދާ ބޮޑެތި އެތައް މަޝްރޫޢުއަކާ އަދި މަސައްކަތްކުރަމުން އެދާ މުޅިން އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތާ ހުޅުމާލޭގައި ނިމެމުން އެދާ މުޅިން އާ 58 މެގަ ވޯޓްގެ އިންޖީނުގެއާއި އަދި ހަމަ ހުޅުމާލޭގައި އަޅަމުންދާ ފެން ޕްލާންޓުގެ މަސައްކަތާ އަދި ހަމަ 25 ބުރީގެ ހޮސްޕިޓަލް އިމާރާތް!! މިއީ ރައިސް ޔާމީންގެ ތަރައްގީ!!ރިބަން ކަނޑާ ބަޔަކު ކަނޑާ ހުޅުވަމުން ހަމަ ދާންވީ!! ވަރަށްބޮޑަށް ޝުކުރިއްޔާ ރައިސް ޔާމީން!! ޙައްގު ޝުކުރު އަދާކުރަންޖެހޭނެ!!

      • Anonymous

        ޖަޒީރާއަކީ، ވަކިވަކި ރަށްރަށް ހުރުމަށް ކިޔާއެއްޗެއް ނޫންތަ؟ 1970 ގެ ކުރިން ޖަޒީރާ ތަކުގައި އިމާރާތްކޮށް އުޅުނީ ދަނޑި ފަނުން. ވެރިމީހާ މިކިޔާ ލަވައެއް އެއްގޮތަަކަށްވެސް ފަހުމެއް ނުވޭ.

        • ހހހ

          ވެރިިމީހާ ކޮސް ގޮވަނީ

  2. އަމްނާ

    ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ ޖަޒީރާއެއްނުވާނެ! އެޔަށްވުރެ ކޮލެޓީވެފައި ބޭނުންތެރިވާނެ! އަތްބާނާފަ ރިބަންކަނޑާލާފަ **ވެސް ބުނެވިދާނެ!

    • ޖަޔާވަރުދެނާ

      ކަލޯ ތި ތަރައްގީ ވޯޓުލާކަށް ނުދިޔައެންނު ވަރައް ސަލާމް

      • މިދާ

        މީދާކޭ އުނބު

  3. ރަސީދު

    ސުކުރިއްޔާ ރ ޔާމިނު

  4. އަބޯ

    ޔާމީންގެ ތަރައްގީއަށް ބައްލަވާލައްވާ އިދިކޮޅަށް ހަޅޭއްލެވި މީހުންގެ ދޫތަކުން ތައުރީފް ގެ ބަސް އެ ލިބެނީ ކޮންފަރާތަކަށްކަމާމެދު ވިސްނަވާ.

  5. ބަކުރުބެ

    ހެހެހެ ޖަޒީރާ ސޮކޫލެކޯ

  6. ޒާ

    ޜައީސް ޔާމިން އަށް ޝުކުރިއްޔާ މީ އެމަނިކުފާނު ގެ ޒައާމަތުގަ ނިއްމުމެއް

  7. އބދ

    ޢިންސާﷲ މިފެންނަނީ އިހުލާތެރިއަކުވެރިކަން
    ކުރިކަމުނަތީންޖާ ފަންފަށުން ސުކިރިންޔާ
    ރައީސްޔާމިންނަ

  8. މުހައްމަދު

    ޝުކުރިއްޔާ! ރައީސް ޔާމީން. ތިޔައީ ޒައީމަކީ އަދުމިގައުމު ފަހުރުވެރިވާ . ޢަދިވެސް ފައްފަށުން ޝުކުރިއްޔާ.
    މިރައީސްގެ މަސައްކަތަކީ ފޮނިކެނޑުން...

  9. މމސ

    ޝުކުރު ހައްގުވަނީ ތިކަން ކުރިބަޔަކަށް ތިަކަން ކޯށްދެއްވި ރައީސަކީ ރައީސް ޔާމީން ތީ ހަމަ މިގައުމު ތަރައްޤީ އަށް އިންގިލާބު ގެނެސްދިން ދިވެހިން ހެއްވާލީ ރައީސް ޝުކުރިއްޔާ ރައީސް ޔާމީން އިރާދަ ކުރެއްވިޔާ އަދި 2023 ރައީސް ޔާމީން އަލުން ވެރިކަމަށް އަންނާނެ

  10. ކިނބޫ

    ކަލޭ މާމޭ ސްކޫލެއް އެއީ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ކިނބުލެއް މީ. ހުރަވީ ސްކޫލަކީ ރައީސް ޔާމީން ގެ ދުރުވިސްނުމަށް ހިކްމަތު އަމަލީ ބޭނުންކޮށް ބިނާކުރި ސްކޫލެއް. ކިނބުލަށް ޖެހޭނީ ރައީސް ޔާމީން ގެނެސްދެން ފެށި ތަރައްޤީގެ ބިނާތަކުގެ ރިބަން ކަނޑަން. މި 5 އަހަރު ކުރާނެ އިތުުރުކަމެއް ނެތް.

  11. ބުނެލިިިީީ

    ތިގޮތަށް ރިބަން ކަނޑަން ޔާމީން ބައިވަރު ތަންތަން ހަދާފަ އެބަހުރި، ރިބަން ކަނޑަން ހުރޭ، ތި ސްކޫލަށް އަވަހަށް އިގިރޭސި ނަމެއް ދީ.

  12. ނުރަބޯ

    މިކަލޭގެ އަށާ ކެރަފާ ނަޝީދަށް ޖަޒީރާ އެއީ ކޮން އެއްޗެއްކަން ކޮންމެވެސް މީހަކު އޮޅުންފިލުވައިދީބަލަ.

  13. ކަން ނުވެ ނަން

    ޝުކުރިއްޔާ ރައީސް ޔާމީން

  14. ޖަޒީރަ ކާފަ

    ކަލޭމެންނަށް ޖަޒީރާނޫން އެއްޗެއް ކިޔަން ނޭގެނީތަ ޖަޒީރަަގަ އެންގިނަވަނީ ލިފްޓު ދޮގޭ

  15. މީމަށޭ

    ކޮންފަދަ ޖަޒީރާއެއް. ކީކޭ މިކިޔަނީ

  16. ޙުސަަަަަަަައިނު

    ހުރިހާވެސް ޝުކުރެއް އޮއްނަންވާނީ ރައީސް ޔާމީން އަށް.

  17. އަލަފަތް

    ހަމަ ސީދާ ކޮވެލި އުޅޭހެން ތިއުޅެނީ ޝުކުރިއްޔާ ރައީސް ޔާމިން

  18. ބުރޯ

    ޖަޒީރާވީ ކޮންކުރީޓުން އަޅާފަހުރީމަތަ. ކަލޭމެން ޖަޒީރާގަ މަދަރުސާ ހުންނާނީ އެވެސް ދަނޑިފަނުން

  19. ސައްޕޭ

    ޝުކުރިއްޔާ ޔާމީން

  20. ާަާަަައަސްލު

    ކިހިނެއް ޔާމިން އެޅިސްކޫލެއް މިއަދު ޖަޒީރާމިވީ...ޕީއެސްއެމް އަކައްވެސް އަދި އެހެން ގިނަ ޗެނެލްތަކަކައްވެސް ނުކެރުނެ މީ ޔާމިން ސަރުކާރުގަ އެޅިތަނެކޭ ބުނެލާކަށެއް...

  21. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    ޔާމީނު އިމާރާތްކުރެއްވި ޖަޒީރާ ސްކޫލޭތޯ... މަނިކުފާނު ފާފަވެރި ވެދާނެކަމަށް ހާއިނުން ކަނޑައަޅުއްވަފާނެ އިގޭތޯ

  22. މާޒިން

    ޝުކުރިއްޔާ މި ގައުމު ތަރައްގީ މެކުހައް ޖެއްސެވި ރައީސް ޔާމީން.

  23. އިރުޝާދު

    ޝުކުރިއްޔާ ރައީސްޔާމީން މިޤައުމު ފަޚްރުވެރިވާ ވަރުގެ ރައީސެއް ރައީސް ޔާމީންއަކީ އަޅުގަނޑުގެ މުޅިއުމުރުގައިވެސް ރައީސް ޔާމީން އަށް ސެލިއުޓް ކުރާނަން ޤައުމުބިނާކުރުމުގައި ހުރިހާބޭފުޅުންވެސް ރައީސް ޔާމީންގެ މިސާލު ނެންގެވުމަކީ މިގައުމު ހަލުވިކަމާއި އެކު ކުރިޔަށް ގެންދެވިދާނެ ކަމެއް

  24. ހަސަންބެ

    ހާދަ ކުޅަދާނަދޯ އިބޫ ސޯލިހް
    މިހާ އަވަހަށް 100 ދުވަސް ނުވަނީސް މިރާއްޖޭގަ މިހާތަނަށް އެޅު އެންމެ ބޮޑު ސްކޫލް ކޮންކްރީޓް ބޭނުން ނުކޮށް ދަނޑިފަނުން އަޅައި ޖަޒީރާ ވަންތަކަން ދައްކުވައި ދިންކަން.

  25. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ވަރަށްބޮޑު ތެދެއް. ތީގެ ހުރިހާ ކްރެޑިޓެއް ރައީސް ޔާމީނުއަށް.

  26. ކިއްލި

    ކަމަކާ މަތިވަން ކެރޭނެތަ؟

  27. ނަޢޫމް

    ހުރަވީ ސްކޫލަކީ ޖަޒީރާ ސްކޫލެއް – ރައީސް

    އެއީ މަނިކުފާނު އެޅުއްވި ސްކޫލެއްތޯ؟ އެއީ މި ގައުމުގެ ތަރއްގީގެ ރަމުޒު ކަމުގައިވާ ރޔ ގެ އުފެއްދުމެއް. އެހެންވީމާ ރޔ ހުރޭނުންތޯ ޖަޒީރާ ވައްޓަފާޅިވެސް. އެކަމކު އެމަނކިފާނަކީ އާރބަން ބޭފުޅެއް. އާރބަން ޑިވެލޮޕްމަންޓް އެއީ އެމަނކިފާނު މި ގައުމަށް ދެއްވި ހަދިޔާއަކީ. އަދި ރޔ މި ގައުމުގައި ވެރިކަން ކުރާނެ! އެކަމކު އެއީ މަނިކުފާނާ އެމްޑީޕީ ފޭލްވެ ކުނިވީމަ. މޯދީވެސް ކުނިވީމަ. މީ ވަރަށް ވާހަކަ

  28. އިރޭ

    ޝުކުރިއްޔާ ރައީސް ޔާމީން

  29. އިބްރާހިމް

    ހުރަވީ ފިޔަވައި ދެންހުރީ ހުސް ކޮންޓިނެންޓަލް ސުކޫލެވެ.

  30. އަބޯ

    މި ސުކޫލް ހެދުމައް ބަޖެޓައް ވޯޓެއް ނުދީ ގޮސް ރިބަން ކަޑަން ލަދުކުޑަކަން

  31. Miadhu

    ތިސްކޫލުގައި ކިޔަވާދޭނީ ވޮށިފިލާ އަޅައިގެންތަ

  32. Anonymous

    ކަލެޔަކިީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ ދޯ ކީނބޫ ސާލިހް

  33. ކަލޯބެ

    އަކުރު ނުދަންނަ ރައީސް.!! ޣްރޭޑް 9 ނިންމީ ރައީސް!!! ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ތަރައްޤީ ނުވެ އޮންނާކަށް އަހަރެމން ބޭނުމެއް ނޫން. ޢަހަރެމެން ބޭނުންވަނީ ކަންތައް ކުރެވޭ ރައީސެއް. ތަން ތަނުގެ ނަން ބޯޑް ބަދަލުކުރާ ރައީސެއް ބޭނުމެއް ނޫން.

  34. ކޮކްޕިޓް

    ރައީސް އބ އަކީ ޖަޒީރާ ކިނބލެއް..

  35. އަންނި

    ޖަޒީރާ ޖަޒީރާ ކިޔުނީމަ އެ ނިމުނީތޯ.

  36. އަލީހަމީދު

    ރައީސް އިބޫއަށް ވަރަށްރަގަޅަށް އެގޭ ތިޔަ ސުކޫލަކީ ޔާމީނު އެޅުއްވި ސުކޫލެއްކަން ޖަޒީރާއަށް ނިސްބަތްވާ ފަރާތެއްގެ އެއްވެސް ފަރާތެއްގެ މަސައްކަތެއް ސުކޫލު އިމާރާތް ކުރުމުގައި ނޯންނާނެކަން! ކަންމިހެން އޮތްއިރު ޔާމީނުގެ ސަޕޯޓަރުން ކައްކުވަން މި ސުކޫލަކީ ޖަޒީރާ ސުކޫލެކޭ ގައުމުގެ ރައީސަކު ބުނުމަކީ ހައިރާންވާންޖެހޭކަމެއް! މި ކަމުންވެސް ދޭހަވަނީ އިބޫގެ ތަސައްރަފު ނުފުދޭކަން! އަޅުގަޑުމީ ރައީސް އިބޫނަމަ ސުކޫލު ހުޅުވުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނަށް ޝުކުރު ދަންންވައި ތައުރީފު ކުރލިމުސް! މި ކަމުންރައްޔިތު މީހާއަށް ދަސްކޮށް ދެއްވީ ޖެއްސުންކުރަން!

  37. Miadhu

    ަސރަގަޅު މޮޅު ފުރިހަމަ އަދި ފައްކާ ކިޔަސް ދުލުގަގޮށްޖެހިދާނެތީތަ އެކަން ކުރި މީހާގެ ނުބުނަނީ ކަލޯމެން ކިތަންމެ ހަސަދައެއްވިއަސް ދިވެހިރަޢިއްޔަތުން ޤަބޫލުކުރެޔޭ މިގައުމަށް ތަރައްގީ ގެނަސްދިނީ ރައިސްޔާމީން ރައިސް ޔާމީން

  38. عبدالله

    ރައީސް ޔާމީނުގެ ދުރުވިސްނޭ ދުރުމިން ބަލައި މިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކޮއްޓަވާ ދެއްވާފައިވާ ދުރު ރާސްތާ މަގުތަކުން ރައީސް އިބޫމެން ހިންގަވާއިރު، ހުރިހާ ތަޢުރީފެއް ޙައްޤުވަނީ، ރައީސް ޔާމީނަށެވެ.

  39. އިބްރާ

    ވަށާޖެހޭ ތައްލީމް އެމްމެނަށް ފޯރުކޮށް ދެއްވީ ރައީސް ޔާމީން.. ތީޖަޒީރާ ވަންތަ ސްލޫލެކޭ ބިނީމަ ހައިރާން... ތިޔަސްކޫލް ހުރީ ދަނޑި ފަނުންތަ. ލޮލައް ގޮވީމަ ގޮވިމީހާ ނުބައިވާނީ

  40. Anonymous

    ޖަޒީރާ ކިނބޫ

  41. ދޮންފުތު

    ބަލަގަ؟މިއޮއް ދިގުމަގު ހީނުވޭތަ ޖަޒީރާ މަގެއް ހެން.!!ސޯލިހު މި ދިގު ފާލަން ހުރަސްކޮއް ތި ރަށައް ދިއައިރު ޖަޒީރާ ސިފައެށް ނުފެނުނު ދޯ!!ތިއައީ ހިކުމައްތެރި ވެރިއެށްގެ ެންމް 5 އަހަރުހެ ހިންގުން ތެރިކަން ..ނިކަން މޮޅީޔާ މިވަރުގެ ހިންގުން ތެރިކަމެއް ދަށްކާލަބަލަ..

  42. ޖަޒީރާފުނި

    ފަށްފަށުން ޝުކުރިއްޔާ ރ ޔާމީން. ވަރަށް ފުރިހަމަ ސްކޫލެއް. ބަލައިލި ކޮންމެ ދިމާލަކުން ރ ޔާމީން ގެނެސް ދެއްވި ތަރައްގީ. އެކަމަކު މިހާރު ކުއްލިއަކަށް ... ޖަޒީރާ ތަރައްގީ... ޖަޒީރާ ސުކޫލް ......ލަދުކޮބާ..

  43. ސީނު

    މީނަގެ ލަދު ޙަޔާތް ކޮބައި؟

  44. Anonymous

    މަގޭ ޅިޔަނަކީ، ޖަޒީރާ ފިރިހެނެއް.

  45. ކެޔޮޅު

    ޖަޒީރާގެ މާނަ އޮޅިއްޖެ ކަންކަމާ ތަކެއްޗާ މީހުންވެސް މިހާރު ޖަޒީރާވެޔޯ

  46. ފާފުން

    25 ބުރީގެ ހޮސްޕިޓާ ހުޅުވާދުވަހު ބުނާނެ މީޖަޒީރާ ހޮސްޕިޓަލެކޭ...

  47. ކިނބޫ

    އެހެންތަ؟ އެހެންވީމަ ރައީސް ޔާމީންގެ ތަސައްވުރު ހުރިހާ ކަމަކަށްވެސް ފެތޭ ދޯ؟