ކ.ދިއްފުއްޓާއި މީރު ފެންފުއްޓާއި ދެމެދަށް މޫދަށް އެރި އުޅުނު ދެފަތުރުވެރިން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.

"ދިއްފުއްޓާއި މީރު ފެންފުއްޓާއި ދެމެދަށް މޫދަށް އެރި އުޅުނު ދެ ފަތުރުވެރިޔަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު 10:56 ގައި ފުލުހުންނަށް ލިބިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މަރުވެފައި ވަނީ ފިލިޕީންސްގެ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއް ކަމަށެވެ.

"ދިއްފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭ. މިމައްސަލަ ފުލުހުން މިހާރު ދަނީ ތަޙްޤީޤު ކުރަމުން." ފުލުހުން ވިދާޅުވިއެވެ.

ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ ފަތުރުވެރިން މަރުވުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިފަދަ ހާދިސާތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކުން މާބޮޑު މަސައްކަތެއް ކުރާކަމެއް އެނގިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

  ކޮބާތަ ކަރާ މިނިސްޓަރު

 2. އިސްދޫ މީހާހާ

  މިހާރު މި އިވެނީ ކޮންމެ ދުވަހަކު ގޮތަ ނޭނގޭ ދެތިން މަރު ވާ ވާހަކަ. މިކަން ބަލއިދިނުމަށް ކަމާބެހޭ އިދާރާތަކަށް ދަންނަވަން

 3. ނޫރާ

  ކުބާތަ ރޯނުއެދުރު ސުއޫދު. މިމަރުތައްވެސް ތަހުގީގު ކޮށްބަލަ ކަލޯ!

 4. މޫސަ

  ޓްއަރިސްޓުންގެ ގޮތުގައި ބަޔަކު ގެނެވުނީމާ ނިމުނީ. ރާއްޖޭގެ އުސޫލަކީ ޓްއަރިސްޓެއް ވިއްޔާ ދެން އުޅޭނެ ގޮތަކަށް އުޅެންވީ. އުޅޭނެ ހަމައެއް ލަމައެއް ނޯވޭ. ގެސްޓް ހައުސްތަކުން ގެންނަ ފަތުރުވެރިންވެސް ރަށުގެ ތެރެއަށް ހުސްޖަންގިޔަލާ ހުރެ އަރައިގެންދޭ. އެކަމު ބޭރު މީހާގާތުގެ ތިހެން ނޫޅެވޭނޭ ބުނާއިރަށް އެމީހުން އެކަން ޤަބޫލުކޮށްގެން ނިވާވޭ. ހަމަ މި ދިވެހިންގެ ގޮތްކުޑަކަން ބޮޑީ

 5. ހިހި

  ނިމިދިޔަސަރުކާރުގެ އިހުމާލް

 6. ޢަލީ

  މިސަރުކަރު އައިފަހުން މީ ގޮތަށް މަރުވިކތައްވަނަ މީހާތަ؟ 100 ދުވަސް ހަމަނުވޭ ވިއްސަކަށްމީހުން މަރުވެއްޖެހެން ހީވަނީ، މިވަރުން ދަންޏާ ދައުރު ނިމޭއިރު ކިތައްމީހުން މަރުވާނެބާ

 7. ނިކަމެތި އަޅާ

  ރަށްރަށަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން މޫދަށް ގޮސް ފަތާ އުޅޭ ސަރަހައްދު ލަކުގާ ލައިފް ގާޑުން ގެ ވަޒީފާ ތަކުގާ ރަނގަލަށް ފަތަން ދަންނަ މީހުންނާ އެކު ބޮޔާ އެފާޑުގެ ވަިޖަހާ ހަންފަދަ ތަކެއްޗާ އެކު ހުރުމަކީ ވަރަށް މުހިންމު ކަމެއް.

 8. ޓެކުސީ

  މީހުން މަރާ ސަރުކާރު އަދިވެސް މަރުވެފަ ތިބޭ މީހުން ނާއި ގެއްލޭމީހުން ހޯދަން ކޮމިސަނެއްހަދާބަލަ .

 9. ލޮލް

  ތިވާނީ ރައިށް ޔާމީން ރިސޯޓު ހަދަން ހުއްދަދީފަ ހުރި ގޮތަކުން ވީ ކަމެއް ކަމަށް. ކަރާ އަލީ ވަހީދު ކޮބާތަ. އިސްތިއުފާދޭންވީނު ދެން