ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި މާލޭގެ ހަތަރުވަނަ ޕްރައިމަރީ ސްކޫލްގެ ގޮތުގައި ކަލާފާނު ސްކޫލަށް މިއަދު 30 އަހަރު ފުރި، އާ ލޯގޯވެސް ތައާރަފް ކޮށްފިއެވެ.

މިއަދު ކަލާފާނު ސްކޫލިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ލޯގޯ ތާއާރަފު ކޮއްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީއެވެ.

ކަލާފާނަށް 30 އަހަރު ފުރޭ މުނާސަބުގައި ތާއާރަފު ކުރި ސްކޫލުގެ އާ ލޯގޯ ފަރުމާކޮށްދީފައި ވަނީ އެ ސްކޫލުގެ ގްރޭޑް ފަހެއްގެ ދަރިވަރު އައިޝަތު ޝައިމާން އެވެ.

ކަލާފާނު ސްކޫލުގެ އާ ލޯގޯ އިފްތިިތާހް ކުރުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ކަލާފާނު އިސްކޫލުން މައުލޫމާތު ދިން ގޮތުގައި އެ ސްކޫލަށް 30 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ހާއްސާ ލޯގޯ އެއް ތައާރަފު ކުރުމާއި 30 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ސްކޫލުގެ ހާއްސަ ލަވައެއް ތައާރަފު ކުރުމާއި ހާއްސަ ޓީޝާޓެއް ވެސް ހެދުން ހިމެނޭ ކަމަށެވެ. އަދި މުޅި އަހަރަށް ބަހާލައިގެން ފަން އެކްޓިވިޓީސްގެ އިތުރުން ސްކޫލުގެ މުދަރިސުނާއި ބެލެނެވެރިނަށް އަމާޒުކޮށްގެން ހާއްސަ އުމުރާ ޓްރިޕެއްވެސް ވަނީ ރޭވިފައި ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

ކަލާފާނު ސްކޫލް ވުޖޫދުކުރެވުނީ މީގެ 25 އަހަރުކުރިން، 1989 އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހުއެވެ. މި ސްކޫލް ފެށިގެން އައީ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައިކަމަށް ވީނަމަވެސް، މިއަދު 30 އަހަރުގެ އުފާ ލިބިގަންނަމުން ދަނީ ސާނަވީ ފެންވަރަށް ކިޔަވައިދޭ ސްކޫލެއްގެ ފަޚުރާއެކުގަ އެވެ

ފާއިތުވި 30 އަހަރުގެ ދިގު ތާރީޚުގައި ކަލާފާނު ސްކޫލް ފާހަގަކުރެވިފައިވަނީ ތަފާތު ރޮނގުރޮނގުން އެކިއެކި ކާމިޔާބީތައް ޙާޞިލްކޮށްފައިވާއިރު މިއުފާވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިހާތަނަށް އައިއިރު ސްކޫލްގެ ފަރާތުން ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

30 އަހަރު ފުރުމުގެ މުނާސަބަތާއި ދިމާ ކޮށް ކަލާފާނު ސްކޫލިގެ އަމާޒަކީ ދަރިވަރުންނަކީ ޢިލްމީގޮތުން ޤާބިލް، ފަންނީގޮތުން ހުނަރުވެރި، ޞިއްޙީގޮތުން ދުޅަހެޔޮ އަދި އިޖްތިމާއީ ގޮތުން އުޅުންހުރި ދަރިވަރުންތަކަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޮހް

    ތީ ތަރައްގީ ނުވާ ސްކޫލެއް. ލޯގޯ އާކުރެވުނީމަ ނިމުނީތަ؟ ތިސްކޫލުގެ ހޯލް ތެރެ ނުކެރޭ ބަލާލަން. އަދި އެންމެ ހަޑި ހުތުރު ގޮތަށް މުހާތަބު ކުރާ ޓީޗަރުންވެސް އުޅެނީ ތިޔަ ތާނގަ. ކުދިންގެ ގައިގަ ހުންނާނީ ކޮން ސިފައެއް ތޯ؟؟؟؟؟ އެކަމުވެސް ލޯގޯ ދެއްތޯ މުހިންމުވީ؟؟؟؟

  2. ހަސަނު

    ވަރަށް ރަނގަޅު. މަޖީދިއްޔައައްވުރެ ކުރިން 100 އަހަރު ވޭތޯބަލާބަލަ.

  3. ކަމަނަ

    ތިލޯގޯ ގައި ގެރިއެއް ކުރަހާފައި ނެތީމާ ވަރަށް ހުތުރު.