ބީއެމްއެލް އިސްލާމިކްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް މިއަދު ދެވައްތަރެއްގެ ސޭވިންގްސް އެކައުންޓާއި، އިންވެސްޓްމަންޓް އެކައުންޓެއް ތަޢާރަފްކޮށްފިއެވެ.

މި އެކައުންޓްތައް ބިނާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އުސޫލެއްކަމަށްވާ ވަކާލާ އުސޫލުގެ މައްޗައްށެވެ. މިއާއެކު ޝަރީޢާ އާއި އެއްގޮތްވާގޮތުގެ މަތިން ބީއެމްއެލް އިސްލާމިކުން ދެމުންދާ ޚިދުމަތްތަކަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ.

ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ ޝަރީޢާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރުމަށްފަހު އެއިން ފައިދާ ލިބުުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދެއެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްތައް މިދަނީ ފުޅާކުރެވެމުން ދާއިރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޝަރީޢާގެ ހަމަތަކަށް ފެތޭ އިތުރު ތިން ޑިޕޮސިޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތްތަކަށް އިތުރުކުރެވޭ ކަމީ އެބޭންކަށް ލިބޭ އުފަލެއް ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ބީއެމްއެލް އިސްލާމިކް ސޭވިންގސް އެކައުންޓް އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރެވުނު ޚިދުމަތެކެވެ.

'ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް' އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ. 'ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް' އަކީ ޝަރީޢާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށްް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ޚާއްސަ ކޮށް ތަޢާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަޕްނާ

  ބމލ ވެބްސައިޓް ބަލައިފިން. ޢަހަރަކަށް އަންދާސާ ކުރާވަރަކީ %1.5. ޢެއީ 75ރ އަހަރަކަށް. މިއަށްވުރެ ރަނގާޅުވަނެ 5000ރ އަށް ދިރާގުން ރިލޯޑް ގަނެވިއްކިޔަސް. ޢެއިރުން %5 އެއްމެ މަދުވެގެން ލިބޭނެ.

 2. ކުރަނގި

  ހީލީ އަކީ މުސްލިމެއްނޫން އޭނަވެރިއަކަށް ހުރިހާ ހިނދެއްގައި އިސްލާމީ ޝަރީޢަތުގައި ވާގޮތަށް ތިބޭންކުގެ ޚިދުމަތް ދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ

  • ދެލޯ

   ހީލީ އަކީ ބީއެމްއެްލް ގެ އެމްޑީ އެށް ނޫން މިހާރު!

 3. އަލީ

  ހީލީ މިހާރު އެ ބޭންކް ގައި ނޫޅޭ. އޭނާ މުއްދަތު ހަމަ މިދިއަހަރު ފުރައިގެން ހިނގައްޖެ