ދިވެހި ބަހުގެ ރަދީފުގައި "ތަރައްޤީ" މި ބަސް ހިމަނާ އިރު، އެބަހުގެ މާނައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުކަމުގައި ހަދަން ޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭގެ މުއައްސިސްކަމުގައި ރައީސް ޔާމީން އުފެއްދެވުމަށް މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މެންދުރު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި އޭނާ މިހެން ވިދާޅުވިއިރު، މިހާރުގެ ސަރުކާރަކީ ރައްޔިތުންނަށް ކުރިއެރުން ހޯދައިދެވޭނެ ސަރުކާރެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
"ތަރައްގީ މި ބަސް ރަދީފުގައި ހިމަނާލާފައި މިހާރު ބާއްވަން މި ޖެހެނީ އެއީ ރައީސް ޔާމީން ކަމަށް" އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުންވެސް، އަދުރޭ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ފަރާތުން އަދި، ތަރައްޤީ އަށް މަސައްކަތެއް ކުރާ މަންޒަރު ނުފެންނަކަމުގައެވެ. އަދި ފެންނަމުންދާ މަންޒަރަކީ ބަގީޗާތަކާއި މުއައްސަސާތަކުގެ ނަން ބަދަލުކޮށް، ފޯރަމްތައް ބޭއްވުންކަމަށްވެސް ވިދާޅުވިއެވެ.
ކުރިން ޕީޕީއެމްގެ ނައިބު ރައީސްކަން ކުރެއްވި އަދުރޭ ވިދާޅުވީ ތަރައްޤީ އަކީ އުމްރާނީ ގޮތުން ފާހަގަކޮށްލެވޭ ވަރުގަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުންކަމުގައެވެ. އެގޮތުން 25 ބުރީގެ ބޮޑެތި އިމާރާތްތަކާއި ބުރިޖުތައް އެޅުން ފާހަގަކޮށްފައިވެއެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ވަނީ މީގެ ކުރިން ކުރިއަށް ނުދާ ވަރުގެ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައެވެ. އެއަރޕޯޓުތަކާއި، ބަނދަރުތަކާއި، ނަރުދަމާގެ ނިޒާމު އަދި ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް، އޭގެތެރެއިން ފާހަގަކޮށްލެވެއެވެ.
ބަސްފޮތުން ތަރައްޤީ ނަގާފަ ޔާމިނު ޖަހަންވީ. މައުމޫންވެސް ތަރައްޤީ ގެނައި އެވާހަކައެއް ނުދައްކާ?
ދިވެހި ބަހުގެ ރަދީފުގައި "ތަރައްޤީ" މާނައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުކަމުގައި ހަދަން ޖެހެންޔާ " ހިސާބު " ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ކަމުގައި ހަދަން ގެހޭ
ޜާއްޖޭގެ ތާރީޚުގައި ކުރިއަށް ނުދާވަރުގެ ކޮރަޕްޝަނާ ފސާދަވެްq
ޅޭ އިނބަ ތިބުނަނީ ތަރައްގީޔަކީ ވައްކަމޭތަ
ރައީސް ޔާމީނަށްޓަކައި މިރާއްޖޭގެ ރައްޔިތުން އަބަދުވެސް ފަޚުރުވެރި ވާންޖެހޭނެއެވެ. އެއީ ކުޅަދާނަ ހުނަރުވެރި ހިންގުންތެރި ޙިކުމަތްތެރި ލީޑަރެކެވެ.
މިދެވަގު އެއްކޮށް ޖަލަށްލާންޖެހޭ