ރާއްޖޭގެ ސްކޫލުތަކުގައި މިއަހަރު ކިޔަވާދޭ ދިވެހި ޓީޗަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުޅުހުވުނު އެންމެ ބޮޑު ސްކޫލު، ހުރަވީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް މި ސަރުކާރުން ކުރާނެ އެންމެމުހިންމު ކަމަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި މީހުން ބިނާ ކުރުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާދޭ ބިދޭސީ ޓީޗަރުންގެ އަދަދު މަދުކޮށް، ދިވެހި ޓީޗަރުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރު ސްކޫލުތަކުގައި މިދިޔަ އަހަރު ކިޔަވާދިން ދިވެހި ޓީޗަރުންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ ޕަސަންޓު އިތުރުވެފައިވާ ކަމަށާއި ބިދޭސީ ޓީޗަރުންގެ އަދަދު 16 ޕަސަންޓަށް ދަށްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު އެ އިންސައްތަ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ޞޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބޭނުންވާ ޖަޒީރާ ސްކޫލުގެ ނިޒާމަށް މުޅިން ބަދަލު ކުރުމަށްޓަކައި މި ދާއިރާގައި ބިދޭސީން މަދުކޮށް ދިވެހިން އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން މިއަހަރު 600 އަށް ވުރެ ގިނަ ދިވެހި މުދައްރިސުން ދަސްވެނިވާނެ ކަމަށާއި އޭގެ ސަބަބުން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ޤާބިލް ޓީޗަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރިބަންރޯލު

    ރިބަންކަނޑާ ސަރުކާރު ހުރިހާކަމެއްގެ ކުރެޑިޓް ނަގަން ނޫޅެމާތޯ. ބޭރުޓީޗަރުންތިބި މަގާމްތަކަށް ދިވެހިންހޯދާތާ 3 އަހަރުވަނީ. ރަނގަޅަށް ގެޒެޓް ބައްލަވާ. ކޮންމެއަހަރަކުވެސް އޮންނާނެ އިއުލާންކޮށްފައި ބޭރުޓީޗަރުންތިބި މަގާމުތަކަށް ދިވެހިން ބޭނުމޭކިޔާފަ. ހުރިހާވެސް ޝުކުރެއް ޔާމީނަށް ހައްގުވަނީ.

  2. ނިޝާ

    އެކަމުގައި ކަލޭގެ ހިއްސާއަކީ ކޮބައި؟ ރައީސް ޔާމީންވަނީ ހުރިހާ ދާއިރާތަކުން ޓީޗަރުން ޓްރެއިންކޮށްފަ! ކަލެޔަށް އޮތީ ބޮޑުބުނެ މޭމަތީގައި ބެޖް ޖެހުން!

  3. ބާބު

    58 ދުވަހުންބޮޑުކުރި ޓީޗަރުންތޯ މިއަހަރު
    ގިނަވީ ހުރިހާސަރަފެން ޔާމީނަށް ސުކުރިންޔާ

  4. ބނ

    ހަތްައަހަރު ބަޖެޓައް ވޯޓުނުދޭތާ ލަދުގެކަންފުޅެއް
    ހުރިނަމަ ފަރުދާކަހާކަ ރެބަންކަޑާކައްނުދިއައިސް

  5. މުހައްމަދު

    ކޮންވާހަކައެއް ދައްކާކަށް ކަލޯމެންގެ ނުބައިނުލަފާކަން ތިހުރީ ހުރިވަރު ބަލަގަ ތިކަމަކީ ކަލޯމެން ވަގަށްނެގި ސަރުކާރުން 2މަހުން 3 މަހުން ކުރިކަމެއަކަމަށް ތިޔަހަދާލީ ތީ މީހަކު އެންމެ 3 އަހަރުން ކޮށްލި ބުރަމަސައްކަތުގެ ފޮނިނަތީޖާ ކަލޯމެންއޭރު ކުރިހާވެސް ކަމަކީ ސަރުކާރު ވެއްޓުން ދަތިކުރުނަ ބަޖެޓަށް ހުރަސްއަޅާ ދޮގު ބުހުތާން ވާހަކަ ދައްކައިގެން ސުކޫލުކުދިން ނުބައިމަދުން ގެންދިއުން ރ ޓީވީޔާ މީޑިޔާބޭނުންކޮށްގެން ދެންވެސް ކުރާނީ އަދި ކުރެވޭނީ ދަންނަނީވެސް އެކަންކުރަން ހެހެހޭ ކނބ ހެހެހޭ

  6. މޫސަ

    މިއަހަރު ސްކޫލުތަކަށް އިތުރުވި ދިވެހި ޓީޗަރުން ނެރުމުގައި ތިޔަ ރައީސްގެ އެއްވެސް ހިއްސާއެއް އެބައޮތްތޯ؟

  7. މިއަދު

    ރާއްޖެ ތެރޭގެ ސްކޫލްތަކުގައި ގިނައީ މޯދީބޭ ފޮނުވާފައިތިބި ބުދަށް އަޅުކަންކުރާ އިންޑިޔާ މީހުން.