އެމްއެމްޕީއާރްސީގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ތަކައި ކޯޓަށް ހުށަހަޅާފައިވާ 35 މައްސަލައެއް މުރާޖައާ ކުރުމަށް ފަހު އަލުން ހުށަހެޅުމަށް ޓަކައި އަނބުރައި ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި އެދިއްޖެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށާއި ހިޔާނާތް އެކުލެވޭ ގޮތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ އޮފީހުން ސިވިލް ކޯޓަށް 39 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރެއިން 35 މައްސަލައެއް މުރާޖައާ ކުރުމަށް އަނބުރައި ގެންނަން އެދިފައިވަނީ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައިވަނީ މިދިޔަ ހަފްތާގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މުހައްމަދު

  މިއުޅެނީ ކީއްކުރަންވެގެންބާ

  • ބޭބެ

   މިއުޅެނީ ރައިސް ޔާމީނު ޖަލަށް ލެވޭނެ ގޮތެއް ހޯދަން!! މިމައްސަލަތައް ނަގާ އަލުން ތަހްގީގުކުރަން!! ދެން ބްރޯ ލައްވާ ދޮގު ބަޔާންތައް ނަގަން!! އިތުރު މީހުން ލައްވާ ދޮގު ބަޔާން ނަގާ ހެކި އުފައްދަން!! ދެން ޔާމީނަށް ޙުކުމް ކުރަން!! މިމީހުން އުޅެގެން މިހާތަނަށް ކުރި މަސައްކަތުން ނެތް ޔާމީން ގޮޅިއަކަށް ފެއްތޭކަށް!! އެހެންވެ ތަޙްގީގުކޮށް ޕީޖީއަށް ފޮނުވާ ޝަރީޭސތަށް މީގެ ދެތިން އަހަރުކުރިން ވައްދާފައި ހުރި މައްސަލަތައް ގެނަސް ކުރަން އުޅޭކަމަކީ އެއީ!! ޕީޕީއެމްގެ މަސައްކަތްވެސް ހިންގުނަ ނުދީ ދަތިކުރީމާ އާޕާޓީއެއް އުފައްދައިގެން ކުރިއަށްދާން ހުރިހާ ފުރުސަތެއް ހުޅިވެގެން ދިޔަކަން އެނގުނީމާ އެކަމަށްވެސް ދަނީ ޝަރީފު އިސްވެހުރެ އުނދަގޫކުރަމުން!! މިމީހުންނަށް އެނގޭ ރައިސް ޔާމީނަށް އޮތް ތާޢީދާ އެމަނިކުފާނު ކޮށްފައި ހުރި ބުރަ މަސައްކަތުގެ އަގު ރައްޔިތުން ވަޒަންކުރާވަރު!! ކުރިއަށް އޮތް ދުވަސްތަކުގައި މިމީހުންގެ ތާޢީދުވެސް ގެއްލޭނެކަން!! އެހެންވެ މަޖްލިސް އިންތިޚާބާ ދިމާކޮށް އުނދަގޫވެސް އެކުރަނީ!! މިމީހުނަށް ހީވަީ ޔާމީން ގޮޅިއަކަށް ލައިގެން ވެރިކަމުގައި ތާއަބަދަށް ތިބެވިދާނެކަމަށް!! އެހެންވެ ޔާމީނުގެ ސިޔާސީ ކެރިއަރު ދުއްވާލަން މިމީހުން މިރާވަނީ!!

 2. عبدالله

  25 އަހަރުގެ ޖަލު ޙުކުމެއް އަތުވެއްޖެނަމަ، އެއީ ޢުމުރަށް ޖަލަށްލުން ކަމަށް ޤަބޫލުކުރާ ފަލްސަފީ ފިކުރުތަކެއް އޮންނަ ތަނެއްގައި 33 އަހަރުގެ ޖަލުޙުކުމެއްގައި ހުއްޓައި އަނެއްކާވެސް އިތުރު 35 މައްސަލައެއްގައި ކޯޓުގައި ބަސްދަންނަވައި ޖަވާބުދާރީ ވާންޖެހިއްޖެނަމަ، ހަމަކަށަވަރުން އެކަންވާހުށީ، ލާއިންސާނީ ހައްދު ފަހަނައަޅައި ދިޔުމަކަށެވެ. އެހެނީ، އަދަބު ތަންފީޒުކުރުމަކީ، އިންސާނީ ކަރާމާތަށްޓަކައި ކުރަން އޮންނަ ކަމަކަށްވާއިރު، އަދަބު ތަންފީޒު ކުރުމުގެ ތެރޭގައި އިސްލާޙުވުމަށް މަގުދެއްކުން ނުވާނަމަ، އަދަބުކަނޑައެޅުމާ، އަދަބު ތަންފީޒުކުރުމުގެ ގޮތުން ކުރެވޭ ކަންކަމުން އެއްވެސް އެދެވޭ ނަތީޖާއެއް ލިބިދާނެކަމަށް ޤަބޫލުނުކުރެވޭއިރު، އިންސާނުންނަކީ، ކޮއްޓެއްގައި ހައްރުކޮށްގެން އެކަނި އިޞްލާޙުކުރެވޭނެ ބައެއްނޫނެވެ.

 3. އިބުރާ

  މިވެރިކަން ކުރަންތަ މިމީހުން ވެރިވެގެން އުޅެނީ؟ މިއަށް ކިޔަނީ ބަލާވެރިކަމޭ! ކޮންމެ ގޮތެއް ހަދާފަވެސް ރައީސް ޔާމީން ގޮޅިޔަކަށް ފެއްތޭތޯ ބަލާށެވެ. މައްސަލައެއް އޮވެއްޖެއްޔާ ބަލާށެވެ. ނަމަވެސް ކުރިން ބަލާފައިހުރި މައްސަލަތަކާ ޙުކުމް ކޮށްފަހުރި ކަންތައްތައް އަލުންބަލާ ހޯދާ މިއީ އިންސާފެއްތަ؟ މިހެންކަން ކުރަންޖެހެނީ ވަކި ބައެއްގެ ކަންތައްތަ؟ ކޮބާ މުޅި ރާއްޖޭގައި ހުޅު ޖެހިއިރު ކޯޓް ތަކުގައި ހުރި ލިޔުންތައް؟ އެވެސް މުރާޖިއާ ކުރަން އެބަ ޖެހެއެއްނުން.

 4. عبدالله