މަތީ ސާނަވީއަށް ކިޔަވައިދެމުން އަންނަ ރާއްޖޭގެ ޕްރައިވެޓް އެންމެ ބޮޑު ސްކޫލް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިލާ ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހްމަދު ވިދާޅުވީ އޯލެވެލް ދިވެހި އިސްލާމްވެސް ހިމެނޭ ގޮތަށް ފަސް މާދާއިން ފާސް ވާ ކޮންމެ ދަރިވަރަކަށް ވިލާ ހައި ސްކޫލުގައި އެއްވެސް ފީ އެއް ނެގުމެއް ނެތި މުޅިން ހިލޭ ކިޔެވޭނެ ކަމަށެވެ.

"މިކަމާ ގުޅޭ ގޮތުން ދަރިވަރުނާއި ބެލެނެ ވެރިންނަށް މައުލޫމާތު ދިނުމަށް އަޅުގަނޑުމެން އަންނަ ހުކުރު ދުވަހު އޯޕަން ޑޭ އެއް ބާވާނަން , އަންނަ ހުކުރު ދުވަހުގެ ހަވީރު ހަތެރަކުން ރޭގަނޑު އަށަކަށް މި އޯޕަން ޑޭގެ ހަރަކާތްތަށް މި ސްކޫލުގެ ގޯތިތެރޭގައި ކުރިއަށް ދާނެ " ސައީދު އަހްމަދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ވިލާ ހައި ސްކޫލަކީ ހިލޭ ކިޔަވައިދޭ ސްކޫލެއް ކަމަށާއި އޯލެވެލް ދިވެހި އިސްލާމު ހިމެނޭ ގޮތަށް ފަސް މާދާއިން ފާސް ވެގެން އަންނަ އެއްވެސް ދަރިވަރަކު ފީއާއި ދޭތެރޭ ވިސްނާކަށް ނުޖެހޭނެ ކަމަށެވެ.

މިއަދު ބޭއްވި ޕްރެސްގެ ތެރެއިން -- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

"އަޅުގަނޑުމެންގެ ސްކޫލުގައި ކިޔަވައިދެނީ ހަމައެކަނި މޮޅެތި ކުދިނަކަށް ނޫން ތަފާތު އެކި ފެންވަރުގެ ނަތީޖާ ލިބިގެން އަންނަ ކުދިންނަށް ވެސް އަޅުގަނޑުމެންގެ ދޮރުތަށް ވަނީ ހުޅުވާލެވިފައި " ސައީދު އަހުމަދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލްޖްގެ ރެކްޓާ އަހުމަދު އަންވަރު ވިދާޅުވީ އޯލެވެލް އިން އެއްވަނަ ހޯދައިގެން ވިލާ ހައި ސްކޫލަށް ކިޔަވަން ވަންނަށް ހަމަ ކޮންމެ ދަރިވަރަކަށް ވެސް 1000 ރުފިޔާގެ އެލަވެންސްއެއް ދެމުން އަންނަ ކަމަށެވެ.

"ހޯދުންތެރި ސިކުޑިއަށް ބޭނުންވާ ގޮތަށް ކިޔަވާދޭން ތައްޔާރުވެފައިވާ ސްކޫލެއް މި ސްކޫލަކީ , މި ސްކޫލުގައި ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް މި ވަނީ ގާއިމު ކުރެވިފައި " އަންވަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މީހާ

  11،12 ކިޔަވަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް މި ހަމަ މަރެއް ?

 2. އަމްނާ

  އޭލެވަލްއަށް އެންމެ ރަނގަޅު ސްކޫލް ވިލާ. އޯލެވަލް ޓޮޕް ޓެންއަށް ނާރާ ދަރިވަރުން ވެސް އޭލެވަލް ޓޮޕްޓެން އަށްވަނީ އަރާފައި. ޓަީޗަރުން އަބަދުވެސް ތިއްބަވަނީ ކުދިންނަށް އެހީތެރިވުމަށް ތައްޔާރަށް. ހަދާފައިވާ ހަރުދަނާ ގަވާޢިދުތަކުގެ ސަބަބުން ދަރިވަރުގެ އުޅުމާއި ސްލޫކު ރަނގަޅުކަން ފާހަވެ. މިއީ ތަޖުރިބާ

 3. އެބޭ

  މަށަށް 25 އަހަރު. އޭލެވެލް ކިޔެވިދާނެތަ ؟

  • ނަން

   އާނ ޔަގީނޭ

 4. ޙުސްނާ

  ސަރުކާރުން ހުރިހާ ކަމެއް ވިލަޔައް ދޯ . ޢަނެއްކާ އަނެއް ލާރިގަނޑު ދޯ

  • އަޅެ ދެން

   މިގޮލާ ވިލަޔަށް ރުފިޔާ ލިބޭތީ ދޯ މިއުޅެނީ ހިލޭ ކިޔެވޭތީ ޝުކުރު ކޮއްބަ ދޯ

  • ހާމަ

   ކޮންމެ ކަމެއް ސަރުކާރާ ނުގުޅުވާ ހަމަނުޖެހޭނެ ދޯ؟ އެ ބުނަނީ ހިލޭ ކިޔަވައިދޭ ވާހަކަ ރޮއްޖާ

 5. އަޒާން

  އެހެނިހެން ސްކޫލް ތަކާ ވިލާ ހައިސްކޫލާ މާހައުލުގެ ގޮތުންވެސް ވަރައް ތަފާތު. ޚިޔަވާދިނުމުގެ ގޮތުނވެސް ވަރައްތަފާތު. ކޮލެޓީ ތަޖުރިބާ ކޮށްލުމުން އެގޭނީ .
  ސިޔާސީ ބޭފުޅުން ޖަޒުބާތުގާ ތަޢުލީމީ މާހައުލު ސިޔާސީ ކުރެއްވީމާ އިޖުތިމާއީ ޒިއްމާ އަދާކުރެއްވީ ކަމުގަ ނުވާނެ.
  ވިލާ ހައިސްކޫލަކީ ސިޔާސީ ކަންކަމާ ބެހޭތަނެއް ނޫން.

 6. ޙުސެން

  އެޑިޔުކޭސަން މިނިސްޓުރީ އަށް ނާންގާ ކުރާ ޖަރީމާއެށްތަ؟