ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިރޭވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މާދަމާ ހެނދުނު 6:00 ޖެހުމާއި ހަަމައަށް މޫސުން ލަފާކޮށް މެޓް އިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ހިސާބުތަަކަށް ގުގުރުންވެސް އެކަށިގެންވާ ކަމަށެވެ.

އަދި އުތުރާއި އިރުއުތުރުން، މެދު ރާއްޖޭގެ ތެރޭގެ އަތޮޅުތަކަށް 13 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭޭނެ ކަަމަށާއި، އެެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މެޓް އިން ވިދާޅުވިގޮތުގައި، މެދު ތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް މަދުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟުހައިލް

    ޢަވިދޭ ހިސާބުތައްވެސް ނޫހައްއަރުވަންވީނު

    • ހަސަނު

      އާންމު ގޮތެއްގައި ކޮންމެ ދުވަހަކުވެސް އަވިދޭނެ. ވިއްސާރަ ވާ ދުވަސްތަކާއި ވަގުތުތައް މަދުވާނީ. އާންމުކޮށް ނޫހަށް އަރުވާނީ އާދައިގެ މަތިން ވާ ކަންތައްތަކާއި ތަފާތު ކަމެއް ވާނަމަ.