ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިޔަރ މެނޭޖްމަންޓް ޓީމާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ބައްދަލު ކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މީގެއިތުރުންވެސް، ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މިއަދު ފެށިގެން ދިޔަ ދިރާސީ އައު އަހަރު، ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ކުރިއަރުވައި ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ނައިބު ރައީސްއާއި މިނިސްޓްރީގެ ސީނިޔަރ މެނޭޖްމަންޓް އިން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ހަމައެހެންމެ، ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްޤީ ކުރުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ މެނެޖްމަންޓް ޓީމާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްވިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިއަދުވަނީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްކޫލު ދަރިވަރުންގެ ނާސްތާ ޕްރޮގުރާމު ތަންފީޛު ކުރަން ފަށާ، ކުރިން ނިމިފައި ހުރި ސްކޫލެއްވެސް ހުޅުވާފައެވެ.