އަރަބި މީޑިއަމަށް ޚާއްޞަކޮށްގެން ރާއްޖޭގައި ކިޔަވައިދެމުން އަންނަ ހަމައެކަނި ސްކޫލުކަމުގައިވާ އަރަބިއްޔާ ސްކޫލުގައި، ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދިނުމުގައި މައްސަލައެއް ނެތްކަމަށް އަންގަވާފައިވާނޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިރޭ "ޕީއެސްއެމް ނިއުސް" އިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެސްކޫލުގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާ ކުރައްވާފައިވާކަމަށެވެ.

އަރަބިއްޔާ ބެލެނިވެރިން މިއަދު މުޒާހަރާ ކުރަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
އަރަބިއްޔާ ބެލެނިވެރިން މިއަދު މުޒާހަރާ ކުރަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މީގެކުރިން، ކީ ސްޓޭޖުގެ އެންމެ ދަށް ގްރޭޑުތަކާއި އޭލެވެލް ފިޔަވައި އެހެން ގުރޭޑުތަކުގައި ކިޔަވައިދެމުން ގޮސްފައިވަނީ ދެ ޖިންސު ވަކިކޮށްގެންނެވެ. އެހެންނަމަވެސް، މި އަހަރުގެ ދިރާސީ އަހަރު ފެށުނުއިރު މި އުސޫލު ބަދަލުކޮށްފައިވުމުގެ ސަބަބުން، ބެލެނިވެރިން ވަނީ މިއަދު ހެނދުނު އިހުތިޖާޖުވެސް ކޮށްފައެވެ.

އަރަބިއްޔާ ސްކޫލު ސަރަޙައްދުގައި ބެލެނިވެރިން އިހުތިޖާޖު ކޮށްފައިވާއިރު، ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރ އާއިޝަތު ވަނީ ބެލެނިވެރިންނާ ބައްދަލު ކުރައްވާފައެވެ.

މިއަދު އިހުތިޖާޖު ކުރަމުން ދިޔަ ބެލެނިވެރިން ބުނެފައިވަނީ މި އަހަރު އަރަބިއްޔާގައި ކިޔަވައި ދެނީ ދެޖިންސް އެއްކޮށް ކަން އެނގުމުން މީގެ ކުރިން ސްކޫލް ޕްރިންސިޕަލާއި އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކޮށް އެކަން އެގޮތައް ނުކުރުމަށް އެދިފައި ވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޝާމާ

    10 11 އަދި 12 އަބަދުވެސް އެއްކޮށް އޮންނަނީ

  2. ރީރަންހާރު

    الحمدلله
    މިނިސްޓަރު ގެ ނިންމުމަށް ޝުކުރިއްޔާ.

  3. އައިޝަތު ޝިހާމް

    މީ މިމީހުން ސަރުކާރުގެ މޫނުމަތި ރީތި ކުރަން ޖެއްސި ސްޓަންޓެއް. އަސްލު އޮތީ ވެސް ވަކިން ކިޔަވައިދޭން. މައްސުނި ކަމަށް އަޑު އެރުވީ އަރަބިއްޔާގެ ބެލެނިވެރިން މުޒާހިރާ ކުރާނެ ކަން އެނގޭތީ. މުޒާހިރާ ކުރީމަ އެަތަނަށް ގޮސް އަޑުއަހާފަ ވަގުތުން ހައްލު ކޮއްދީފި އޭ ކިޔަިއގެން އަޑު ފަތުރަން ކުޅުނު ޑްރާމާއެއް މީ

  4. ހެޔޮކަންތައް

    ޖަހާލަތާ ދިމާއަށް ދީލާލަން މަޖްބޫރުވީ ދޯ؟

  5. މާމިގިލީ މީހާ

    ބަލަ މޫނުބުރުގާ އަޅާގެން ތިބޭ މީހުން ބޭނުންވާ ގޮތެއް އެޑިޔުކޭސަނުން ހަދާކަށް ނުޖެހޭ.. އެހެންވީޔާ އަތޮޅުތަކުގެ ސުކޫލުތަކުގެ ވެސް ޖެހޭނީ 2ޖިންސު ވަކިކުރާން..ތީކީ ގޮތެއް ނޫން.. ދެން މޫނުބުރުގާ އެޅި މީހުން އެކަނި ޖެހޭނީ ސޯލިހަށް ވޯޓު ދޭން.. ނުދޭނަން އެއް ވޯޓުވެސް.

  6. ދިވެއްސެއް

    ތި މިނިސްޓަރަށް ހެޔޮ ވިސްނުމާއި މަސަތްކަތުގައި ތައުފީޤް މިންވަރު ކުރަށްވާށި.،

  7. ހަސަން

    ސްކޫލްދަރިވަރުންނަމޫނާއަކަށްބަލަންޖެހޭމީހާހުރީއޮރިޔާންހާލުގަ

  8. ޗިއްލޫ

    ލާދީނީ ބައިގަނޑުގެ ސަރުކާރޭ ނުބުނެވޭ ވަރުގެ އެއްކަމެއްވެސް މިމީހުންނުކުރޭ!

  9. ސޮއްބެ މާލެ

    ހާދަ ރަގަޅު ސަރުކާރެކޭވާދޯ މިއޮތީ... ރަގަޅު ކަމުންގޮސް ހައްދުން ނައްޓާފަ. އަނެއްކާ ހެނދުނުގެ ނާސްތާއައް ވަކި މެނޫއަކައް އިހުތިޖާޖެއް ނުކުރޭބާ ؟ އިބުރޭ ސޯލިހު ވިސްނާތި... ދެވަނަ އއ ހިމެންދޫއެއް އައިސްފާނެ

    • އޮއްބެ

      ދީނުގަ ވާގޮތައް ކަމެއް ކުރުމަކީ ވިސްނަންޖެހޭކަމެއްނޫން. ކުރަން ޖެހޭ ކަމެއް

  10. އ

    ބެލެނިވެރިން އެދޭގޮތް ހ

  11. އެނޮނިމަސް

    ދެޖިންސް ވަކިކޮށް ތާލީމު ދިނުމަކީ ރަނގަޅު ޚިޔާލެއް ނޫން!

  12. ބެއްޔާ

    ކަލޭމެންނަށް ކުރިންއެކަން ނޭނގުނީމަ ހިތާމައަކީ. ރައްޔިތުން އަރައިގަތީމަ ހުރިހާކަމެއްވެސް ރަނގަޅުކުރަން އިނގެނީ. ދީނުގެ ކަންފުޅެއްވެސްނެތީމަ ވާނެގޮތްއެއީ. ބަލާލީމަވެސް އެނގޭނުންއެކަން. ނަމުން ޕީއެޗްޑީ ކަމުން ސުމެއް.

  13. ސުލައިމާނު

    ނުޖެހޭ ބެލެނިވެރިން ބުނާހާގޮތަކަށް ދީލާލާކަށް! ތިކަމުން އެގެނީ މިނިސްޓަރަކީ ކުޅޭކުޅޭ މީހެއްކަމެވެ. ސެކިޔުރިޓީ ޙަވާލުކުރިމީހައަތުން ސިކިޔުރިޓީނަގާ އެހެންމީހަކާ ޙަވާލުކުރަން އެންގީ ސެކިުރިޓީނުލިބުނުމީހާގޮސް ހަޅޭލެވީމާ! މިއީ ހަރުދަނާކަމެއްނެތްކަމުގެ ހެކި!

  14. ނަން

    ބަޔަކު ހަޅޭއްލެވިޔަސް ކަންތައް ކުރަން ޖެހޭނީ ދަރިވަރުން އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނެ ގޮތަކަށް. ދެޖިންސް ވަކިކޮށް ސައިކޮޖިކަލް ގެއްލުންތަކެއް ދީނުގެ ނަމުގައި ދީގެން ބައެއް ކުދީން ބޮޑު ކުރުމަކީ ހައްގުތަކެއް ގެއްލުވާލުން. ރާއްޖޭގައި އޮތް ސުލްހަ މަސަލަސް ކަމުގެ ތެރެޔަށް ތިޔަ މެދުއިރުމަތީގެ ޖާހިލުކަމާއި ނުރައްކާތެރިކަން ގެނުވި ބައެއްގެ އަތްދަށުން ގައުމު ސަލާމަތްކޮށް މިނިވަން ކޮށް ދޭނެ ކަމަށް ހީކުރެވިގެން އަހަރެމެން ގެނައި ސަރުކާރަކީ ކުޅޭ ކުޅޭ ސަރުކާރަކަށް ވެގެން ނުވާނެ.

  15. ކުރަފި

    ދަރިވަރުން ވަކިކޮށް ތަފާތު ކުރުމަކީ އިންސާނިއްޔަތާވެސް ފުށު އަރާނެ ކަމެއް. މިނިސްޓަރުގެ ކިބައިގައިވެސް ގަޓެއް ހުންނަންވާނެ.

  16. نصرالله

    ބައްލަވާ އޮރިޔާމުން އުއޭ މީހުން އެގޮތަށް މިގައުމުގެ މަގުތައްމަތީގައި އުޅުމުގެ މިނިވަންކަން އެމީހުންނަށް އެއޮތްގޮތަށް ހަމަ އޮރިޔާން ނިވާކޮށްގެން މިގައުމުގައި ދިރިއުޅެން ބޭނުންވާ މީހުންނަށްވެސް އެފުރުޞަތު ދޭންނުޖެހެންޏާ ދެން ތިޔަދައްކަވަނީ ކޮން ޙައްގެއްގެ ވާހަކަތޯއެވެ. އަޅުގަނޑުމެންގެ ދަރިން ހިލޭފިރިހެނުންނާއިއެކު މަޖާކޮށް ސްކޫލުތަކުގައި ބިޓުންނަގައިގެން އުން ހުރިހާ ސްކޫލްތަކުގައި އުޅުމުގެ ފުރުޞަތު އޮތް އިރު އެފަދަ ކަންތައްތައް ކުރަން ބޭނުންނުވާ މީހުންނަށް މިގައުމުގައި އެއްމެ ސްކޫލެއްވަރުވެސް ހުންނަން ނުޖެހޭނަމަ ދެން ކޮން ޙައްގެއް ލިބޭކަމުގެ ވާހަކަތޯ ތިޔަ ދައްކަވަނީ....
    އަޑިން ލައިގެންހުންނަ އެއްޗެހި ފެންނަވަރުގެ ކުރު އަދި ތުނި ހެދުން ލައިގެން ހުރިހާ ތަނެއްގައި ވަޒީފާ އަދާކުރުމުގެ ޙައްގު އޮވެފައި މޫނުބުރުގާ އަޅައިގެން ތިބޭ އަންހެން ކަނބަލުންނަށް އެފަދަ ހެދުމެއްގައި ވަޒީފާ އަދާނުކުރެވޭގޮތައް އޮތުމުން އެއީ ތިޔަބޭފުޅުން ހިތުގައި އޮތް ޙަސަދަވެރިކަމާއި ރުޅިވެރިކަން ކަމުގައި ނުބުނެވޭނެތޯއެވެ. އެހެންކަމުން އެފަދަ މީހަކަށް އެލިބޭ އަނިޔާގެ ވާހަކަ ދައްކާނެ ބަޔަކުނުތިބޭނަމަ މިގައުމުގައި ދެން މިދައްކަންޖެހެނީ ކޮން އަނިޔާއެއްގެ ވާހަކަތޯއެވެ.

    • ފަސްކުޅަނދު

      މަސްހުނި ނުކޮށް ކިޔަވައިދޭ ޕާކިސްތާނު އަފްގާނިސްތާނު ޔަމަނު ފަދަ ގައުމުތަކު ހާލަކީ ކޮބާ. ބޮޑެތިވެގެން ތިބެނީ މިސްކިތު ކުނާމަތީގައި ތަސްބީހަ ކިޔަންތަ؟ އެމީހުންގެ ފަރާތުން އިންސާނިއްޔަތަށް ލިބުނު ފައިދާއެއް ކޮބައިތަ؟ ހުތުރުހެން ހީވާހައި ކަމެއް ބިރުވެރި ކަމެއް ނޫން ކަމެއް ކުރޭތަ؟ އެބައްޓަމަށް ދިވެހީންގެ ދަރިންނަށް ތަރުބިއްޔަތު ދޭކަށް ގައުމަށް ހެވެއް އެދޭ ހަމަ އެކަކުވެސް ބޭނުމެއް ނުވާނެ.

  17. ހުސައިން އިބްރާހީމް

    މިއަދަކީ ޚިޔާލްފާޅުކުރުމާއި ޤާނޫނާއިއެއްގޮތައް މިނިވަންކަން ލިބިފައިވާ ދުވަހެކެވެ. ނަމަވެސް ވިސްނަންޖެހޭ ކަމަކީ ތިމާ ފާޅުކުރާ ޚިޔާލަކީ އިސްލާމް ދީނާއި ޤާނޫނާއި ޚިލާފުނުވާ ހިޔާލެއްކަމަށްވުމެވެ. މިކަމަށް ވިސްނާޚިޔާލް ފާޅުކުރެއވުމަކީ ތިމާވިސްނަންޖެހޭ ކަމެކެވެ.

  18. އެނޮޮނިމަސް

    ދެޖިންސު މަސްހުނި ފިލުވައިގެން ހިޖާޒުކަރައިގައިއާއި ޕާކިސް އަފްގާނި ސްތާންތަކުގައި ކިޔަވައިދީގެން ލިބޭ މޮޅެއް ދައްކަބަލަ. ބޮޑުތެޔޮވަޅުން ތެޔޮ ނުނަގާ ގައުމެއްނަމަ އެކަކު އަނެކެއްގެ ލޭ ބާލާނީ.
    އެއިންތަނަކުން ލިބިފައިވާ މޮޅު ކުރިއެރުމެއް ދުނިޔެއަށް އޭގެ މީހެއް ކިބައެިން ލިބުނު ކުރިއެރުމެއް ދައްކަބަލަ.

  19. ...

    ވަކި ކުރިއަސް ފައިދާ އެއް ނުކުރާނެ!!
    ސްކޫލް ނިމިގެން ވަޒީފާ އަކަށް ދިޔަ ޔަސް ހަމަ އޮންނާނީ 2 ޖިންސު އެއްކޮށް ، މިހެން ވަންޔާ 2 ޖިންސް އައް ވަކިން ޚާއްޞަ މަގެއް ވެސް އަޅަންވީ ނޫންތޯ!!! މީ ކުދިން ލިބޭ ގެއްލުމެއް!! އަރަބިއްޔާ ސްކޫލް ގައި ތިބޭ ކުދިންގެ އަގުވައްޓާލަން ތޯ މި ބެލެނެވެރިން މި އުޅެނީ؟؟؟ ބެލެނެވެރިން ބުނާހާ ކަމެއް ކޮށްދޭކަށް ނުޖެހެ! އަޅުގަނޑުމެން ، ދަރިވަރުންނަށް ވެސް ވިސްނަންޖެހޭނެ!!!!! އަރަބިއްޔާ ސްކޫލް ދަރިވަރެއްގެ ހައިސިއްޔަތުން ވރައް ވެސް ލަދުގަންނެއްޖެ!!!
    ބެލެނެވެރިންގެ ވިސްނުން ރަނގަޅަށް ނޫން !!

    - އަރަބިއްޔާ ސްކޫލް ދަރިވަރެއް -

  20. ބުއްދި

    ޖަޕާނުގެ މިސާލުން މިސާލު ނަގައި ދަރިވަރުންނަށް ނާސްތާ ދީގެން އިސްކޮޅުން 7 އިންޗި ދިގުކުރަން ހިފާފައި ހުންނަ އިރު އުނގަންނައި މިދެނީ ޖަޕާނުގެ ތައުލީމާއި ތަރުބިއްޔަތު ފަދަ އުނގަންނައި ދިނުމެއްތަ؟ މި ދަރިވަރުން މިތަނުން ނުކުންނައިރު ތިބޭނެ ސިފަ ހިތަށް އަރުވަބަލަ. ދެން ގުޅޭނީ އައިސިސް ފަދަ ޖަމާއަތަކާ . އިސްލާން ދެގައުމެއް ހިންގާލޭ އޮހޮރުމެއްގެ ތެރެއަށް ވަދެ ޖިހާދުވެ ނުގޮސްފިނަމަ ރަށުގައި ހޮރު ހޮރުގައި ތިބެ ދެންތިބި ބަޔަކު ދީނުގެ ނަމުގައި ބޯކައި ހަލާކު ކުރަން ތިބޭނީ.