ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ޕާޓީގެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.

އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައި، އެމައްސަލަ ބަލާނީ ސުޕްރީމް ކޯޓުން ކަމަށް ނިންމާފަ އެވެ.

ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ އާއްއމު މެމްބަރެއް ކަމަށްވާ ލ. ގަމު އަލީ އަހްމަދެވެ. އަލީ އަހްމަދުގެ ޤާނޫނީ ވަކީލް ވިދާޅުވީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވާ ކަމަށާއި މައްސަލަ ތާވަލް ކޮށްފައި ވަނީ 8:15 އަށް ކަމަށެވެ.

އަލީ އަހުމަދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުން ވަކި ކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، މައުމޫން އަކީ ޕީޕީއެމްގެ ރައީސް ކަަމަށް ކަނޑައަޅައިދިނުމަށެވެ.

ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފައިވާއިރު މައްސަލަ ނިމޭނީ މިހާރު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ކަމަށް ގަބޫލުކޮށް މިހާތަނަށް ޕީޕީއެމްގައި އިސްކޮށް ތިއްބެވި ބޭފުޅުން ގެންދަވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަސްވެރިޔާ

    ސްޕްރީމް ކޯޓުފެ ޗީފް ޖަސްޓިސް ޑރ.ދިދީ އާއި ދެން ތިއްބެވި ފަނޑިޔާރުންނަކީ މިފަދަ މަށްސަލަތަކުގައި އާންމު މެންބަރުންގެ ހައްގުތަކަށް ވަރަށްވިސްނަވާ ބޭފުޅުން، އަސްލުގަ ޕީޕީއެމް ރ.ޔާމިން އާއި ކޯޓް އަމުރެއްގެ ދަށުން ހަވާލްވި އިރު ޕާޓީވަނީ 2013 ގެ އިންތިޚާބުގެ ފަހުން ހަރަކާތެއްނެތި ޕެރަލައިސްވެފަ، އެދުވަހު ކޯޓުން އެފުރުސަތު ރ.ޔާމިނަށް ދެއްވީމަ ޕާޓީ ހިގަންފަށާ މެންބަރޝިޕް އިތުރުވީ. ޕާޓީ ތަކަކީ އެއްވެސް ފަރުދެއްގެ އެއްޗެއްނޫން. މެންބަރުން ވަރަށް ގަބޫލްކުރޭ ޕީޕީއެމް ޕާޓީއެއްގެ ސިފައިގައި ކުރިއަށްދާނީ ރ.ޔާމިންގެ ޒައާމަތުގައިކަމަށް. ޕާޓީ ކުރިން ހިންގީ ޑިމޮކްރެޓިކް އުސޫލަކަށްނޫން. މިފަހަރު ކޮންގްރެސްގަ ވަރަށް އާދައިގެ މެންބަރުން ނުފޫޒެއްނެތި ކައުންސިލަށް ހޮވުނު. ކުރީގަ ރ. މައުމޫން ރުހޭ މީހަކަށް އެފުރުސަތު އޮތީ.

  2. ބެއްޔާ

    ސްޕްރީމްކޯޓުގެ ހާލަކީއެއީ. ވިސްނާ އެހެން ކޯޓުތަކުގެ ހާލަތު ހުންނާނެގޮތް. ބޮޑުމުސާރައާއި ވަސީލަތްތައް އޮހޭތަނެއްއެއީ. މާއަވަސްއަދި. މައުމޫނުއަށް އަވަހަށްދީ.

  3. عبدالله

    ޕާޓީއަކީ، އެއްވެސް މީހެއްގެ އަމިއްލަ ޙައްޤެއްނޫނެވެ. އަބަދުވެސް ޕާޓީގައި އޮންނާނީ، އެޕާޓީއެއްގައި ބައިވެރިވާ މުޅިޖުމުލަ މެންބަރުންގެ މުޅިޖުމުލަ ޙައްޤެވެ. އެ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން ދެންތިބި މެންބަރުންނަށް އެޙައްޤު ނަޤުލުވާނެއެވެ. އެބަހީ، ކޯޓުގައި ދަޢުވާކޮށްގެން ހޯދައި ލިބިގަނެވޭގޮތަށް އެމީހެއްގެ ނަމުގައި ނުަވަތަ އެމީހެއްގެ ރިޒާވުގައި ރިޒާވްކުރެވިފައި އޮންނަ އެއްވެސް ޙައްޤެއް އެއްވެސް ޕާޓީއެއްގައި ނޯންނާނެއެވެ. ރައީސް ޔާމީނަށް ތާއީދުކޮށް ވޯޓްދެއްވައި، ޕީޕީއެމުގެ ރައީސަކީ، ޔާމީނު ކަމަށް ނިންމެވީވެސް ޕީޕީއެމުގެ ފަރާތުން ޕީޕީއެމުގެ މުޅިޖުމުލަ މެންބަރުން ނިޞްބަތްވާ ގޮތުގައެވެ. އޭރު ވަގުތާއި ޙާލަތުގެ ގޮތުން ކުރައްވާފައިވާ ކޯޓްއަމުރެއްގެ ދަށުން އެކަންކަން ނިމިފައިވާއިރު، ޕާޓީއެއްގެ ފަރާތުން ނިންމާފައިވާ އެބާވަތުގެ ޝަރުޢީ އަދި ޤާނޫނީ ނިންމެވުމެއްގެ މައްޗަށް ހިތްޕުޅާނުވާނަމަ އެކަން ބަދަލުކުރުމަށްޓަކައި އެމީހަކު ކުރަންޖެހޭ ކަމެއްގައި ނުވަތަ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅެއް އެޅުމުގައި އެމީހެއްގެ ފަރާތުން އެމީހެއްގެ ބަދަލުގައި މީހަކު ނުކުންނައިރު، ބަދަލުގައ ޙާޟިރުވާފަރާތަށް ބަދަލުގައި ޙާޟިރުވުމަށް ލިބިދޭ އިޚްތިޔާރަށް ނުބަލައި އެކަމެއް ނުކުރެވޭނެއެވެ. އަދި ޚާއްޞަކޮށް ތިމާގެ އަމިއްލަ ނަމުގައި ދަޢުވާ ކުރުމުގެ
    ޙައްޤު ތިމާ ފިވަޔަވައި އެހެން އެއްވެސް މީހަކަށް ލިބިދެވޭނެތޯ އުފެދޭ ސުވާލަކީ، މިމައްސަލާގައި އަހައްމިއްޔަތުކަން ލިބިގެންވާ ސުވާލެކެވެ. ނިމިފައިވާ މައްސަލަތައް މުރާޖަޢާކުރުމުގެ ނަމުގައި މައްސަލަތައް ފުށްފުށަށް ފުރޮޅައި ކޮށްފައިވާ ޙުކުމްތައް ބާޠިލުކޮށް ބަދަލުކޮށް ހަދަމުންދާއިރު ވިސްނަށްޖެހޭ ގިނަގުނަ ކަންތައްތައް ހުންނާނެއެވެ. ޔަޢުނީ، ކޯޓްތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތްގޮތަށް ކަމެއް ކުރެވޭނަމަ އެކަމަކަށް އަބަދާއި އަބަދު މިރާއްޖޭގެ މުލިޖުމުލަ ރައްޔިތުން މަރްޙަބާ ނުކިޔާނެއެވެ.