ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހުޅުމާލޭގައި ޒަހަމް ކޮށްލާފައި ވަނީ 28 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ވަނީ ރޭ ހުޅުމާލޭގައި މާރާމާރީއެއް ހިނގިކަން ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ވިދާޅުވީ ހުޅުމާލޭގައި 28 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ 00:10 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ޒަހަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު ޒަހަމްގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލޭގައި ރޭ ހިނގި މާރާމާރި އާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ތޫނު އެއްޗަކުން ހުޅުމާލޭގައި މީހަކަށް ހަމަލާދީފައި މިވަނީ މާރާމާރީތައް ނުހިނގާ އޮންނަތާ ދުވަސްކޮޅެއް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޖަޒީރާ މީހާ

  ރޔ. ވެރިކަމުގަ ކުރަނ ރާވާފަ އޮތް ކަމަކަށް ވާނީ

 2. ރަންނަމާރި

  ޖަޒީރާ ރާއްޖެ

 3. މާރިޔާ އަޙްމަދު

  ތިޔައީ 100 ދުވަހުގެ ޕްރޮގްރާމްގެ ކަމެއްކަމަށް ލަފާކުރެވެނީ! ޖަޒީރާ ރާއްޖޭގައި ތިކަހަލަ އެތައްކަމެއްވާނެ! އަނެއް ދިވެހިރާއްޖޭގައިވެސް ތިކަހަލަ ކިތައް ކަންތައްތަކެއް ހިނގި މަރުގެ....................................

 4. އެދުރުބެ

  ހިއްތަލަ ރާއްޖެ

 5. އެދުރުބެ

  އަނެއް ދިވެހިރާއްޖެ

 6. އަލީ

  މަހީކުރީ މިސަރުކާރު އައުމުން ތޫނު އެއްޗެހިން ހަމަލަދޭނީ ހަމަ އެކަނި މަސްތަކަށް ކަމަށް

 7. ދޮންބެ

  ތިޔަ މީހުންނަށް ޙައްްްޤު އަދަބު ދެވިގެންނޫނީ ތިކަމަށް ޙައްލު ލިބޭނެހެން ހިއެއް ނުވޭ.... ވަރަށް ދެރަ...

 8. މަސްްހުނި

  މަސްހުނިފިލުވައިގެން ކިޔަވައިދީފައި ތިބި ދަރީންގެ ހާލު ހުރިގޮތް

 9. އަލީ

  މީހުންގެ ފައިގާ ޓެގް އެޅުވުން ނުހުއްޓި ކުރިޔަށް ދިޔަނަމަ މިކަމަށް ހައްލު ލިބުނީސް ސިންގަޕޫޜުގައިވެސް 2000 މީހުންގެ ފައިގާ މިހާރުވެސް ޓެގް އަޅުވާފައި އެބަތިބި. ޑްރަގް އެތެރެ ކުރާމީހުން ނަށް އަދަބު ދިވެގެން 7 ކިލޯ އެތެރެ ކުރިމާ ވެސް އެދޫކޮށްލީ ކޮން ގައުމެއްގާތޯ އެމީހުން ދޫކުރަނީ