މާލޭގެ ގެއަކަށް ވަޅި ހިފައިގެން މީހަކު ވަދެ، އެ ގޭގައި ދިރިއުޅުނު 65 އަހަރުގެ އަންހެނަކު ރޭޕްކޮށްލައިފި އެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" ގައި ބުނެފައި ވަނީ އެކަން ހިނގާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު، މާފަންނުގައި ހުންނަ ގެއެއްގަ އެވެ. އަންހެން މީހާ ރޭޕް ކޮށްފައި އެ ގޭގެ ދެ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓަކަށް ފަތިސް ވަގުތު، ފެންލައިޓުން ވަދެގެން ކަމަށް ވެއެވެ. އެކަން ކުރި މީހާ ހުރީ މޫނުގައި މާސްކެއް ވެސް އަޅައިގެންނެވެ.

"އެ އަންހެން މީހާ ރޭޕް ކުރުމަށް ފަހު، އަނިޔާކޮށް ބަނދެފައި އެ ގޭގެ ފާހާނާ ތެރެއަށް "އެއްލާލީ" އެވެ. އެކަން ހިނގި ވަގުތު އެ ގޭގައި ހުރީ އަންހެން މީހާ އެކަންޏެވެ." ނޫހުގައި ބުނެފައި ވެއެވެ.

"ވަޅި ޖައްސާފަ ބުނީ ހަޅޭ ލަވައިފިއްޔާ މަރާލާނެ ކަމަށް. ދެން އޭނާ އެ ގެއިން ދިއުމުން އަންހެން މީހާ އަމިއްލަ އަށް ކޮންމެވެސް ގޮތަކަށް މޮހާލައިގެން ނިކުތީ،" އެ ކަމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

އަންހެން މީހާ އެ ގޭ މީހުން ކައިރީގައި، ވަގަށް ވަތް މީހާ އޭނާ ރޭޕް ކުރި ވާހަކަ ބުނީ އޭގެ އެއް ދުވަސް ފަހުން ކަމަށް ވެއެވެ.

އަންހެން މީހާ ރޭޕް ކުރުމުގެ އިތުރުން ކޮންމެވެސް ވަރަކަށް ފައިސާ އާއި ގަހަނާތަކެއް ވެސް އެގެއިން ގެންގޮސްފައި ވެއެވެ.

އޭނާ ބުނީ މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިހާދިސާ އާއި ގުޅޭ މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ކުރަަފި

    ދެންވެސް ދަރިވަރުން މަސްހުނި ފިލުވައިގެން ކިޔަވައިދީ ބޮޑެތި ކުރޭ.

  2. ޒޯޒޯ

    ތިޔަދެން މި ރާއްޖޭގަ ނުވެފަ އޮތް ކަމަކީ.

  3. އެދުރުބެ

    އެދަނީ ޖަޒީރާ ރާއްޖޭގެ ކަންކަން ފެންނަމުން. މިސްމިސް

  4. ލަބީބު

    ޖަޒީރާވަންތަ ދިރިއުޅުން. މިހެންވެ ބުނަނީ ބަޔަކާދިިމާއަށް އަމިއްލަ އެދުމަށްޓަކައިވިޔަސް ހިތުހުރިއެއްޗެއްގޮވާއިރު ތިމާމެންނާޖެހުނީމަވެސް ވަކި ސަހަލެއްނުވާނޭކަން ހަނދާންކުރާށޭ!

  5. ކޮބާ

    މިހާރު އިންޑިއާގައި އުޅޭ އެކަންކުރާ މީހުން ކައިރިން ދަސްކުރީ ދޯ..!

  6. މިމީ

    އެ ފިރިހެންމީހާގެ ހައްގުތައް ހޯދައިދީ އަވަހައް އިލްމެއް އަހުލާގެއްނެތް ފުލުހުންނާއި ސިފައިން ނެރެގެންވެސް ވާނެ އެ ފިރިހެން މީހާ ހިމާޔަތް ކުރަން

  7. ރޭޕޕިސްތާނު

    ރޭޕިސްތާނުގެ އަސަރު ކުރަންފެށީ މިއޮށް

  8. ބިން ޢަލީ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަނިޔާވެރިންނާއި މުޖުރިމުންގެ ކިބައިން އަޅަމެންނާއި އަޅަމެންގެ އަހުލުންނާއި މުދާ ސަލާމަތް ކުރައްވާންދޭވެ! އަދި އެފަދަ މުޖުރިމުންނަށް ޙައްޤު ޖަޒާ ދެއްވާންދޭވެ. އަދި ތައުޙީދުގެ އަހުލުވެރިންނަށް ނަޞުރު ދެއްވާންދޭވެ.

    10
  9. ކިލަރ

    ޑީ އެން އޭ ނަގާ ހިސާބުގަނޑު މީިހުން ޓެސްޓް ކުރޭ... ދައްތަ އެކަނިކަން އިނގޭ މީހެއްގެ މަސައްކަތާ ވައްތަރީ

    7
    1
  10. މުހައްމަދު

    އާހާން ހެޔޮނުވާނެ މީބޮޑުވަރު ހަމަ މިނޫން ގޮތަކަށް މިކަން ކުރަން ނުފެނުނީ! ޟިޔޮތީ ބަލިގަނޑު ފެށިފަ މިކަން ހުއްޓުވަން އެމީހާހޯދާ މަރާލަންވީ ކިހާބޮޑުބަލާއެއް ތަންތަން ތަޅާ ނަންބޯޑު ބަދަލު ކުރުމުގެ ބަދަލުގައި އިޖްތިމާއީފޭރާން ހެޔޮވަރުކުރިއް ކީއްތޯވާނީ މިކަމަށް ފިޔަވަޅުނާޅައިފިނަމަ ސަރުކާރުން ހިތްވަރުދީގެން ކުރުވިކަމަކަށްވެ މިކަން އާއްމުވާނެ ފިސާރިތެދެއް މިބުނަނީ މިކަހަލަ މީހަކު އަތުޖެހިއްޖެނަމަ ދުވަހަކުވެސް ރޭޕްނުކުރެވޭގޮތަށް އަނިޔާކުރާނަން އެވެސް މަގުމަތީގަ އެންމެން ކުރިމަތީގަ ހުރިނުބައިކަން ދެކިބަލަ މާދަމާ ނިކުންނާނީ މަޖިލިސް މެންބަރުކަމަށް ތޯއްޗެއް

  11. މަނާހު

    ފުލުހުންގެ ތަޙުގީގު ބޮނޑުނިގުލަށް ދާނީ. ތިޔަފަދަ ބޮޑެތި މައްސަލަތަކުގައިވެސް ކުށްވެރިޔާއަށް ބެޗޭނެ.

  12. ސަޅި

    65 އަހަރު އަންހެނެއް ރޭޕް ކުރީ. އެކަން ރިޕޯޓް ކުރީ އަނެއް ދުވަހު؟؟؟ މިވަނީ ކިހިނެއް؟؟

    2
    1
  13. ބަބަ

    ސުބުހާނަ ﷲ ޖަޒީރާވަންތަކަންފެންނަފެށީ

    5
    1
  14. ހުސޭނާ

    އިންޑިޔަންވާޟަން.ކަމިޟްނަރު މިކަން ވަރަށް ސީރިއަސްކޮށްބަލާ އެ އަމަލު ހިންގިމީހާ ޟަރީއަތުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ގޮވާލަން.
    މިއީ އިންޑީޔާ އެއް ނުން.އަދަބު ނުދެވޭނަމަ ކުށުގެ ވެށި ބޮޑުވެ އިގުތިމާއީ ބޮޑު ހަންގާމާ ހިގާފާނެ.

  15. ބޯހަލާކު

    އިންޑިއާ މީހުން ކައިރިން ދަސްކުރީދޯ؟ ތީދެން ނުވެެއޮތް ކަމަކީ.

  16. ސަވާލީ

    އިންޑީޔާގެ އަވަށަކަށް ވުމަށް ޝަރުޠު ހަމަވާވަރުކުން އެއީވެސް 100 ދުވަސް ވައުދެއްތަ؟

  17. ރާޅު ބޯއީ

    މި ސަރުކާރެއް އައިފަހުން މީހުން މެރުމާ ރޭޕްކުރުމާއި ދީނަށް ހަޖޫ ޖެހުން އޮބި ނޯންނަވަރު ވެއްޖެ. މިކަމާ ވިސްނަނީ ކޮންބައެއްބާ

    3
    1
  18. ސަންދޯ

    سبحان الله!
    ދިވެހިންގެ ހާލަތު މިހިސާބަށް ދިޔައީތޯ؟
    އެ މުސްކުޅި ދައްތަ ސިޔާސީ ބޭފުޅަކަށް ނުވާތީ އަނެއްކާ އިންސާފު ލިބޭނެ ތޯ؟
    ހުރިހާ ހިތާމައިގެ ބޮޑުކަމާއެވެ!

    3
    1
  19. ޖަހާންގީރު

    އިންޑިއާގެ އަޅުވެތިކަމުގަ އޮންނަންޏާ އިންޑިއާ ވަންތަ ކަންތައްތައް އިތުރުވާނެ

  20. ބޭރުމީހާ

    ތިފެންނަނީ ބިރަކާނުލާ މަޖާ ކުރާތަނެވެ. ބަލަގަ މިގައުމުގަ ދުވާލަކު ދެތިންމަރު، ބަދުއަޚްލާގީ އެތަށް ޢަމަލެއް ހިނގަމުންދާއިރު އެއްކަލަ އިލްޔާސް އަނގައެއްނެތެވެ. "މުހައްބަތު އަބްތިޖާރާ ބަންގައީހޭ، ތިޖާރާތު އަބު މުހައްބަތު ބަންގައީހޭ" އޮރުދޫ ޅެންވެރިޔާ މިޅެންހެދީ މިހެންވެގެންނެވެ.

  21. އެދުރު

    ގެރި މޯދީމެންގެ ގައުމުން ދަސްކުރީ ދޯ މިކަންތައްވެސް ، ވަރުގަދަ ޖަޒީރާ ރާއްޖެއެއް މީ

  22. މުނާ

    ޖަޒީރާ އިންޑިއާ އަށް މިއޮތްގެން ވަނީ ރާއްޖެވެސް

  23. ކަބާ އައިޒާ

    ހެޔޮނުވާނެ މީހުންގެ ހުރި ނުބައި ނުލަފާކަން. މިކަމުގައި އިންޑިއާ އަށް ނުވަތަ ޖަޒީރާގެ ބޮލުގައެޅުވުމުން ފައިދާއެއްވާނެކަމަށް ހީވާމީހުންގިނަވުމުން މިއީ މިމުޖުތަމަޢުގައި ކަންތައްތައް އިސްލާޙުކުރަން ވަރަށް އުދަގޫވާނެކަމެއް. ޕޮލިސް މިކަމުގައި މިމީހާ ހޯދާ ހައްޔަރުކުރުމަށް ފުރިހަމަ މަސަތްކަތްކުރާނެކަމަށް އިތުބާރުކުރަން.

    1
    1
  24. މޯޑު

    ރޭޕު ކުރާ މީހުންނަށް ވެސް ލަދު.

  25. Miadhu

    އިންޑިޔާގެ ޘަޤާފަތް ރާއްޖެއާއި ހަމަޔަށް މިގެސްދިނީ ރައިސް އިބުރާހިމް މުޙައްމަދުސޯލިހުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަދުވަހުގެ ވަޢުދުގެ ތެރެއިންތަ

  26. އެނޯނިމަސް

    ގެރިި މޯދީ އެޔޮށް ރާއްޖެ އެދުރުކުރަނީ

  27. ޖޭމްސް

    ކޮބާ މިވެސް އިންޑިއާގަ ހިނގި ކަމެއްތަ ހެހެހެ

  28. ހަނދުމަ

    ހުރިހާ ރޭޕިސްޓުންގެ މާލީ ބަޔާން ހުށަހެޅީމަ ރޭޕްކުރުން ހުއްޓުވުމަށް އެޅުނުވަރަށް މުހިންމު ފިޔަވަޅެއް. ވ. ސަލާމް

  29. ކިޔުންތެރިޔާ

    އަދިވެސް ބަލަންވީ ދަރިވަރުންނަށް ކިރުތަށި ދެވޭތޯ އެއްނު. އެއީ ވިއްޔަ މިގައުމުގައި ނުކުރެވިގެން އުޅޭ ކަމަކީ

  30. އައިންތު

    ކޮންމެކަމެއްވާއިރައް ސިޔާސީވެގެން. މިވޭތިވެދިޔަ ދުވަސްތަކުގަ ދަސްކޮއްދީފަ އެފޭބީ. ދެންވާނީމިހެ ނެއްނު.މިހުރިހާކަމެއް މިތާންގަހިންގާވަރައް މަސް ތުވާެތަކެތި ވެސް ބާހާފަ ފޭބީ.

  31. އެނޮނިމަސް

    އޮތްގޮތަށް ސުންނަތަށް އިސްލާމީގޮތުން ތަރުބިއްޔަތު ކުރެވިފައި ތިބޭ ދިވެހީންނެއް ނޫންތަ؟ އަނެއްކާ ބަންގާޅީއެއްތަ؟ އެ ދައިތަ ކުރެން އަހަންވީނު؟

  32. މަ

    އިންޑިއާ އެކު ވާ ސިއްރު އެއްބަސްވުންތަކަކީ މިއީ. ދެންވެސް ހޭ އަރާ . އެޖެންޑާ 19 އަށް ވޯޓް ނުދޭތި.