ހަތް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ) ދޫކޮށްލައިފި އެވެ.

ފަހުގެ ތާރީޚެއްގައި ފުލުހުން އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ޝާންޓެ ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

މިދިޔަ މަހު ޝާންޓެ ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން ވަދެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ވިދާޅުވީ، އޭނާ ދުކޮށްލައިފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހު ހަތަރު ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ކަމަށެވެ.

ޝާންޓޭ ވަނީ ސަރުކާރުން ދެއްވާ އެންމެ މަތީ އިނާމު ކަމަށްވާ ގައުމީ އިނާމު ވެސް ހާސިލް ކޮށްފައެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ. އޭނާ އަކީ މިސްޓަ މޯލްޑިވްސް މުބާރާތް ވެސް ކާމިޔާބު ކޮށްފައިވާ ބޮޑީބިލްޑަރެކެވެ.

ފަހަކަށް އައިސް ފުލުހުން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ??

    މިހުންނަނީ ދެރަ ކަންކަން ދޯ. ފުލުހުންނާ

    ސުވާލުކޮއްލަން މި މީހާ ތިދޫކޮއްލީ ރައީސް

    ބުނެގެންތޯ..

    • ކަލޯ

      ފުލުހުންނެއްނުން، ކުއްވެރިން ހިމާޔަތްކުރަން ހަދާފަހުރި ގާނޫނުތައް ބަލާބަލަ. ކޯޓުން ދޯ އަމުރު އެކުރަނީ ހައްޔްރުގައި ބަހައްޓަން ނުފެންނަ ކަމަށް. ޖިނާއީ އިޖުރާތުގެ ގާނޫނު ކިޔާލަބަލަ

  2. ޙަސަނު

    ތިޔޮތީ ޖަޒީރާވެފަ

  3. ޖައްލޭ

    ޝާންޓޭ ދޫކޮއްލުމުން އުފާވޭ އެއީ އޭނަކުރި ކުށެއްނަމަ ހިތާމަކުރަން

  4. އަބޯ

    ކޯޓުން ކުރާނެ ކަމެއްނޯންނާނެ .ފުލުހުންނަށް ހެކި ހުށަނޭޅިއްޖެ ނަމަ ގާނޫނުއަސާސީ 52 ގެ ދަށުން ކޯޓުންޖެހޭނީ ދޫކޮށްލަން.

  5. ބުރޯ

    ނާޒިމްގޭގެ ކޮޓަރީގަ އޮތްފިސްތޯލަ ވެސް އެގެއަސް ވަންގޮތެއް ސާބިތުވޭ ނާޒިމް ގެ އެއްޗެއްނޫންކަން ސާބިތެއްނުވޭ . ނާޒިމްގެ އެއްޗެއްކަން ސާބިތެއްނުވޭ ވީމާ ޑްރަގް ގެ ޒިންމާ ނަގާނީ ކާކު ؟ހެކި ހޯދާނީ ކިހިނެތް ؟ އިއުތިރާފަ މިޒަމަނަކު ނުހޯދޭނެ. ވީމާ ސާބިތެއްނުވާނެ.

  6. ޞުރާހު

    ޢިބުރާހިމް ގާޒީގެ އިންސާފުވެރިކަން މެކުހަށް ...އިންސާފުވެރި ޖުޑީސަރީއެއް ފިސާރި މިއޮތީ ލިބިފައި

  7. ބަތޭ

    މީނާ ބޮޑީ ބިލްޑު ކުރާތީ ފުލުހުން ބިރު ގަތީ ކަމަށް ވާނީ...........

    މޮޅެތި މީހުނަށް މޮޅުގޮއި ދެރަ މީހުނަށް ދެރަ ގޮއި

  8. ކުޑޭ

    ސާންޓޭގެ ފޮޓޯއެއް ނެތްކަމީ ތިހަބަރު ގެނެސްދިނުމުގަ ހުރި އުނިކަމެއް!