ވިހޭތާ 19 ދުވަސްވީ ކުއްޖަކު، ހއ. އިހަވަންދޫގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އިހަވަންދޫގައި ތުއްތު ކުއްޖަކު މަރުކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:20 ހާއިރު ލިބިފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވި ކުއްޖާގެ ނަމަކީ އައިޝަތު އަލީޝާއެވެ. މީގެ 19 ދުވަސް ކުރިން އަލީޝާ ނަގާފައި ވަނީ ސިޒޭރިއަން ހަދައިގެންނެވެ. އަދި އޭގެ ފަހުން މިއަދާ ހަމައަށްވެސް އެއްވެސް މައްސަލައެއް ކުއްޖާއަށް ދިމާވެފައެއް ނުވެއެވެ.
މިއަދު ހެނދުނު ކުއްޖާގެ ހަބަރެއް ނެތުމުން އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަކަން އެނގިފައިވެއެވެ. ހޮސްޕިޓަލަށް ކުއްޖާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޭރުފުށުން ކުއްޖާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ އިރު، ، ކުއްލި މަރަށް ދިމާވި ސަބަބު ދަނީ ފުލުހުން ތަހިގީގު ކުރަމުންނެވެ.
ތި މަރުވެސް ތަހުގީގު ކުރަން ފޮނުވަންވީ ސުޢޫދު ކޯމިޝަނަށް