ތ. ތިމަރަފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މީގެ ކުރިން ހަމައެކަނި ދުވާލު ފްލައިޓްތައް ދަތުރު ކުރަމުން އަންނަ ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސުމަށް ގައުމީ އެއާލައިން މޯލްޑިވިއަން ވަނީ ތައްޔާރުވެފައެވެ.

ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ފުރަތަމަ ފްލައިޓް ޖެއްސުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭގައެވެ. އެ ފްލައިޓް ޖައްސާ ހަރަކާތައް ބައެއް މީޑިއާތައް ގެންދިއުމަށްވެސް ނިންމާފައިވެއެވެ.

ތިމަރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައި ވަނީ، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއެވެ.

އެ އެއާޕޯޓްގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދުއްލާ

    ލޯބި އައިޝާއަށް ޝުކުރިއްޔާ.

  2. ބޮކި

    ޔާމީންގެ ފަސްއަހަރުވެސް ނުވިކަމެއް ދޯ !

  3. ތިމަރަ ދަރިއެއް

    ތިޔާގޮތައް ރޭގަނޑު ފްލައިޓް ޖައްސާން ކިޔާތާ މިއަދަށް ވީ ދުވަހެއް ހުދު މޯލްޑިވިއަންއަށް މާދަމާރޭގެ ނިޔަލަށް ގުނާލެވުނަސް އައްސަރިބަހާ ސާބަސް. އެވެސް ހިތުގެ ފުންމިނުން.

  4. އަފީ

    ރައީސް ޔަމީން ސަރުކަރުން ވަނީ ތ.ތިމަރަފުށީ އެއަރޕޯޓް ގައި ނައިޓް ލޭންޑިންގ އަށް ތައްޔަރުކޮށް ނިންމާފައި....އިބޫއަށް އޮތީ މި 5 އަހަރު ރައްިސް ޔާމިން ކުރެއްވި ކަންކަން އަތްޖަހާފައި ހުޅުވުން...ސުކުރިއްޔާ