މާލޭގެ ގެއަކަށް ވަޅި ހިފައިގެން މީހަކު ވަދެ، އެ ގޭގައި ދިރިއުޅުނު 65 އަހަރުގެ އަންހެނަކު ރޭޕްކޮށްފި ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވީނަމަވެސް އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަނާޅާ ކަމަށް އެއިދާރާއިން ބުނެފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" ގައި ބުނެފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު، މާފަންނުގައި ހުންނަ ގެއެއްގައި އުޅުނު އަންހެން މީހަކު ރޭޕްކޮށްފައިވާ ކަމަށެވެ. އަދި އަންހެން މީހާ ރޭޕް ކޮށްފައި އެ ގޭގެ ދެ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓަކަށް ފަތިސް ވަގުތު، ފެންލައިޓުން ވަދެގެން ކަމަށާއި އެކަން ކުރި މީހާ ހުރީ މޫނުގައި މާސްކެއް ވެސް އަޅައިގެން ކަމަށްވެސް ސީއެންއެމްއިން ރިޕޯޓް ކުރެއެވެ.

އާއިލާއިން ސީއެންއެމްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ރޭޕް ކުރުމުގެ އެއްވެސް މައްސަލައެއް އަދި ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ނެތް ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    އެއްވެސް ރިޕޯރޓެއް ކުރާނެ ކަމެއް ނެތް އެތަނުން ބަލާނީ ހަމައެކަނި ލާދީނީ މީހުނަށް އަންނަ އިންޒާރު އެކަނި

  2. Miadhu

    ހުށައަޅައިގެންވާނީ ކޮންކަމެެއް އެމްޑީޕީ މީެއްވިއްޔަ އަދިއަމުދުން ކަމެއްނުވާނެ އިތުރު ފުރުސަތާއި ހިއްވަރު އިތުރުބަޔަކަށްލިބޭނީ