އައްޑޫ ހިތަދޫގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އައްޑޫ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ތެރެއަށް ވަދެއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގި ވަގުުތު ކާރު ދުއްވަން އިނީ އަންހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ޔޫޓާންއެއް ނެގުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ބްރެކިގެ ބަދަލުގައި ރޭސްކުރެވިގެންނެވެ،

މިހާދިސާގައި ބޭންކްގެ ބިއްލޫރިގަނޑު ތަޅާގެން ގޮސްފައިވާއިރު، އެއްވެސް މީހަަކަށް ގެއްލުމެއް ލިބިފައިއެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 14:20 ހާއިރުއެވެ.

އައްޑޫ ސިޓީއަކީ އާންމުކޮށް ކާރު އެކްސިޑެންޓުތައް ގިނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް އެ ރަށުގެ ލިންކް ރޯޑަކީ ބޮޑެތި އެކްސިޑެންޓްތަކެއް ހިނގާ، ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެސް ދިމާވެފައިވާ މަގެކެވެ. އެ ސަރަހައްދުގައި އެކްސިޑެންޓްތައް މަދު ކުރުމަށް ފަހަކަށް އައިސް ފުލުހުން ދަނީ މަސައްކަތައްވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަސީދު

  ތި ވާނީ ޖީކޭ ހޯދަން ވަނީ ކަމަށް

 2. ޖަހާންގީރު

  އަލްޙަމްދިލިﷲ !

 3. ވަހީދު

  ނުހުޅުވާ އޮތް ރަންވޭއަކަށް ވެސް މަތިންދާ ބޯޓެއް ޖެއްސި އޮޅުމަކުން. ކޮބާ މައްސަލައަކީ.

 4. ބާރޑް ބޮކްސް

  ތިވާނީ "ބާރޑް ބޮކްސް" ޗެލެންޖް ޖެއްސީ ކަމަށް..

 5. ޟިިނަ

  ގަޑި ރަނގަޅުކޮށްލުމަށް