ޕީޕީއެމްގެ މައްސަލައިގެ ތެރެއަށް ވަނުމަށް ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ނިންމައިފިއެވެ.

ޕީޕީއެމްގެ ބާރުތައް، މައުމޫނާ ހަވާލުކޮށްދިނުމަށް އެދި އާންމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ތެރެއަށް މައުމޫންގެ ފަރާތްޕުޅުން ތަދައްޚުލްވާން މިއަދު ވަނީ ނިންމާފައެވެ.

ޕީޕީއެމްގެ ހިންގުން މައުމޫންއާ ހަވާލުކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ އަލީ އަހުމަދު އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުން އެ މައްސަލަ ނަގައި ބަލަން ފަށައިފައެވެ. އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ބާއްވާފައެވެ.

ސްޕްރީމް ކޯޓުގައި ޕީޕީއެމްގެ މައްސަލަ އޮތް އިރު، މިހާރު އެޕާޓީގެ ލީޑަރު، ކުރީގެ ރައީސް ޔާމީނާއި، އޭނާއަށް ތާއިދުކުރާ މެމްބަރުން ދަނީ އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވަނީ އިލެކްޝަންސްއިން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނަގައި، ފޯމްވެސް ފުރިހަމަކޮށް ހުށަހަޅާފައެވެ.

ރައީސް ޔާމީން ބުނެފައި ވަނީ އާޕާޓީއެއްގެ މަސައްކަތް ކުރަމުންދަނީ ކޯޓުގައި އޮތް ޕީޕީއެމްގެ މައްސަލަ ވަކި ގޮތަކަށް ނުނިމި އޮތުމުން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Miadhu

    މައްސަލައިގެ ތެރެއަށް ތަދައްޚަލެހްނޫން ތަހައްމަލްނުވިއަސް ކޯޓްތަލުގަ އެގަޑިޔާރުން ތިބިއްޔަ އެޕާޓީ ކަލެއަށްދޭނެ ޖަބިރުބުނާ 29 މިލިއަންރުފިޔާ ބާހަދިންގޮތުން ވިއްޔަ

  2. ލައިލާ

    މައުމޫނަށް ތިއޮތީ ޕާޓީ! ކަފުނާއެކު ދާއިރުވެސް ދޫނުކުރާތި!

  3. ޙުސެން

    ސާބަހޭ ޒައީމް
    ޔާމިންކައިރީގަ އޭރުވެސް ބުނިން ކުޅަނދުރަށް ގާ ނޫކާށޭ، ކަށިޖަހާނޭ. ދެން މަހަނައޭ ނުކިޔާ ގޭގައި ރޯން އޮވޭ. ޒަޢީމް އެދަނީ ފޮޅިލާފަ ކުރިއަށް. ދެންއޮތީ ގޮޅި

  4. ވަގު ވޯޓު

    މަޣުމޫން ވަންނާނެ ތިކަހަލަ ކޮމްމެ ހަނިދޭތެރެޣަކަޣް

  5. ޏ

    ޕީޕީއެމް މައްސަލައިގެ ތެރެއަށްމައުމޫން ތަދައްޚުލްވާން ތާއީދެއް ނުކުރަމެވެ

  6. ރާބެ

    "ތަދައްޚުލް މައުމޫނު" ލަގަބެއް ގޮތުގަ ދޭންފެނޭ. ހުރިހާ ތާކަށް މީނާ އެބެ ބޭނޭ. ކޯޓެއްގަ މީހަކު އިނދެ ވަރި ކުރާއިރުވެސް އަދި ތަދައްޚުލްވާން ފަށާނެ.

  7. عبدالله

    ޕީޕީއެމުގެ ބާރުތައް ރައީސް މައުމޫނާއި ޙަވާލުކުރުމުގެ ކޯޓްއަމުރަކަށް އެ ޕާޓީގެ އާންމު މެމްބަރެއް ކަމަށްވާ އަލީ އަހުމަދު ހުށަހަޅާފައިވާ މައްސަލާގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން ތަދައްޚުލުވުމޭ ބުނެވޭ ބަހުގެ މާނައަކީ، ކޮބައިތޯ ސުވާލުއުފެދެއެވެ. އެހެނީ، ދަޢުވާއަކީ، އެހެން މީހެއްގެ ފަރާތުން ތިމާއަށް އޮތް ޙައްޤެއްގެ ވާހަކަ ތިމާ ބުނެފާޅުކުރުމެވެ. ވީއިރު، ރައީސް މައުމޫނުގެ ފަރާތްޕުޅުން ހުށަހަޅަންޖެހޭ ދަޢުވާއެއް އެހެން މީހެއްގެ ފަރާތުން ހުށަހެޅުމުން ރައީސް މައުމޫނުގެ ފަރާތްޕުޅުން އެދަޢުވާގައި ތަދައްޚުލު ވުމަކީ، ޤާނޫނީގޮތުން ސުވާލުއުފެދޭ ކަމެކެވެ. އަދި އެހެންނޫނަސް، މިސާލަކަށް ޖުމުހޫރީ ޕާޓީއަކީ، ޤާސިމް އިބްރާހީމުގެ ޙަޤީޤީ އުފެއްދުމެކެވެ. އެހެންނަމަވެސް ޖުމުހޫރީ ޕާޓީގެ މެންބަރުންގެ ތެރެއިން ގިނަބަޔަކު ބޭނުން ވެއްޖެ ހިނދެއްގައި ޤާސިމް އިބްރާހީމް ބޭނުން މަޤާމެއްގައި ނުބެހެއްޓުމުގެ ފުރިހަމަ އިޚްތިޔާރު ޖުމުހޫރީ ޕާޓީގެ މެންބަރުންނަށް ލިބިގެންވެއެވެ. އަދި އެޕާޓީގެ ހަމަތަކާއި އުޞޫލުތަކާއި ޤަވަޢީދުތަކާއި އެއްގޮތަށް ޤާސިމް އިބްރާހީމްވެސް ކަންތައްތައް ނުކޮށްފިނަމަ އެޙަލަތުގައި ޤާސިމް އިބްރާހީމް ޖުމްހޫރީ ޕާޓީގައި ނުބެހެއްޓުމުގެ ވަކިކުރުމުގެ ބާރުވެސް ލިބިގެންވަނީ، ޕާޓީއަށެވެ. ޕާޓީގެ މެންބަރުންނަށެވެ.