ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއް އެތައް މިލިޔަން ރުފިޔާއަކަށް ހިޔާނާތްތެރިވި ބޮޑު މައްސަލައެއް ބަލަން ފަށައިފިއެވެ.

އެ ހިޔާނާތުގެ ވާހަކަތައް ފުރަތަމަ ފެންމަތިވީ މީސް މީޑިއާގައެވެ. އަދި އެކަން ބީއެމްއެލްގެ އިންޓާނަލް އޮޑިޓުން ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެެ.

މީސް މީޑިއާގައި މިހާރު ދައުރުވެފައިވާ ވާހަކަތައް ބަލާއިރު، އެ ބޭންކުގެ މުވައްޒަފުންތަކެއް ވަނީ އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެެއް ބޭންކުން ދީފައެއް ނުވެއެވެ.

ބީއެމްލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިގޮތުގައި، އެ ބޭންކުގެ އެތެރެއިން ހިނގާފާނެ ނުރަނގަޅު ކަންތައްތަކާއި އިހުމާލުތައް ދެނެގަތުމަށް ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލުތަކެއް ގާއިމުކޮށްފައިވާ ކަމަށެވެ.

އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފުކަމެއްކޮށްފިނަމަ ތަހްގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނުރަބޯ

    ސުބްޙާނަﷲ. ކަސްޓަމަރުންގެ އެކައުންޓްތަކުންވެސް އެމީހުން ވަށްކަންކޮށްފަ ހުރެދާނެ. މިގައުމުގަ ދެން އުޅޭނެ ކަމެއްނެތް އަވަހަށް ޖާނާއިގެން ބަޗަންވީ.

    • އަލިކޮއި

      މިހާރުވެސް ލަސްވެއްެޖެ ތިކަން ކުރަން

    • އަހްމަދު

      ހުރެދާނެޔޭ؟ މީހުންގެ އެކައުންޓްތަކުން މުޅިން ވައްކަންކުރަނީ ތިޔަބައި މީހުން. މީހުންގެ އެކައުންޓްނަމްބަރު ހޯދަން ގުޅަނީވެސް އެމީހުން.

  2. ކޮޅުކެހި

    އެހެންނުވާނީ ޤައުމުގެ އިސްވރިޔަކަށް ހުރިވަގެއް ދެންވާނެ ހުރިހާގޮތެއް ތިވީ.

  3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އަވަހަށް ޕޯޑިއަމް ތަކަށް އަރާ ކުރީގެ ސަރުކާރަށް ބަވާ، އެމްޑީޕީއަށް ސަނާކިޔަންފަށާ. އޭރަށް ސަލާމަތް ލިބުނީ.

  4. އަހްމަދު

    ވަރަށް ރަނގަޅަށް ތިކަންތައް ދެނެގަނެވިފާ އެބަހުރި. މީޑިޔާގައި ފަޅާއަރުވާލުމުގެ ކުރިން ކީއްވެތޯ ތިޔަ ހަރުދަނާ ފިޔަވަޅުތަކުން މިކަންކަން ނޭގުނީ. މޮޅުވާހަކަ ނުދައްކާ. ދިވެހި ރާއްޖޭގައި ބޭންކަނުންކުރި އެންމެބޮޑު ވައްކަންވެސް މީގެ 15ވަރަކަށް އަހަރުކުރިން އުމަރުއާކޭޑުޝޮޕިން ސެންޓަރުގައި ތިޔަބޭންކު ހިންގިއިރު އަންހެންމުއައްޒަފަކު ވަނީ މީހެއްގެ ކޭޝްކާޑެއް ބޭނުންކޮށްގެން އެތައްލައްކަ ރުފިޔާއެއް ވަގަށްބޭނުންކޮށްފާ. މީހުންގެ ކޭޝްކާޑުގެ ނަންބަރު ހޯދާގެން މަކަރުން ފައިސާ ނަގަނީވެސް ހަމަ ކާޑުސެންޓަރުގައި އުޅޭމީހުން. ޚާއްޞޮކޮށް ބޭންކުގެ އައިޓީމީހުން.

  5. ބމލ

    ބޭންކުން ގެދޮރު އިމާރަތް ކުރުމަށް ނަގާ ލޯނު ހަމަޖެއްސުމަށް، އަވަސްކުރުމަށް ލޯނު ޑިޕާރޓްމަންޓް މުވައްޒަފުން ކަޓަށް ނަގާވަރު ބޭންކް ގެ ރިސްކުން ބަލަނީ ކިހާވަރަކަށް ތޯ؟

  6. ޖަހާންގީރު

    ދިވެހީންގެ ބޭންކް ދިވެހީންނަށް ކަންތައްތައް ސިއްރުކުރަނީ ކީއްވެތޯ ދިވެހީންނަށް ޖެއްސުންކުރަނީ ކީއްވެތޯ އަމްދުން ހުޅުމާލޭގަ ވާ އެހެރީ ބުރާންޗެއް !

  7. ޙަސަނު

    ތިކަން ސިއްރުކޮށްގެން ބީ އެމް އެލް އިން އެއުޅެނީ ބޮޑުން ފޭވަރކުރާ ބަޔަކު ތިކަމުގަހިމެނޭތީ ލޯބިލޯބޮކޮށް ސްމައިލް ކޮށްލާ އިރަށް ޕްރޮމޯޝަން ލިބޭކަމަށްވަނީ އަންވިޔަސް ފިރި ވިޔަސް

  8. މަތިވަށް

    ބޭންކް އޮފް މޯލްޑިވްސް ގަ ތިބެނި މުޅިންވެސް ވަގުފާރި ކުރާ މީހުން، ކަޝްޓަމަރުންނައް އޮޅުވާލާގެން އެ މީހުންގެ އެކައުންޓް ތައް ބޮޑުކުރަމުން ގެންދަނީ އެތަނުގެ ބޮޑުންނައް ވެސް އެނގިގެން، އެ މީހުންނައް ވެސް ބައެް އަޅާގޮތައް،
    މީ ހަގީގަތް ދެން ކޮން އޮޅުވާލުމެއް،
    ބެންކް ބަންދު ކުރަންވީ ވަގުތުން

  9. ސަޒަން

    ރަނގަޅެއްނު އަހަރެމެންގެ ބޭންކް ވައްކަމުގެ ހާއްޔަކަށްވީ!!! ފައިސާކޮޅެއް ހުރިއްޔާ އެންމެންވެސް އެމް އައި ބީ އަށް ލާންފެނޭ!