އިލެކްޝަންސް ކޮމިޝަންސް އާ ދެކޮޅަށް ދައުވާކުރަން ޕީޕީއެމުން ނިންމައިފިއެވެ.

އެ ޕާޓީން އިލެކްޝަނާއި ދެކޮޅަށް ދައުވާ ކުރަން ނިންމާފައި ވަނީ ދެ މައްސަލައަކާއި ގުޅިގެންނެވެ. އެއީ އެ ޕާޓީއަށް ފައިސާ ދޫނުކޮށް ހިފެހެއްޓި މައްސަލަ އައި، ޕާޓީތަކުގެ ޕްރައިމަރީ ވަކި ތާރީހެއްގެ ކުރިން ބާއްވަން އިލެކްޝަންސް އިން އެންގި މައްސަލައާ ގުޅިގެންނެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުން ދާދި ފަހުން އިސްތިއުފާ ދިން މުހައްމަދު ހުސެއިން ޝަރީފު (މުންދު) "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ވިދާޅުވިގޮތުގައި، ޕީޕީއެމަށް ލިބެން ޖެހޭ 8.5 މިލިއަން ރުފިޔާ އިލެކްޝަނުން ހިފަހައްޓާފައި ވަނީ އެއްވެސް ގާނޫނީ އަސާސެއްގެ މައްޗަށް ނޫނެވެ.

"އިލެކްޝަނުން އެ ފައިސާ ހިފަހައްޓައިގެން އެ އުޅެނީ ގާނޫނާ ޚިލާފަށް. އެކަން ނުވެސް ކުރެއްވޭނެ." މުންދު ވިދާޅުވި ވަންއަށް ވިދާޅުވިއެއެވެ.

އިލެކްޝަންސް އިން ބުނިގޮތުގައި، ޕީޕީއެމްއަށް ޤާނޫނުން ލިބެންޖެހޭ ފައިސާގެ ތެރެއިން ބައެއް ފައިސާ ހިފެހެއްޓިފައި ހުރީ، ޕީޕީއެމްގެ ލީޑަރޝިޕާ މެދުގައި ސުވާލު އުފެދިފައިވާތީ، އެ ޕާޓީގެ ލީޑަރޝިޕާ މެދުގައި ކޯޓުގައި އޮތުމުންނެވެ. އަދި ، އެ ޕާޓީއަށް ލިބެންޖެހޭ ފައިސާ ހަވާލުކުރެވޭނީ އެ މައްސަލަ ނިމުމުންކަން އެ ޕާޓީއަށްވެސް ވަނީ އަންގާފައެވެ.

އިތުރަށް މުންދު ވިދާޅުވިގޮތުގައި، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ އަކީ ޕާޓީ ތަކުގެ އެތެރޭގެ ކަމެއް ނަމަވެސް، އެކަން މިހާރު ޕްރައިމަރީ ބާއްވަން ޖެހޭ ތާރީޚުވެސް ކަނޑަ އަޅަނީ އިލެކްޝަނުން ކަމަށެވެ. އެހެން އެކަންތައް ކުރަނީ ގަސްދުގައި އެހެން ނިޔަތެއްގައި ކަމަށް މުންދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގލޅ

    ޕީޕީއެމް އިން އިލެކްޝަނާދެކޮޅަށް ދައުވާކުރުމަށް
    ތާއީދުކުރަމެވެ

  2. ހަސަނު އަލީ

    ދެލޯފުޅާ ކޮމިޝަނަރ އަކީ ތިމަރަފުށީ ފައްކާ

    ބޮޑު ... ކިތަންމެ ވަރަކަށް އެއްޗެތި އެޅިޔަސް

    ނުފުރޭނެ ޖާޑިޔެއް.

    ދެން މިއޮތީ ހުސްނުސޫދުގެ ހުކުމް ޖަންގަލީގެ

    ޤާނޫނު. ކަނޑުގެ ޙުކުމް. ޝަރީއަތް މިއޮތީ

    ކުރެވިފަ.

  3. މަސްވެރިޔާ

    އިލެކްޝަން ކަމިޝަންގެ މެންބަރުންގެ ސުލޫޚީ މިންގަޑާއިބެހޭގޮތުން ސުވާލް އުފެފޭ، 5 މެންބަރުންނަށް ހީވަނީ މި 5 މީހުން ބޭނުންގޮތަކަށް މިނިވަން މުއައްސަސާއެއް ހިންގިދާނެހެން، ބައެއްފަހަރު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓެއްވާކަންވެސް ހަދުމަނެތިދާ ހިސާބުގައިވާ ކަހަލަ؛ ދިވެހިރާއްޖޭގެ ޕާޓީ ނިޒާމަށް ވަރަށް ފަރުވާތެރިވެ ކަންކަން ހިގާގޮތް ބައްލަވާ އަދި އެކަމަށްބޭނުންވާ ޤާނޫނީ ފަރުވާ ދެއްވުމުގައި ސްޕްރީމް ކޯޓް ވަރަށްބޮޑް މަސައްކަތްޕުޅުތަކެއްކޮށްފަވީ އަދި ކުރިއަށްއޮތް ތަނުގަވެސް އެކަން ހިނގާނެކަނަށް ރައްޔިތުން ޤަބޫލް ކުރޭ. ވީމާ ވަކި ޕާޓީއަކާއި ޖެހިގެން އުޅޭނަމަ ނިޒާމް ރަގަޅު ނުކުރެވޭނެ. ދައުލަތުގެ މުޅި ބަޖެޓްގެ 1% ޕާޓީތަކަށް ރައްޔިތުން ޚަރަދުކުރޭ.