ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހުޅުވާލައިފިއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ޑިޕާޓްމެންޓަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ ފޯމު އެ ޑިޕާޓްމެންޓުގެ ވެބްސައިޓުންނާއި، lawyers.mv އިން ލިބޭނެއެވެ.

ވަކީލު ކަމުގެ ހުއްދަ ލިބޭނީ ވަކި ބާވަތްތަކެއްގެ ކުށް ސާބިތުނުވާ، ޑިގްރީއެއް އޮތް މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު