މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ.މަތިވެރި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މަތިވެރީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަދު 12:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ.

މަތިވެރި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، މަތިވެރި ބަނދަރު ސަރަހައްދުން އެމީހާ ހުއްޓުވި ވަގުތު އަތުގައި އޮތް ސިޓީ އުރައެއް ބިންމައްޗަށް ވައްޓައިލުމުން، އޭނާގެ ހާޒިރުގައި އެ ނަގައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ މައްސަލަ އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރާވާގެން ކުރާ ކަންތައްތައް ދޯ...!?

  2. ޙަގީގަތް

    ތިގޮތަށް މަސްތުވާތަކެތި އަތުލެވޭނެ ވަރަށް ފަސޭހއިން ލ.އަތޮޅަށް ދާ ފެރީ ލޯންޗްތަކާ ބޯޓްތަށް ފުލުހުންގެ އިޙްލާސްތރިކަމެއްހުރިއްޔާ ހާއްސަކޮށް މައިބާދޫގަ ޖައްސާ ލޯންޗްތަށް ޗެކް ކޮށްލާފިއްޔާ މީ އިގިހުރެ ބުނާއެއްޗެއް މުޅި އަތޮޅަށް ޑިސްޓިބުޔުޓް ކުރާ މައިމަރުކޒަކީ މައިބާދޫ