މޯލްޑިވްސް ޑިމޮކްރެޓްސް ޕާޓީ، އެމްޓީޑީއާ އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު ގުޅިއްޖެއެވެ.

"ވަގުތު" އާ ވާހަކަދައްކަވަމުން އެމްޓީޑީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން، ރޭ އެކަނިވެސް 600 އަށްވުރެ ގިނަ ފޯމް ޕާޓީއާއި ހަވާލުކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ތަރުހީބުތައް ލިބެމުން މި ދަނީ އަދީބް ކުރަމުންދާ ސްޓްރަގްލްއިން. އެމަނިކުފާނުގެ ހިތްވަރުން ހިތްވަރު ލިބިގެން". ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރަށްރަށުގެ އިތުރުން، މާލެއިންވެސް ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީއާ ގުޅުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަަމަށެވެ. އަދި ގިނަ އަދަދެއްގެ ފަރާތްތަކުން އެ ޕާޓީއާއި ގުޅިވަޑައިގެންފައިވާކަމަށްވެސް ވިދާޅުވިއެވެ.

އެ ޕާޓީއާއި ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ޕާޓީ އޮފީހަށް ވަޑައިގެންވެސް ފޯމް ފުރާލެވޭނެއެވެ. އަދި އެ ޕާޓީގެ ފޭސްބުކް ޕާޖް މެދުވެރިކޮށް މެސެޖްކޮށް، އައިޑީ ކާޑު ކޮޕީ ފަދަ ތަކެތި ގެނެސްދިނުމުން ފޯމް ބަލައިގަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އާދަނު

  އަދީބޭ ކޮރަޕްޝަނޭ ގޮވި ބައިގަނޑު ކޮބާ؟ ތިކަމުންވެސް އެނގެނީ ދިވެހިންނަށް ކޮރަޕްޝަނަކީ މާ ބޮޑު ކަމެއް ނޫންކަން.

 2. ޕީޖޭ

  ކިތައްމެ ގިނަ ފޯމުތައް ހުށަހެޅިކަމަކު އަދީބު އިސްވެ ހުންނަ ޕާޓީއަކަށް ދިވެހިން ތާއީދެއް ނުކުރާނެ..ފައިސާ ދީގެން 10 ޕާޓޭން މަގުމައްޗަށް ނިކުތުމަކުން އަދީބު ހުދުކާފޫރަށް ނުވާނެ..

 3. ދދދދ

  ހުރިހާ ވަގުން އެއް ޕާޓީ. ހުރިހާ ލާދީނީންނާ ގޭންގް ތައް އެއް ޕާޓީ. ހިފާ ގަދަވާ ބައެއް ބަލަން މިތިިބީ.

 4. ފިލޯ

  600 ބަންގާޅި މީހުންތަ؟

 5. ގާސިމު

  މިސޮރުވެސް ހިތް ފުރިއްޖެ ކަމަައްވަނީ އަދީބުގެ ލާރިގަނޑުން

 6. ޞދ

  ކޮރެކްޓު ޕާޓީ ރަތްޔެތުންމަޑަކުންނުތިބޭނެ