މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ބުނެފައި ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި، އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1084809469035347968

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައި ވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވާވު ސޯޓް ވާ

    ގައިމު ފާއިތުވި 5 އަހަރުވެސް ތި ޖެނެޜޭޓަރ ތައްބޭނުން ކުރީ. އޭރު 3 އިރު ކާ ބޭހެއްހެން ކަރަންޓެއް ނުދޭ. ޢެމްޑީޕީ އެކްޓިވިސްޓުން ކުންފުންޔާ ހަވާލުވެ ނުހުންގިގެން މިއުޅެނީ

  2. ޢަލީ ހަމީދު

    ނުކެޑޭނެ. މުގުނީ އުލެނީ އެހެން ކަމަކު..

  3. އިބްރާ

    ވައުދެއް ތޯއްޗެއް

  4. ކަރަންޓު

    6 ޖެހިއިރު ދިޔަގޮތަށް އަދިވެސް ނުލިބޭ

  5. Anonymous

    ކިހާ ބޮޑު ބަލާއެއް މީދެން

  6. ނާދިރާއްތަ

    ތިގޮތަށް ތޯ ކަރަންޓު އަގުހެޔޮކުރަން ރާވާފަ އޮތީ. ޔަގީނުންވެސް ކަރަންޓު ބިލު ކުޑަވާނެ

  7. ޝީނު

    ޖަޒީރާ ރާއްޖޭގަ ފުޅިބައްތިން ފުދޭނެ ކީއްކުރާ ކަރަންޓެއް

  8. ކަޅުސޮރު....

    މަނަދޫ ވެސް ލިސްޓަށް އިތުރު ކޮށްބަލަ... ޝައްމު..

  9. 100ދުވަސް

    ކަރަންޓް ދިޔަތާ ތިން ގަޑި އިރުވީ.. ތި ބުނާ 1 ގަޑި އިރު ގުނަނީ ރަސްމީ ގަޑި އެކަނިތަ އަނެއްކާ؟

  10. އިބްރާހިމް

    މިހާރު މިފެންނަގޮތަށްބަލާއިރު 5 އަހަރު ވެރިކަމުގައި ހުރެވޭނީ ރައްޔިތުން ބަނދެފައި ފައިތިއްބައިގެން ކަމަށް ލަފާކުރެވޭ.

  11. Anonymous

    ޖަޒީރާ ވަަންތަ ވީމަ އެހާ އަލިގަދައެއް ނުވާނެ. ބޯގަޅިވީމަ ބޯކާނެ. ތެޔޮއަގުހެޔޮކަރަންޓްވެސް އަގުހެޔޮ.