އިންޑިއާ ކަނޑުގެ ވަކި ގައުމަކަށް ސަރަހައްދީ ބާރުވެރިކަން އިތުރުކުރަން ރާއްޖެ އިން މަސައްކަތް ނުކުރާނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އިންޑިއާގެ ނޫހެއް ކަމަށްވާ "އިކޮނޮމިކް ޓައިމްސް" އަށް އީމެއިލް މެދުވެރިކުރައްވާ ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ވަނީ އިންޑިއާ އާއި އެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރައްވާ، އިންޑިއާ ސިފައިން ބޭނުންވާ ގޮތަކަށް ބޭނުންވާ އަދަދަކަށް ރާއްޖޭގައި ތިބުމުގެ ހުއްދައެއް ދެއްވާ، އަދި އިންޑިއާ އިން 21 ބިލިއަން ރުފިޔާގެ ލޯނެއް ނެގުމަށް އެއްބަސްވުންތަކުގައި ސޮއި ވެސް ކުރައްވާފައެވެ.

ނަމަވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއެރުވުމުގެ ފުރުސަތެއް އިންޑިއާ އަށް ވެސް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

"ކުރިއަށް އޮތްތަނުގައި ވެސް ސިއްހީ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާ އިން އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާ އިން ރާއްޖެއާއި އިންޑިއާ އިން ގުޅުން ބަދަހި ކުރާނަން. ވިޔަފާރީތައް އިތުރުވަމުންދާ ވަރަކަށް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރަން ޖެހޭނެކަން ރާއްޖެ އިން ގަބޫލު ކުރަން. ނަމަވެސް އެއްވެސް ގައުމަކަށް ރާއްޖޭގެ ސަރަހައްދެއް ނުދޭނަން. އިންޑިއާ އަށް ވެސް އެފުރުސަތެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މާލީ މައްސަލަތައް އިންޑިއާ އަށް އެނގިވަޑައިގެން އެކަމުގައި އިންޑިއާ ސަރުކާރުން އެހީތެރިކަން ދެއްވާތީ ވަރަށް ބޮޑަށް އިންޑިއާ އަށް އެމަނިކުފާނުގެ ސަރުކާރުން ޝުކުރު އަދާކުރައްވައެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާއި ޑިމޮކްރަސީގެ އުސޫލުތަކާއި އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމުގައި ނިމިގެން ދިޔަ ސަރުކާރުން ކޮށްފައި ހުރި ކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާ ޑިމޮކްރަސީ އަލުން އިއާދަ ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ވަކި ގައުމެއްގެ ބާރުވެރިކަން އިތުރު ކޮށްދިނުމަށް މަސައްކަތެއް ނުކުރާނަން ކަމަށް ރައީސް ޞާލިހް ވިދާޅުވިއިރު ފެންނަމުންދާ މަންޒަރަކީ އެމަނިކުފާނުގެ ސަރުކާރުން އިންޑިއާ އާއި ހާއްސަ ގާތް ގުޅުމެއް ބާއްވާ، ފާއިތުވި ހައެއްކަ އަހަރު ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަން އެންމެ ބޮޑެތި އެހީތައް ވަމުން އައި ޗައިނާ އާއި ގުޅުން ކުޑަކޮށްފައިވާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖިންނި

  މަސައްކަތެއް ނުކުރޭ ފުރަތަމަވެސް ޑީލް ހަދާފަ އަޅުވެތި ކުރުވީ ހެލިކޮޕަޓަރުތައް ބަހައްޓަން އެއްބަސްވީ ލާދީނީ ސެކިއުލަރ ރީނދޫ ބައިގަނޑު

 2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ބްރޯ ބަހާ އަމަލާ ދިމާނުވެޔޭ.. އަދިވެސް ދުލުންތިބުނަނީ ތިހެން.. އަމަލުން ފެންނަނީ ބުނާ އެއްޗާ ދިމާއިދިކޮޅަށް ކަންކުރާތަން.. ހަގީގަތް ފެންނަނީ ލޮލަށް.. އަދިވެސް ރައްޔިތުން ގަބޫލުކުރަންވީ ތިދައްކާ ވާހަކަ؟؟

 3. عبدالله

  މިރާއްޖެއަކީ، އަބަދުވެސް ނާށިގަނޑު ހިފައިގެން ސަލާން ޖަހަމުންދާ ޤައުމެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ، މިރާއްޖެއަށް ލިބެމުންދާ ޢާންމުދަނީއާއި ނުބައްދަލު ޚަރަދުތަކެއް މިރާއްޖޭގައި ކުރަމުންދާއިރު، ލިބޭމިންވަރަށް އެއްވެސް ބެލުމެއްނެތި އެކަން ކުރަމުންދާތީ ކަމަށްވާއިރު، ދައުލަތުގެ އިސްރާފުބޮޑުވެ، އަދި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަން އިތުރުވެ، މާބޮޑު ބޭނުން އޮތަސް ނެތަސް ސިޔާސީ މަޤާމުތައް އިތުރުވަމުންދާ ދިޔުމުގައި ޙައްދު ފަހަނައަޅައި ގޮސްފައިވާއިރު، މިރާއްޖެ ސަރުކާރަކީ، ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ހިންގާ ސަރުކާރެއް ކަމަށް ނުބަލާތީއެވެ. އަދި މިއީ މިރާއްޖޭގައި ތަކެތީގެ އަގާއި ޚިދުމަތުގެއަގު އިންފްލާޓްވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްވާއިރު، އަތްފޯރާ ފަށުގައި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށް ދެއްވުމުގައި ސަރުކާރުގެ އެއްވެސް ޤާނޫނީ ބާރުވެރިކަމެއް ރަނގަޅު ނުފޫޒެއް ނޯންނައިރު، އެމީހަކު ނުވަތަ އެބަޔަކު ވިއްކާނެ އަގެއްގައި ކާބޯތަކެތި ވިއްކަމުންދާއިރު، މިރާއްޖޭގައި ގިނައީ އަނގަޔާއި އަތާއި ދިމާނުވާ މީހުންނެވެ.

 4. ރަޙުމާ އަޙުމަދު

  ދެބޯގެރި ދުއްވަނީ. ރާއްޖޭގައި މިހާރު އިންޑިއާގެ ހަން އޮތީ ފަތުރާފަ. ލ. އަތޮޅުގައި އިންޑިއާ ސިފައިން މިނިވަންކަމާއެކު ހިތުހުރި ގޮތަކަށް އުޅެމުން އެ ގެންދަނީ. އަނެއްކޮޅުން ދިވެހިރާއްޖޭގައި އަދި ޚާއްޞަކޮށް ލ. އަތޮޅުގެ ތަރައްޤީއަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ޗައިނާ ފެޔަށް ޖައްސަމުން އެ ގެންދަނީ. ލ. އަތޮޅުގެ ރައްޔިތުން ވިސްނަން ނުޖެހޭބާ؟

 5. عبدالله

  މިރާއްޖެއަކީ، އަބަދުވެސް ނާށިގަނޑު ހިފައިގެން ސަލާން ޖަހަމުންދާ ޤައުމެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ، މިރާއްޖެއަށް ލިބެމުންދާ ޢާންމުދަނީއާއި ނުބައްދަލު ޚަރަދުތަކެއް މިރާއްޖޭގައި ކުރަމުންދާއިރު، ލިބޭމިންވަރަށް އެއްވެސް ބެލުމެއްނެތި އެކަން ކުރަމުންދާތީ ކަމަށްވާއިރު، ދައުލަތުގެ އިސްރާފުބޮޑުވެ، އަދި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަން އިތުރުވެ، މާބޮޑު ބޭނުން އޮތަސް ނެތަސް ސިޔާސީ މަޤާމުތައް އިތުރުވަމުންދާ ދިޔުމުގައި ޙައްދު ފަހަނައަޅައި ގޮސްފައިވާއިރު، މިރާއްޖޭގެ ސަރުކާރަކީ، ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ހިންގާ ސަރުކާރެއް ކަމަށް ނުބަލާއިރު، މިއީ މިރާއްޖޭގައި ތަކެތީގެ އަގާއި ޚިދުމަތުގެއަގު އިންފްލާޓްވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްވާއިރު، އަތްފޯރާ ފަށުގައި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށް ދެއްވުމުގައި ސަރުކާރުގެ އެއްވެސް ޤާނޫނީ ބާރުވެރިކަމެއް ރަނގަޅު ނުފޫޒެއް ނޯންނައިރު، އެމީހަކު ނުވަތަ އެބަޔަކު ވިއްކާނެ އަގެއްގައި ކާބޯތަކެތި ވިއްކަމުންދާއިރު، މިރާއްޖޭގައި ގިނައީ އަނގަޔާއި އަތާއި ދިމާނުވާ މީހުންނެވެ.

 6. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

  އަރަނިވެރިޔާ (ދަރަނި ދޭމީހާ) ގެ މައްޗަށް އެއްވެސް ނުފޫޒެއް ބާރެއް ނޯންނަ މީހަކީ، ދަރަނި ވެރިޔާއެވެ. ޔަޢުނީ، ދަރަނި ވެރިވުމަށް ވުރެ ބޮޑު ނިކަމެތި ކަމެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. އެބަހީ، ދަރަނިވެރި ވުމަކީ، ފާފައެކެވެ. އެފާފައިގެ ކައްފާރާއަކީ ދަރަނި އަދާކުރުމެވެ. އެމީހެއްގެ ފަރާތުން އަދާކުރަންޖެހޭ ދަރަންޏެއް އަދާނުކޮށް އޮތްވައި އެމީހަކު މަރުވެއްޖެނަމަ، އެމީހަކު ކައްވަޅުގައި ބޭއްވުމުގެ ކުރިން އެދަރަނީގެ ކަންތައްތައް އަރަނިވެރިޔާ ރުހޭ ފަދައަކުން މައްޔިތާގެ ފަރާތުން ނިންމައިދޭން ޖެހޭނެއެވެ. މިގޮތުން މިފަދަ ދަރަންޏެއްގައި ޖާމިނުވާ މީހާ ވާހުށީ ދަރަޖަ އުފުލިގެންވާ މާތް މީހަކަށެވެ.= والله فى عون العبد ما دام العبد فى عون اخيه = صلى الله عليه وسلم މިޙަދީސް ބަސްފުޅުގައި އެކުލެވިގެންވާ މާނައަކީ، އަޅާ އޭނާގެ އަޚާއަށް އެހީވާހައި ހިނދެއްގައި އެ އަޅައަށް އެހީވުމުގައި މާތް ﷲ ވޮޑިގެންވެއެވެ. ވީމާ، މިއުޞޫލުން މިކަން ކުރެވޭނީ ސަހަރާގައި ނުވަތަ ޤަބުރުސްތާނުގައި ސާބިތުދަރަނީގެ ދަފުތަރު ބާއްވައިގެން ކަމަށްވާނަމަ، އެކަން ނުކޮށް ފަރުނުޖެހޭނެއެވެ.

 7. ސަމާލް

  އިންޑިއާ އަޅުވެތިކަމުގެ ދަށުގަ އެމީން ބުނާހާ ގޮތަށް ކަންކަން ކޮށްލަ ކޮށްލާ ހުރުން ނޫން ގޮތެއް. ފަހުން ހިތާމަ ކުރާނެ...

 8. މޫސާ

  ދެން ޤަވްމެއްގެ ވެރިޔަކު ތިކަހަލަ ރީތި ދޮގު ހެދީމަކަ ކަމަކު ނުދާނެދޯ!